
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް މަޝްވަރާތައް ފަށަނީ
ތުރުކީ ވިލާތުގައި ރާއްޖޭގެ އެމްބަސީ ހުޅުވުމަށްޓަކައި ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާތައް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. ރައީސް މުއިއްޒު މިކަން އިއުލާންކުރެއްވީ އެމަނިކުފާނު މިހާރު ތުރުކީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ތުރުކީގެ ނޭޝަންސް ލައިބްރަރީގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ތުރުކީގައި ދިރިއުޅެމުންދާ ދިވެހިން ބޭނުންވާ ކަންކަމާއި އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައްލަވައި އެކަންކަމާ ގުޅޭގޮތުން…