ދެ އަހަރު ފަހުން މާސްކު ނާޅާ ސްކޫލަށް – ކުޑަ ކުދިން އުފަލުން ފޮޅިފައި

ކޮވިޑާ ގުޅިގެން އަޅަން މަޖްބޫރު ކުރި މާސްކު އުވާލުމުން މިއަދު ދަރިވަރުން ސްކޫލަށް ދާނީ މާސްކު ނާޅާއެވެ. ޝައްކެއް ވެސް ނެތް ގޮތުގައި މިއީ ވަރަށް އުފާވެރި ދުވަހަކަށް ވާނެ ދުވަހެކެވެ. މާސްކު އެޅުން މަޖްބޫރު ކުރީ އިޖްތިމާއީ ޕްރެޝަރުގައި ކަމަށް ގިނަ ސައިންސްވެރިން ގަބޫލު ކުރައްވައެވެ. މެޑިކަލް ގޮތުން ފޮތި މާސްކަކީ ކޮވިޑު ވައިރަސް ހުއްޓުވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް މުޖްތަމައުގެ ގިނަ ބަޔެއް ނުވަތަ ބާރުގަދަ މަދު ބަޔެއް ވަކި ގޮތެއް ގަބޫލު ކުރަން…

Read More
maldives-president-Ibrahim-Muhammad-Solih

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި!

ދެ އަހަރު ވަންދެން ރާއްޖޭގައި އަޅާފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލް ޖުމްހޫރިއްޔާ ދާދި ދެންމެއަކު އުވާލައްވައިފިއެވެ. މި ބަދަލާ އެކު ދަތުރު ކުރުމަށް ކުރިން މަޖްބޫރު ކުރި ވެކްސިން ޖެހުމާ ކަރަންޓީނު ކުރުން ފަދަ ކަންތަކާ މާސްކު އެޅުން ނިމުމަކަށް އަންނާނެއެވެ. ތަޖުރިބާކާރުން ރައީސް މިގެންނެވި ބަދަލަށް ތާއީދު ކުރައްވައެވެ. އަދި މި ބަދަލުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ހަލުވިކަމާ އެކު ކުރި އަރާނެ ކަމަށް ބެލެވެއެވެ.

Read More

އެމްއެންޑީއެފްގެ ޓްރެއިނިން ހަދަމުން ދިޔަ ދެ ދަރިވަރަކު ހާލުދެރަވެ މާލެ ގެނެސް ފަރުވާ ދޭން ފަށައިފި

މާފިލާފުށީގައި ސިފައިންގެ ތަމްރީނު ހަދަމުންދިޔަ ދެ މީހަކަށް އައިޖީއެމް ހޮސްޕިޓްލަގައި ފަރުވާދޭން ފަށައިފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ ތަރުޖަމާނު ވަނީ ދެ ދަރިވަރަކަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަން މީޑިއާއަށް ކަށަވަރުކޮށްދީފައެވެ. މި ދެ ދަރިވަރުން ފަރުވާއަށް މާލެ ގެނެސްފައިވަނީ ކޮން ކަހަލަ ހާދިސާއެއް ހިނގައި، ކޮން ކަހަލަ ޞިއްޙީ މައްސަލަތަކެއް ދިމާވެގެންކަން އެމްއެންޑީއެފްއިން ސާފުކޮށްދީފައެއް ނުވެއެވެ. އަދި އެ ދެ މީހުންގެ މިހާރުގެ ހާލަތުވެސް ސާފުކޮށްދީފައި ނުވެއެވެ. ސިފައިންގެ ތަމްރީނު ފުރިހަމަކުރަމުންދިޔަ ދެ މީހަކަށް…

Read More

ސިފައިންގެ ތަމްރީނު ހަދަމުން ދިޔަ ޒުވާނެއް ކުއްލިޔަކަށް ނިޔާވެއްޖެ – ވެކްސިން އިންޖަރީ އެއް ކަމަށް ބެލެވޭ

ޅ. މާފިލާފުށީގައި އިއްޔެ އޮތް ތަމްރީނަށް ދިޔަ ސިފައިންގެ މީހަކު މިއަދު ނިޔާވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ، ގދ. ގައްދު އަށް އުފަން ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް 19، ނިޔާވީ ނޭވާލާން އުނދަގޫވެގެން ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާ އަށް ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ. މިދިޔަ އަހަރު އިންޑިއާގެ ޕޫނޭގައި އަސްކަރީ ތަމްރީނުތައް ހަދަމުން ދަނިކޮށް ވެސް ދިވެހި ސިފައިންގެ މީހަކު ނިޔާވި އެވެ. ރާއްޖެގައި ހުރިހާ […]

Read More

ލަންކާ: ކޮވިޑްގައި މަރުވާ މީހުން ވަޅުލަން ލުއިތަކެއް ދީފި

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މީގެ ކުރިން ކަނޑައަޅާފައި ވާ ހަރުކަށި އުސޫލަށް، ސްރީލަންކާގެ ސަރުކާރުން ލުއި ދީފިއެވެ. އެގޮތުން ސްރީލަންކާގެ ކޮންމެ ގަބުރުސްތާނެއްގައިވެސް ކޮވިޑްގައި މަރުވާ މީހުންގެ ހަށިތައް ވަޅުލުމުގެ އިޒުނަ، އެ ގައުމުގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ އަސޭލާ ގުނަވަރްދަނާ ވަނީ ދެއްވާފައެވެ. ސްރީލަންކާގެ މެޑިކަލް ޓެކްނިކަލް ސާވިސަސްގެ ޑައިރެކްޓާ ޑރ އަންވަރު ހަމްދާނީ ވިދާޅުވީ، ކޮންމެ ގަބުރެސްތާނެއްގައިވެސް ވަޅުލުމުގެ ފުރުސަތު […]

Read More

ސައުދީ އަރަބިޔާ އިން ކޮވިޑުގެ ފިޔަވަޅުތައް އުވާލައިފި

ސައުދީ އަރަބިޔާ އިން ކޮވިޑާ ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތައް އުވާލައިފިއެވެ. އޭގެ ތެރޭގައި ގައުމަށް އެތެރެވާއިރު ޕީސީއާރު ޓެސްޓު ހަދަން ޖެހުމާ ކަރަންޓީނު ކުރުމާ ހަރަމް ފުޅުގައި ދުރު ދުރުގައި ޖަމާއަތުގައި ނަމާދު ކުރުމާ މާސްކު އެޅުންވެސް ހިމެނެއެވެ. ނަމަވެސް ސައުދީ އަރަބިޔާ އިން މިހާރު އެ ގައުމަށް އެތެރެވާ ހުރިހާ އެންމެން ކޮވިޑު 19 ކަވަރު ކުރަ އިންޝުއަރެންސް ޕެކޭޖެއް ނެގުން ޝަރުތު ކުރެއެވެ. ދުވާލަކު އެތައް ލައްކަ މީހުން ޒިޔާރަތް ކުރާ ސައުދީ […]

Read More

އިނިގިރޭސި ވިލާތުގައި ކުރެވުނު ދިރާސާ އަކުން ކޮވިޑު ބައްޔަށް ވެކްސިން ޖެހި މީހުން އިތުރަށް މަރުވާ ކަމަަށް ދައްކައިފި.

އިނިގިރޭސި ވިލާތުގެ ޔޫކޭ ހެލްތް ސެކިއުރިޓީ އެޖެންސީއިން ކުރި ދިރާސާ އަކުން ކޮވިޑު ބައްޔަށް ވެކްސިން ޖެހި މީހުން ނުޖަހާ މީހުންނަށް ވުރެ އިތުރަށް މަރުވާ ކަމަަށް ދައްކައިފިއެވެ. މި ދިރާސާ ކުރެވިފައި ވަނީ 2022 ވަނަ އަހަރުގެ 5 ވަނަ ހަފްތާ އާ 8 ވަނަ ހަފްތާ އާ ދެމެދު މަރުވި މީހުންގެ މައުލޫމާތު އެއްކޮށްގެން ސައިންސްވެރިން ކުރި ދިރާސާ އަކުންނެވެ. މި ދިރާސާ އިން ދައްކާ ގޮތުން ހުރިހާ އުމުރު ފުރަޔަކުން ވެެކްސިން ޖެހިފަހުން […]

Read More

ކްރިކެޓްގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ޝޭން ވާން، ކޮވިޑް ވެކްސިން ޖެހުމަށް ފަހު ހާޓް އެޓޭކް ޖެހި މަރުވެއްޖެ

އޮސްޓްރޭލިއާގެ ލެޖެންޑަރީ ކްރިކެޓް ކުޅުންތެރިޔާ ޝޭން ވާން، ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ. ދުނިޔޭގެ ކްރިކެޓް ތާރީހު ދުށް އެންމެ މޮޅު އެއް ލެގް-ސްޕިނާ ޝޭން، ހާޓް އެޓޭކްގައި މަރުވެފައި ވަނީ މިއަދުއެވެ. އޭނާ މަރުވި އިރު އުމުރަކީ 52 އަހަރެވެ. ޝޭން ވާންގެ މަރާ ގުޅިގެން ރާއްޖޭގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އޭނާގެ އާއިލާއަށާއި ގާތްތިމާގެ ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވައިފައެވެ. އަދި ވިދާޅުވީ ޔޫތް މިނިސްޓްރީން ބާއްވަން ނިންމާފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑް […]

Read More

ފަތުރުވެރިން ފުރާއިރު ޕީސީއާރު ހަދަން ނުޖެހޭ ގޮތް ހަދައިފި

ގެސްޓް ހައުސް ހިންގާ ރަށްތަކުގައި ތިބި ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރީން ހަދަން ޖެހޭ ޕީސީއާރު ޓެސްޓް ދެން ހަދަން ނުޖެހޭ ގޮތަށް ހަދައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން  ވަނީ ކޮވިޑު-19 އާ ގުޅިގެން ރާއްޖެއިން ބޭރުން އަންނަ މީހުންނަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުގެނެސް އެކަން އިއުލާނު ކޮށްފައެވެ. އެޗްޕީއޭ އިން ބުނީ ރާއްޖެ އަންނަ މީހުންގެ ތެރެއިން ޑަބްލިއުއެޗްއޯ އިން އިމާޖަންސީ ޔޫސް ލިސްޓްގައި ހިމަނާފައިވާ ނުވަތަ ރާއްޖޭގައި ބޭނުން ކުރުމަށް […]

Read More

ހަމަ އެކަނި 60ން މަތީގެ ބަލިމީހުންނަށް ޖަހަން ގެނައި ބޫސްޓަރ ޑޯސް އެއްލައްކަ ތިރީސްފަސްހާސް މީހުން ގަޔަށް ޖަހައިފި!

ރާއްޖޭގައި ކޯވިޑް-19 ބޫސްޓަރ ޑޯސް ޖެހި މީހުންގެ ޢަދަދު އެއްލައްކަ ތިރީސްފަސްހާހަށް އަރައިފިއެވެ.   އެޗްޕީއޭ އިން ރޭ ޢާއްމުކުރި ތަފާސް ހިސާބުން ދައްކާގޮތުން މިހާތަނަށް 135،379 މީހުން ވަނީ ކޯވިޑް ބޫސްޓަރ ޑޯޒް ޖަހާފައެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ރާއްޖޭގައި ދެނީ ފައިޒާ ވެކްސިނެވެ. ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 189 ރަށުގެ ތެރެއިން 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި 90 އިންސައްތަ މީހުން މިހާރު ވަނީ ކޯވިޑް ވެކްސިން “ފުރިހަމަކޮށްފައިި” ކަމަށް އެޗްޕީއޭ […]

Read More

އެމެރިކާގެ ސެނެޓުގެ 1 ވޯޓުގެ ތަފާތުން ކޮވިޑުގެ އެމެޖެންސީ ހާލަތު އުވާލައިފި!

ދެ އަހަރު ފުރެމުންދާ ކޮވިޑުގެ ކުއްލި ނުރައްކަލުގެ ހާލަތު އެމެރިކާގެ ސެނެޓުން އުވާލައިފިއެވެ. އެމެރިކާގެ ސެނެޓުގައި ނެގުނު ވޯޓަކުން މި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލީ48 ވޯޓު ލިބިގެންނެވެ. އިދިކޮޅަށް47 ވޯޓު ލިބުނެވެ. މިވޯޓާ ހަމަޔަށް ދިއުމުގެ ކުރިންވެސް ކުޑަ ކުދިން ސްކޫލްތަކުގައި މާސްކު އެޅުވުން ފަދަ ގިނަ ކަންތައް އެމެރިކާގައި ހުއްޓެމުންދިޔައެވެ. އެމެރިކާގައި ސިޔާސީ ފިކުރު ބެހިގެން ދާ ގޮތުން ޑިމްކްރެޓިކް ޕާޓީ އިން ތާއީދު ކުރަނީ ކޮވިޑުގެ ހާލަތު ދެމެހެއްޓުަމަށެވެ. ނަމަވެސް ކުރީގެ […]

Read More
Director General of HPA Maimoona Maldives

ކޮވިޑް ކޭސްތަކުގެ އަދަދު ދެން ހާމަކުރާނީ ހަފްތާއަކު އެއްފަހަރު: އެޗްޕީއޭ

ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފްސީލް ކޮންމެ ރެއަކު ހާމަކުރުމުގެ ބަދަލުގައި ހަފްތާއަކު އެއްފަހަރު ހާމަކުރާ ގޮތަށް ބަދަލުކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ހާމަކުރިގޮތުގައި މިއަދުން ފެށިން ދެން ކޮވިޑްގެ ތަފްސީލް ހާމަކުރާނީ ހަފްތާއަކު އެއްފަހަރު ކަމަށެވެ. އެއީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެސްް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ބުނީ އެގޮތަށް ނިންމީ މި ފަހުން ކޮންމެ ދުވަހެއްގެ ނަތީޖާ އާންމުކުރާއިރު ލޮކޭޝަން ޔަގީންނުކުރެވޭ ގިނަ ކޭސްތަކެއް ފާހަގަކުރެވޭތީ ކޮވިޑް ކޭސްތަކުގެ ރޭޓް…

Read More