ޤިޞާސް މައްސަލަތަކުގައި، ޑީއެންއޭއަކީ ބުރަދަން ދެވިދާނެ ގަރީނާއެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ޤިޞާސް އަދި ޙައްދު ފަދަ ޝަރުޢީ މައްސަލަތަކުގައި ޑީއެންއޭއަކީ އެއަށް ބުރަދަން ދެވިދާނެ ހަރުދަނާ ގަރީނާއެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. ޑީއެންއާ މެދު އުފެދިފައިވާ ސުވާލުގެ ޖަވާބު، ވެސްޓްޕާކް ކައިރީގައި މީގެ 10 އަހަރު ކުރިން އަލީ ޝިފާން (ތޮޅި ޕެލޭ) މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ މުހައްމަދު ޝައިފަން މެރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓި ހުކުމްގައި، ވަނީ ދީފައެވެ. އިއްޔެ އިއްވެވި ޙުކުމުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން…

Read More

ކޮޕީރައިޓް ގާނޫނަށް ހިޔާލު ހޯދަން ހުޅުވާލައިފި

ކޮޕީރައިޓާ އެއާގުޅޭ އެހެނިހެން ގާނޫނުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ. އެ މިނިސްޓްރީން ބުނީ ކޮޕީރައިޓްހެ ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށާއި އެކަން ކުރަން ބޭނުން ވަނީ ކޮޕީރައިޓާ ގުޅޭ ހައްގުތައް ހިމާޔަތްކޮށްދީ، ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތްކުރުމަށްޓަކައި ކަމަށެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގައި ފުރިހަމަކުރަން ކަނޑައަޅާފައިވާ މަގުޗާޓުގައި ވެސް އެކަން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ. އިކޮނޮމިކް މިނިސްޓްރީން…

Read More

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމަށް އިރުޝާދެއް ނެރެފި

ސްކޭމް ކޯލުތަކާއި، އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް މުޖުތަމައުގެ ތެރޭގައި ގިނަވެ، އެކަމުގެ ކަންބޮޑުވުން ދައުލަތުގެ އިދާރާތަކާ ހަމައަށް އައިސްފައިވާތީ، އެކަން ހިނގާގޮތް ބަލައި، އެކަމުގެ ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމުގައި ހުރި ގޮންޖެހުންތައް ވަޒަންކޮށް، މިކަމުގައި އިދާރާތަކުން އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނެރެފި އެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގައި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާއި ގުޅިގެން ބަލާ…

Read More

އިންތިހާބުތަކާބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ޤާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ. މިބިލަކީ، 2023 އޮކްޓޫބަރ 16 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. އިންތިހާބުތަކާބެހޭ ޢާންމު ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލުން އެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކުގެ ތެރެގައި، ޤާނޫނުގެ 65 ވަނަ މާއްދާއަށް،…

Read More
maldives-attorney-general-riffath.jpg

“އެމްވީ ލޯ” ގެ އާ ވެބްސައިޓުގައި ރާއްޖޭގެ ހުރިހާ ޤާނޫނުތައް

ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތައް އަދި އެ ގާނޫނުތަކަށް ގެންނަ އިސްލާހުތައް ފަސޭހައިން ބަލާލެވޭގޮތަށް ފަރުމާކޮށްފައިވާ ‘އެމްވީލޯ‘ ގެ އާ ވެބްސައިޓް މިއަދު އިފްތިތާހުކޮށްފިއެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން އިފްތިތާހުކުރި މި ވެބްސައިޓަކީ ޔުނައިޓެޑް ނޭބާންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އެހީތެރިކަމާއެކު ޖަވާބު ޕްރައިވެޓް ލިމިޓެޑުން ފަރުމާކޮށް ޑިވެލޮޕް ކޮށްފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓުގެ ބޭނުމަކީ ގާނޫނާއި ގަވައިދުތައް އިސްލާހުތައް އެއްތަނަކުން ބެލުމުގެ އިންތިޒާމު ހަމަޖެއްސުމާ އެކު ޤާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ހަލުވި ކުރުމަށް…

Read More

ޙަރަދުގެ މައްސަލައިގައި ކޯޓުން ހުކުމްކޮށްފިނަމަ މުސާރަދޭ ފަރާތުން ފައިސާ ދައްކަން ޖެހޭނީ ކޯޓަށް.

ފެމިލީ ކޯޓުން ވަނީ އެފަދަ ހާލެއްގައި އެ ކޯޓުން އަމަލު ކުރަމުންދާ ގޮތްވެސް ތަފްސީލް ކޮށްދީފައެވެ. އެގޮތުން ފެމިލީ ކޯޓުން ބުނީ ހަރަދު ދޭންޖެހޭ ފަރާތުގެ މުސާރައިން އުނިކޮށް ކޯޓު މެދުވެރިކޮށް ހަރަދު ފައިސާ ހޯދުމަށްޓަކައި ހުކުމް ތަންފީޒު ކުރުމަށް އެދޭ ފޯމު ހުށަހެޅުން ހަރަދު ދޭންޖެހޭ ފަރާތުގެ މުސާރައިން އުނިކުރުމަށް ޝަރީއަތުން ހުކުމް ކޮށްފިނަމަ ކޮންމެ މަހަކު ހަރަދު ދޭންޖެހޭ ފަރާތުގެ މުސާރައިން އުނިކޮށް ކޯޓަށް ޖަމާކުރަންވީ މިންވަރު، ކޯޓުން ހަރަދު ދޭންޖެހޭ ފަރާތް ވަޒީފާ…

Read More

ގެވެށި އަނިޔާގެ މައްސަލަތަކުގައި ކައުންސިލުތަކުން އެހީވުމާބެހޭ ގަވާއިދެއް އެކުލަވާލައިފި

ރަށްތަކުގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތަކުގައި އިޖާބަދޭ ފުރަތަމަ އިދާރާގެ ގޮތުގައި އެ ރަށެއްގެ ކައުންސިލް ހަމަޖެއްސުމާ ބެހޭ އުސޫލުތައް ކަނޑައަޅައި ގަވައިދެއް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފް.ޕީ.އޭއިން އެކުލަވާލައިފިއެވެ. އެފް.ޕީ.އޭއިން އިން ބުނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކައުންސިލުތަކާ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ގަވާއިދު” ގެ ނަމުގައި އާއްމުކުރެއްވި މި ގަވާއިދުގައިވާ ގޮތުން ފުލުހުންގެ މަރުކަޒެއް ނުވަތަ ޑެސްކެއް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރެއް ނުވަތަ ނުވަތަ ޑެސްކެއް ނެތް ރަށެއްގައި…

Read More

މުއިއްޒުގެ ވެރިކަމެއްގައި ޖިނާއީ ދައުވާކުރުމުގެ ބާރު އާންމުންނަށް

ދައުލަތުގެ ދައުރެއް ނެތި ޖިނާއީ ދައުވާ ކުރުމުގެ ބާރު އާންމު ރައްޔިތުންނަށް ދޭން އިދިކޮޅު ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ. މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައި ވަނީ ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގެ ބާރު އާންމު ރައްޔިތުންނަށް ލިބޭ ގޮތަށް ހަމަޖެއްސުމަށެވެ. މިގޮތަށް ހަމަޖެއްސުމުން ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުން މެދުވެރިނުކޮށް ޖިނާއީ މައްސަލަތައް ކޯޓަށް ހުށަހަޅައިގެން މީހުން ޖަލަށްލުމާއި އަދަބު ދިނުމުގެ ފުރުސަތު ލިބޭނެއެވެ. ރާއްޖޭގައި އެންމެ ކުރީއްސުރެން ފެށިގެން ޖިނާއީ މައްސަލަތަކުގައި ދައުވާ…

Read More

ޢާޒިމާގެ ގަލަމުން: ދުސްތޫރީ އަދި ޤާނޫނީ ނަޒަރަކުން ޗާގޮސްގެ މައްސަލަ

މިއީ، ދިވެހިރާއްޖެއާއި ޗާގޮސްގެ ޖަޒީރާތަކާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދު ބަހާލުމަށް މޮރިޝަސްގެ ދައުލަތުން ދިވެހި ދައުލަތުގެ މައްޗަށް، (ITLOS) International Tribunal for the Law of the Sea އަށް ހުށަހަޅައިފައިވާ މައްސަލަ (Case No: 28, Dispute concerning delimitation of the maritime boundary between Mauritius and Maldives in the Indian Ocean) މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ އަލީގައި އަޅުގަނޑަށް ފެންނަ ގޮތް ހާމަކުރުމުގެ ގޮތުން […]

Read More

ކޮމިޓީން ފާސްކުރީ މަސްދަރު ހާމަކުރަން ޕީޖީން ހައި ކޯޓުގައި އެދެވޭނެ ކަމަށް

ތަހުގީގުގެ ކޮންމެ މަރުހަލާއެއްގައި ވެސް ނޫސްވެރިޔާއަށް މަސްދަރު ހާމަކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހައި ކޯޓުގައި އެދެވޭ ގޮތަށް ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ. ހެއްކާ ބެހޭ ބިލް ތަސްދީގު ކުރިއިރު، ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިވާ ގޮތަށް މާއްދާއެއް އޮތެވެ. ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ދީފައި އޮތް އެ މާއްދާއަށް ބަދަލުތަކެއް ގެންނަން ނޫސްވެރިން ހުށަހެޅި އެވެ. އެކަމާ ގުޅިގެން އެޓާނީ ޖެނެރަލްގެ […]

Read More
Social Media Auto Publish Powered By : XYZScripts.com