
ޤާނޫނާ ޚިލާފަށް ކޮންޓެންޓެއް ގެނެސްދޭތޯ މޮނިޓަރކުރާނަން: އެމްއެމްސީ
ރާއްޖޭގެ މީޑިއާތަކުން ރިޔާސީ އިންތިޚާބާ ގުޅުވައިގެން ޤާނޫނާ ޚިލާފަށް އެއްވެސް ކޮންޓެންޓެއް ގެނެސްދޭތޯ މޮނީޓަރކުރާނެ ކަމަށް ނޫސްމަޖައްލާތަކުގެ ރެގިއުލޭޓަރީ ބޮޑީ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ. އެމްއެމްސީ އިން ނެރުން ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިޚާބު 2023 އާ ގުޅޭ ޚަބަރުތައް ގެނެސްދިނުމައި، ކެމްޕެއިންކުރުން މަނާ ގަޑީގައި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 44 ވަނަ މާއްދާއާ ޚިލާފަށް އެއްވެސް މީޑިއާއަކުން އަމަލު ނުކުރުމަށް މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށެވެ. ރިޔާސީ…