
5 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގްސް އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ބުނެފައިވަނީ އެއާރކާގޯ ޝިޕްމަންޓެއްގައި ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު 18 ވަނަ ދުވަހު ދުބާއީއިން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކު ކުރެވިގެން އެ ޝިޕްމަންޓް އިތުރަށް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ޖުމުލަ 7 ޕެކޭޖް ހިމެނޭއިރު އޭގެތެރެއިން 2 ޕެކޭޖުގައި ހުރި މުދަލުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނިފައިވާ…