އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 23.9 ބިލިއަން ރުފިޔާ ލިބިއްޖެ

2023 ވަނަ އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 23.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެންމެ ފަހުން ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާއްމަދަނީގެގޮތުގައި 23.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި  20.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 17.8 ބިލިއަން ރުފިޔާއާއި،…

Read More

ބޭރުގެ ސިފައިން އެވަރަކުން ބައިތިއްބަން ޖެހޭތޯ؟ – މުއިއްޒު

ރާއްޖޭގައި ބޭރުގެ ސިފައިން ބައިތިއްބަންޖެހޭ ސަބަބު، ސަރުކާރުން ބުނެދޭން ޖެހޭނެ ކަމަށް ވިދާޅުވެ، ކުލަ ހެދުމުގައި ވިޔަސް ސިފައިން ބައިތިއްބަން ޖެހޭތޯ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ. ރ.ވާދޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ވާހަކަ، ރައީސުލްޖުމްހޫރިއްޔާވެސް، އަދި ކަމާއިބެހޭ މުއައްސަސާތަކުން ވެސް ހާމަކޮށްފައިވާއިރު، ދިފާއުގައި ބުނާ ވާހަކަ އަކީ، އެމީހުން ތިބީ ކުލަ ހެދުމުގައި ކަމަށް ބުނެ ދައްކަވާ ވާހަކައެއް…

Read More

ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ އިތުރު މަސްބޯޓެއް އަތުލައިގަނެފި

ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ އިތުރު މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ 4 މަސް ބޯޓެއް އިއްޔެވެސްވަނީ އަތުލައިގަނެފައެވެ. މިހުރިހާ ބޯޓުތަކަކީވެސް ލަންކާގެ ބޯޓުތަކެކެވެ. މިބޯޓްތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އދ. މަހިބަދޫ “އަސުރުމާ” މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މަޢުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައެވެ.މި ބޯޓުތަކާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.މިދިޔަ…

Read More

މާފަރު ޕްލިސް ސްޓޭޝަނުން ޑްރަގް ގެއްލުނު މައްސަލަ ބަލަނީ

ނ. މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ވަގަށް ނެގި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. މި މަސްތުވާތަކެއްޗަކީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެރަށަށް ދިޔަ ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗެވެ. އެރަށަށް އާންމުކޮށް ދަތުރު ކުރާ މި ބޯޓުން މަސްތުވާތަކެތި އަތުލައިގަތްއިރު، އެ ތަކެތި ބަަހައްޓާފައި ހުރި މާފަރު ޕޮލިސް ސްޓޭޝަންގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެރަށު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތި…

Read More

އިންތިހާބު މިނިވަންވާނެކަމާއި މެދު ޝައްކު: އެމްއެންޕީ

ގެ ރިޔާސީ އިންތިހާބަކީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއިއެކު ބޭއްވިގެންދާނެ އިންތިހާބެއް ކަމަށް ގަބޫލުކުރަން ދަތިކަމަށް އެމްއެންޕީގެ ނައިބުރައީސް އަދި ރިޔާސީ ކެމްޕެއިންގެ މެނޭޖަރު ހުސައިން އިސްމާއިލް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ފަރާތުން ޕާޓީގެ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމްގެ ކެމްޕެއިން ހަރަކާތްތަކާއި ގައުމުގެ ކަންކަން ހިނގަމުންދާގޮތާއިމެދު މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުސައިންވަނީ އިންތިހާބުގެ މިނިވަންކަމާއިމެދު ޝައްކުތަކެއް ހުރިކަން ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ ޝައްކުތައް އުފެދިގެން އަންނަނީ ސަރުކާރުން ހިންގަމުންދާ އަމަލުތަކުގެ…

Read More

ވާނުވާ ބަނދު އުވާލާނަން، ބަންދުގައި ބެހެއްޓޭނީ 48 ގަޑިއިރަށް : މުއިއްޒު

ވާނުވާ ބަނދު އުވާލައްވާނެ ކަމަށާއި ބަންދުގައި ބެހެއްޓޭ މުއްދަތު 48 ގަޑިއިރަށް ހައްދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ ކެމްޕެއިންނަށް ކުރައްވާ ދަތުރުގެ ތެރެއިން ތ. ތިމަރަފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ، ވާނުވާ ނޭނގުމުގެ ތެރޭގައި އެތައް އަހަރެއް، އެތައް މަހެއް، އެތައް ދުވަހެއް ވުމަކީ އިންސާފެއް ނޫން ކަަމަށެވެ. އަދި މި ސަރުކާރުން މިފަދަ ކޮންމެ ކަމެއް ކުރިއަށްގެންދަނީ ވަރަށް ބޭއިންސާފުން ކަަންވެސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ….

Read More

ސިޔާސީ މީހުންގެ އަރައިރުން ދެކެން ރައްޔިތުން ބޭނުމެއް ނުވޭ: ފާރިސް

ސިޔާސީ މީހުންގެ އަރައިރުން ދެކެން ރައްޔިތުން ބޭނުން ނުވާ ކަމަށާއި ރާއްޖޭގެ ތާރީޚް ތަކުރާރު ނުކުރައްވާނެ ކަމަށް، އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ރިޔާސީ ކެނޑިޑޭޓުންގެ ސަންގު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ، ސިޔާސީ މީހުންގެ އަރައިރުން ދެކެން ރައްޔިތުން ބޭނުން ނުވާ ކަމަށާއި ރާއްޖޭގެ ތާރީޚް ތަކުރާރު ނުކުރައްވާނެ ކަމަށެވެ. އަދި ހަމައެއާއެކު އިންތިހާބުގައި ވާދަކުރާނެހެން ހީވާ ބޭފުޅަކު ހުރަގެޔަށް ލައިގެން އިންތިހާބަށް ކުރިމަތިލުމަކީ ޑިމޮކްރެޓިކްސް ޤައުމެއްގައި ކަންކުރާނެ…

Read More

ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ފައިސާ އަކީ ގަވާއިދާ އެއްގޮތަށް ރާއްޖެ އެތެރެކޮށްފައިވާ ފައިސާ: ކަސްޓަމްސް

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފައިސާ ކްލިއާ ކުރާ ވީޑިއޯއަކީ ގަވާއިދާ އެއްގޮތުގެ މަތިން ކްލިއާ ކޮށްފައިވާ ފައިސާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފިއެވެ.ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ފައިސާއަކީ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ބޭންކަކުން، ބޭންކްތަކުން އަމަލުކުރަން ކަނޑައެޅިފައިވާ އިޖްރާއަތްތައް ފުރިހަމަކޮށް، ކަސްޓަމްސްއަށް ޑިކްލެއާ ކޮށްގެން، އެތެރެ ކޮށްފައިވާ ފައިސާތަކެއް ކަަމަށް ކަސްޓަމުން ބުނެފިއެވެ.ވީޑިޔޯ ޝެއާ ކޮށްފައިވާ ބައެއް ފަރާތްތަކުން ތުހުމަތު ކުރި ގޮތުގައި އެއީ އަވައްޓެރި ގައުމަކުން ރާއްޖޭގެ ރިޔާސީ އިންތިޙާބަށް ނުފޫޒު ފޯރުވުމުގެ…

Read More

ކީރިތި ގުރުޢާނާއި މެދު ފިކުރު ހިންގައިފިނަމަ ހަޔާތް ބަދަލު ވާނެ!

ކީރިތި ޤުރްއާނާއިމެދު ފުންކޮށް ވިސްނާލައިފި މީހަކަށް ވަރަށް ގިނަ ކަންކަން އެނގޭނެއެވެ. އެއިގެ ތެރެއިން އެއްކަމަކީ ވަރަށް ގިނަ ސޫރަތް ނިމޭ، ނުވަތަ ފަހުކޮޅުގެ އާޔަތްތަކުން މުޅި ސޫރަތުގައިވާ ވާހަކަތަކާއިބެހޭ ޚުލާޞާއެއް އެނގިގެންދާނެއެވެ. މިޘާލަކަށް ބަޤަރާ ސޫރަތަށް ބަލާށެވެ. ރޯދައާއި ޙައްޖުވުމާއި މޫސާގެފާނަށް މެދުވެރިވެވަޑައިގެންނެވި ކަންތައް ތަކާއި މިހެން ގޮސް އިސްލާމް ދީނުގެ އެތައް ޙުކުމްފުޅުތަކެއް އެސޫރަތުގައި ވަނީ ބަޔާންކުރައްވަވައިފައެވެ. އަދި ކައިވެންޏާއި ވަރިއާއި ޙައިޟުވުމާއި ގުޅޭ ކަންކަން ވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ. ދެން ބަލައިލަންވީ…

Read More

ރާއްޖޭގައި ބޭރު ސިފައިން ގާއިމްކޮށްފައިވަނީ ސަރުކާރަށް އެނގި ތިބެ

ރާއްޖޭގައި ބޭރު ސިފައިން ގާއިމްކޮށްފައިވަނީ ސަރުކާރަށް އެނގި ތިބެ ގާނޫނާއި ގަވާއިދަށް ގޮންޖަހާފައި ކަމަށް ގައުމީ ކެންޑިޑޭޓް އޮންރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ޅ.ނައިފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. ގާސިމްވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދުވެސް ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދެވިފައިނުވާކަން ފާހަގަކުރައްވާފައެެވެ. “ކުރިންވެސް އެއާޕޯޓަށް ދަހިވެތިވެގެން އެކަން ކުރީ. އެބޭފުޅުންނަށް ގާނޫނު އަސާސީގައި މަނާކަމެއްކަން އެނގިހުރެވެސް އިންޑިއާ ސިފައިން މިތަނަށް އަރުވާފައި…

Read More

ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލައިފި

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ހިންގާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ. ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމެވެ. އައްޑޫ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޖެނެރަލް އެފެއާޒް ޑިރެކްޓަރު ސައުދު އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެންނަން އޮތް ހުރަސް…

Read More

ކޮވިޑާ ގުޅިގެން މެދުކަނޑާލި އުތުރު ކޮރެއާގެ ވައިގެ ދަތުރުފަތުރު އަލުން ފަށައިފި

ކޮވިޑާ ގުޅިގެން ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރު ހުއްޓާލާފައިވާ އުތުރު ކޮރެއާއިން ބައިނަލްއަގްވާމީ ދަތުރުތައް އަލުން ފަށައިފިއެވެ. އުތުރުކޮރެއާގެ ވެރިރަށް ޕްޔޯންގްޔާންގްއިން ދަތުރުކުރި ފުރަތަމަ ފްލައިޓް ޗައިނާގެ ބެއިޖިންގގައި ޖައްސާފައިވަނީ މިިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އެ ގައުމުގެ ބޯޑަރތައް ބަންދުކުރުމުގެ ކުރިން، އެއާ ކޮރްޔޯއިން އެންމެ ފަހުން ދަތުރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އުތުރު ކޮރެއާއަކީ އާދައިގެމަތިން، ޗައިނާއާއި ރަޝިޔާ ފިޔަވައި ދުނިޔޭގެ އެހެން ގައުމުތަކާއި ޚާރިޖީ ގުޅުން…

Read More