

ދަށް ސްޓޭންޑަޑެއްގެ ދިޔާ ބޭސްތަކެއްް ރާއްޖެއިން ފެނިއްޖެ
ޕާކިސްތާނުގެ ފާމިކްސް ލެބޯރަޓޯރީ ކުންފުނިން އުފައްދާފައިވާ ދަށް ސްޓޭންޑަޑެއްގެ ސިރަޕް ބޭސްތަކެއްް ރާއްޖޭގައި ވިއްކަމުންދާކަމަށް ބައިނަލްއަގުވާމީ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ. ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވާ ރާއްޖޭގައި ވިއްކަމުންދާ މި ދަށް ސްޓޭންޑަޑުގެ ބޭސްތަކަކީ އެލަރގޯ ސިރަޕް އާއި އެމިޑޯން ސަސްޕެންޝަން އާއި މިއުކޮރިޑް ސިރަޕުގެ އިތުރުން އަލްކޮފިން ސަސްޕެންޝަނާއި ޒިންސެލް ސިރަޕްއެވެ. އަދި މި ބާވަތްތަކުގެ ތެރެއިން 23 ބެޗެއް ހުރީ ދަށް ސްޓޭންޑަޑެއްގައިކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ފާއިތުވި ނޮވެމްބަރު މަހު މި ބޭސްތަކުގެ 5…

މެންބަރުން ޖަހާނެ ސަކަރާތެއް ޖަހާއިރުވެސް، ބަލަން ތިބުން ނޫން ގޮތެއް ނެތް!
މި ދުވަސްވަރު އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވާހަކައެވެ. މަޖިލީސް އިންތިހާބުގައި އިންތިހާބު ކުރަންވީ ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ބުނެ ދެކެވޭ ވާހަކަތަކެވެ. އެންމެ ރަނގަޅު ވާނީ އިދިކޮޅަށް މެޖޯރިޓީ ދިނުންތޯ ނުވަތަ ސަރުކާރަށް މެޖޯރިޓީ ދިނުންތޯ ކުރެވޭ ބަހުސްއެވެ. ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ ގާބިލް މީހާތޯ ނުވަތަ ހޮވާނީ ގާތް ތިމާގެ މީހާތޯ، މިއީ އެތައް ބައެއްގެ ހިތުގައި ފުނިޖެހިފައިވާ ސުވާލުތަކެވެ. ހޮވާ މެންބަރުގެ…

އެމްޑީޕީގެ މާލެސިޓީ ކައުންސިލް ބައި އިލެކްޝަންގެ ކެމްޕޭން ރަސްމީކޮށް ލޯންޗުކުރުން މިރޭ
މޯލްޑިވިއަން ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ)ގެ މާލެސިޓީ ކައުންސިލްގެ ބައި އިލެކްޝަން ކެމްޕޭން ރަސްމީކޮށް ލޯންޗުކުރުން މިރޭ އޮންނާނެކަމަށް އެޕާޓީން ބުނެފިއެވެ. ސިޓީ ކައުންސިލްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް މީގެކުރިން ހަމަޖެހިފައި އޮތީ ބުރާސްފަތި ދުވަހުގެ ރެ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެރޭގެ ރަސްމިއްޔާތު ވަނީ ކެންސަލުކޮށްފައެވެ. “ފެހި ތަނަވަސް މާލެ”ގެ ނަމުގައި ކެންޕެއިން ލޯންޗުކުރުން އޮންނާނީ މިރޭ 08:30 ގައި ސޯސަން ޖަގަހަ ކުރިމަތީގައި ކަމަށް އެ ޕާޓީން މަޢުލޫމާތުދެއެވެ. މާލެ މޭޔަރުގެ މަޤާމާއި،…

އީއީޒެޑްގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަަހައްދަކަށް މަސްވެރިކަން ފުޅާކުރާނަން: ރައީސް
ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދު (އީއީޒެޑް) ގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަަހައްދަކަށް މަސްވެރިކަން ފުޅާކުރެއްވުމަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ބޭއްވި ”މަސްވެރިންގެ ގުންޒަރު 2023“ ގައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަަހައްދަކަށް މަސްވެރިކަން ފުޅާކުރެއްވުމާއި މަސްވެރިކަމުގެ…

ކޮންމެ ވަޒީރަކަށް ވަކިން ވޯޓަށް އަހަން ފާސްކޮށްފި
ދައުލަތުގެ ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން ، ތަޅުމުގައި ވަކިވަކިން ވޯޓަށް އަހަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ. މިގޮތައް ނިންމީ ވަޒީރުންނަށް ރުހުން ދިނުމާމެދު ކޮމެޓީން ގޮތެއް ނިންމަން މިއަދު ބޭއްވީ އެ ކޮމެޓީގެ 9 ވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ކޮމެޓީގައި ވޯޓަށް އަހާފައި ވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ހުށަހަޅުއްވައި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ތާއީދު ކުރެއްވި ހުށަހެޅުމަށެވެ….

ރާއްޖޭގައި ފިޔާ ލިބުން ދަތިވެ، ބޮޑުތަނުން އަގު އުފުލިއްޖެ
ރާއްޖޭގައި ފިޔާ ލިބުން ދަތިވެ، ބޮޑުތަނުން އަގު އުފުލިއްޖެއެވެ. ންޑިއާގެ ލޮކް ސަބާ އިންތިޚާބާ ދިމާކޮށް އިންފްލޭޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، އަންނަ އަހަރުގެ މާރޗު މަހާ ހަމައަށް އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުން މަނާކޮށްފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް ވެސް އިންޑިއާއިން ފިޔާ ލިބުން މިވަނީ ދަތިވެފައެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާކަން އެ ގައުމުގެ ޑިރެކްޓާ ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) ވަނީ އިއުލާނުކޮށްފައެވެ. އެ އިއުލާނުގައިވާ ގޮތުން އިންޑިއާއިން…

ބޮޑު ލުޔެއް، ޑޮމެސްޓިކް ޓާމިނަލުން ޓެކްސީ ނެގޭ ގޮތް ހަދަނީ
ރާއްޖޭގެ މައި އެއަރޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންކުރާ ފަރާތްތަކަށް، ޑޮމެސްޓިކް ޓާމިނަލުން ޓެކްސީ ނެގޭގޮތް ހަމަޖައްސަން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ، ކާރުގައި ޑޮމެސްޓިކް ޓާމިނަލަށް ވަދެވޭގޮތް ހަމަޖައްސައި އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. މީގެކުރިން މާލެއާއި ހުޅުމާލެއިން އެއާޕޯޓަށް ދާ ޓެކްސީތައް މަޑުކުރަނީ އިންޓަނޭޝަނަލް ޓާމިނަލް ކައިރިއަށެވެ. އިންޓަނޭޝަނަލް ޓާމިނަލުން ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދާނެޖެހެނީ ލަގެޖާއެކު ފައި މަގުގައި ހިނގާފައެވެ. އޭނާ ވިދާޅުވީ، މުސްތަގުބަލުގައި އެންމެ…

ގްރޭޑް 10 އާއި މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދެނީ
ގްރޭޑް 10 އާއި މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. އެކަން ހާމަކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ކިއަދު ”އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝަހީމް ވިދާޅުވެފައި ވަނީ، ގްރޭޑް 10،11،12 ނިންމާފައިވާ ރީތިކޮށް ޤުރުއާންކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދޭން ނިންމަވާފައިވާ ކަމަށެވެ. އެ ގޮތައް ނިންމެވީ ޒުވާން އިމާމުންނާއި…

ކޮންމެ މަސް ދޯންޏެއްގައި ރެސްކިއު ޑައިވަރެއް
ކޮންމެ މަސް ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ހުރުން ލާޒިމު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ޑައިވް ކުރުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ހިނގުން އިތުރުވެފައިވާ ކަމަށާއި ކޮންމެ ދޯންޏެއްގައި ފަޅުވެރިއެއްގެ ގޮތުގައި ސެޓްފިކޭޝަން އޮތް ރެސްކިއު ޑައިވަރެއް ހުރުން ލާޒިމު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އެގޮތުން އެކަމަށް މިހާރު ވެސް މިނިސްޓްރީގެ ފަރާތުން މަސައްކަތް…

މި ވަގުތު ތަރުޖަމާނެއް މުހިއްމެއް ނޫން
ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރު ހިންގަވަން ފެއްޓެވި ފަހުން ރައީސް އޮފީހަށް އަދި ތަރުޖަމާނަކު މުހިއްމު ނޫން ކަމަށް ބުނެފި އެވެ. އެ މަގާމަށް މީހަކު ހަމަނުޖައްސައި ދިގުލާތީ އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ހަލީލު ވިދާޅުވީ މި ވަގުތު ރައީސް އޮފީހުގައި ތަރުޖަމާނެއް ހުރުން ކޮންމެހެން ލާޒިމު ނޫން ކަމަށެވެ. އެކަމަކު އެ މަގާމަށް މީހަކު އައްޔަންކުރާނެ ކަމަށް އޭނަ ވިދާޅުވި އެވެ. ނަމަވެސް އެއީ ކިހާ ތާކު ކަމެއް…

ސުޕާރިއާއި ފޯއް ކެއުމުގެ ބަދަލުގަ ކާންވީ ކަރަންފުލާއި ފޮނިތޮށްޓާއި ކާފޫރުތޮޅި
ދުފުމަކީ ދިވެހިންގެ ތާރީހާ ގުޅިައިވާ ނުރަނގަޅު އާދައެކެވެ. މިޒަމާނުގެ ގިނަ ޒުވާނުން ދުފުމުގެ ބަދަލުގައި ސުޕާރި ބޭނުންކުރި ނަމަވެސް އެއީ ވެސް އެހާ ގެއްލުން ހުރި އެއްޗެކެވެ. ދުފުމާއި ސުޕާރީގެ ސަބަބުން އަނގަައިގެ ކެންސަރުފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ ކަމަށް ސައިންސްގެ ހޯދުންތައް ބުނެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ވެސް ފޯއް ހިމަނާފައިވަނީ ކެންސަރަށް މަގުފަހިކުރުވާ އެއްޗެއްގެ ގޮތުގައެވެ. އަނގައިގެ ކެންސަރުގެ އަލާމާތްތައް ޑޮކްޓަރުން ވިދާޅުވާގޮތުގަ އަނގައިގަ ހުދުކުލައިގެ ނުވަތަ ރަތްކުލައިގެ ތަންކޮޅެއް ހުރެއްޖެނަމަ އަދި ޢާންމުކޮށް…

އަބުޅޯ ބޭނުންވަނީ ހައުސިންގް ޓަވަރު ތަކަށް ގޭސް ހޮޅި އަޅަން
ރައްކާތެރި ނިޒާމަކާއެކު ހައުސިން ޓަވަރުތަކަށް ގޭސް ހޮޅި އެޅުމަކީ އަމާޒެއް ކަމަށް މޯލްޑިވް ގޭސްގެ އާ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ. ގޭސް ކުންފުނީގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު “ވަން” އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގައި އަބްދުﷲ ވިދާޅުވީ ކޮނޑަށް ލައިގެން ޓަވަރުތަކަށް ގޭސްފުޅި އުފުލުމުގެ ބަދަލުގައި ގޭސް ހޮޅި އަޅައިގެން އެ ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަކީ އެ ކުންފުނިން ކުރަން އަމާޒު ހިފާފައިވާ ކަމެއް ކަމަށެވެ. ހިޔާ ޓަވަރުތަކުގައި އެ މަސައްކަތް ކުރުމަށް…