
3 ދަންފަޅިއަށް ހިންގަމުންދިޔަ ފޯކައިދޫ ސްކޫލް 1 ދަންފަޅިއަށް ބަދަލުކޮށްފި
ށ. ފޯކައިދޫ އަޅަން ފެށި ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލް ނިންމައި ފޯކައިދޫ ސްކޫލް އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލު ކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފޯކައިދޫ ސްކޫލް، އެއް ދަންފަޅީގެ ސްކޫލަކަށް ބަދަލުވުމަކީ ފޯކައިދޫގެ ހުރިހާ ރައްޔިތުން ދެކެމުން އައި ހުވަފެނެއް ކަމަށާއި އެ ހުވަފެން މިއަދު ހަގީގަތަކަށް ވެއްޖެ ކަމަށެވެ. 2019 ވަނަ އަހަރު ކުރީކޮޅު މިނިސްޓަރު އެ ރަށަށް ކުރެއްވި ދަތުރުގައި ވަނީ އެ…