މަސްދޯނިފަހަރުގައި ގެންގުޅޭ ބިދޭސީންނަށް މުސާރަ ދޭން ޖެހޭނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް

ކަނަޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައިި، ބެލެހެއްޓުމާ ގުޅޭ ގަވާއިދުގެ ފުރަތަމަ އިސްލާހުގައި ވާގޮތުން، މަސްދޯނިފަހަރުގައި ގެންގުޅޭ ބިދޭސީންނަށް މުސާރައާއި އިނާޔަތްތައް ދޭން ޖެހޭނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށެވެ. އެ ގަވާއިދުގެ18 ވަނަ މާއްދާގެ ހ އުނިކޮށް، އެ މާއްދާގެ ށ އަދި ނ ވަނީ އިސްލާހު ކޮށްފައިއެވެ. އެގޮތުން، އެ މާއްދާގެ ށ ގައި ވަނީ، ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން، ލައިސަންސް ދޭ އުޅަނދުފަހަރުގައި ބިދޭސީންނަށް ހަރަކާތްތެރި ވެވޭނީ ތިން…

Read More

ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ އިތުރު މަސްބޯޓެއް އަތުލައިގަނެފި

ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ އިތުރު މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ 4 މަސް ބޯޓެއް އިއްޔެވެސްވަނީ އަތުލައިގަނެފައެވެ. މިހުރިހާ ބޯޓުތަކަކީވެސް ލަންކާގެ ބޯޓުތަކެކެވެ. މިބޯޓްތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އދ. މަހިބަދޫ “އަސުރުމާ” މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މަޢުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައެވެ.މި ބޯޓުތަކާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.މިދިޔަ…

Read More

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ސްރީލަންކާގެ 4 މަސްބޯޓެއް ހިފަހައްޓައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ 4 މަސް ބޯޓެއް ހިފަހައްޓައިފިއެވެ. އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ 4 މަސްބޯޓެއް މިއަދު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވާ ކަމަށެވެ. އެ ބޯޓްތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އދ. މަހިބަދޫ “އަސުރުމާ” މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މައުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ހިފެހެއްޓި…

Read More

އިނގިރޭސި މަސްވެރިއެއް ވަރަށް މަދުން ފެންނަ ނޫ ކުލައިގެ އިއްސެއް ހިފައިފި

މަދުން ނޫނީ ނުފެންނަ ނޫ ކުލައިގެ އިއްސެއް އިނގިރޭސިވިލާތުގެ މަސްވެރިއެއް ހިފައިފިއެވެ. މިއީ މަދުން ނޫނީ ނުފެންނަ ބާވަތުގެ އިއްސަކަށްވުމުން މަސްވެރިއާގެ އެދުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ‘ދަ ޝިޕްސް ޕްރެޖެކްޓު’ އިން ވަނީ މި އިހި އަނބުރާ މޫދަށް ދޫކޮށްދީފައެވެ. އެ ޖަމިއްޔާއިން ނޫސްތަކަށް ދީފައިވާ މައުލޫމާތަށް ބަލާއިރު، މިއީ ގާތްގަނޑަކަށް 50 އަހަރުގެ އިއްސެއް ކަމަށް ބެލެވެއެވެ. އިހީގެ ގައިގެ ކުލަ ނޫ ކުލައިގައި ހުންނަނީ ޖެނެޓިކް މިއުޓިލޭޝަނެއްގެ ސަބަބުންނެވެ. އެގޮތުން…

Read More

މަސްވެރިންގެ އާބާދީ ބޮޑެތި ރަށްތަކުން މިސަރުކާރަށް ބުނީ ނޫނެކޭ

މަސްވެރިންގެ އާބާދީ ބޮޑެތި ރަށްތަކުން މިސަރުކާރަށް އިއްޔެ ލީ ވޯޓުގައި ބުނެފައިވަނީ ނުނެކޭއެވެ. މަސްވެރިން އެންމެ ގިނަ އަތޮޅުތަށް ކަމުގައިވާ ގއ އަތޮޅާއި ގދ. އަތޮޅު އަދި އުތުރުގެވެސް މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ރަށްތަކުން މެޖޯރިޓީ ނަގާފައިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ކެޑިޑޭޓު ޑރ. މުޢިއްޒުއެވެ. ރާއްޖެ އާއި ބޭރުގެ ބައެއް ގައުމުތަކުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލީ 213،519 މީހުންނެވެ. އެއީ %75.61 މީހުންނެވެ. މިފަހަރުގެ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. އެއީ…

Read More

ރާއްޖޭގެ އުތުރުގެ ރަށްތަކުގައި އާދަޔާ ޚިލާފަށް ގިނައިން މަސް މަރުވާން ފަށައިފިއެވެ.

ރާއްޖޭގެ އުތުރުގެ ރަށްތަކުގައި އާދަޔާ ޚިލާފަށް ގިނައިން މަސް މަރުވާން ފަށައިފިއެވެ. މިކަމާ ގުޅިގެން ރާއްޖޭގެ އޮންލައިން މީޑޔާއަކަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެފަދަ މައްސަލައެއް އެ އެޖެންސީގެ ސަމާލުކަމަށް އައިސްފައި ވާކަމަށެވެ. ނަމަވެސް، އެކަމާ ގުޅިގެން އަދި އެއްވެސް ކަހަލަ ފިޔަވަޅެއް ނާޅާ ކަމަށް އޭނާ ވިދާޅުވިއެވެ. ތިމާވެށީގެ ދާއިރާއިން ތައުލީމު ހާސިލް ކުރައްވާފައިވާ ޑރ. އިބްރާހީމް މުހައްމަދު ވެސް ވަނީ މިކަމާ ގުޅިގެން…

Read More

ދިވެހިންނާއި ކަނޑުމަސް: ތިން އަވިން މަސްހިކޭނެ

މަސްކައްކާ ނިމުމުން، ހުރިހާ މަހެއްގެ ހަންނަގައި ވަރަށް ރީތިކޮށް މަސްތައް ސާފުކުރެއެވެ. މަސްތައް ސާފުކުރާއިރު ހުންނާނީ ހުރިހާ މަހެއްގެ ގަނޑުތައް ވަކިކޮށްފައެވެ. ވަރަށް ފަލަމަސްނަމަ ކައްކަނީވެސް މަހުގެ ހަތަރު ގަނޑު ވަކިކޮއްގެނެވެ. އެހެންނޫނީ ކައްކަނީ ކިބައަށް ބަހައްޓައިގެންނެވެ. މަސްކިބަތައް ވަކިކޮށް ގަނޑުމަހަށް ހެދުމަށްފަހު ރަނގަޅައް ދިލަޖައްސައި ހިއްކަނީއެވެ. ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކަށް މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރަކީ އިރުވައި މޫސުމުގެ ދުވަސްވަރެވެ. އިރުވައި މޫސުމުގެ ދުވަސްވަރުގައި އޮންނަނީ 9 ނަކަތެވެ. އެއީ މުލަހަޅަ، ފުރަހަޅަ، އުތުރުހަޅަ،…

Read More

މި އަހަރު ހުޅަނގު މޫސުން ފެށުމާއެކު ފުވައްމުލަކަށް ފުޅަނގި އަރަން ފަށައިފި

މިއަހަރު ހުޅަނގު މޫސުން ފެށުމާއެކު ފުވައްމުލަކަށް ފުޅަނގި(ހުޅަންމަހަ) އަރަން ފަށައިފިއެވެ.   ފުޅަނގި ނެގުމުގައި ބަލަނީ ވީހާވެސް ގިނައަކުން ނެގެތޯއެވެ. ނަގާ ފުޅަނގިތައް އިލޮއްޓަކުން ފާނޗެއް (ފާނތި) ހަދާފައި އަމުނަމުން ދެއެއެވެ. ހުޅަނގުމޫސުމުގައި ފުވައްމުލަކު ހުޅަނގު ފަރާތަށް ފުޅަނގި އެރުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް އެގޮތުން އަރާ ފުޅަނގި ނަގަން ނުވަތަ ހިވަން ދިއުމަކީ ފުވައްމުލަކުގެ ގިނަ ބަޔަކު، ޚައްސަކޮށް ޒުވާނުންނާއި ކުޑަކުދިން ވެސް ވަރަށް ފޯރި ހުންނަ ކަމެކެވެ. ހުޅަނގު މޫސުމާއެކު ފުވައްމުލަކަށް ފުޅަނގި […]

Read More

އާދަޔާހިލާފު ބޮޑު ހިބަރެއް؛ ރަށަށް ގެންދަން ޖެހުނީ ކަފު ޖަހައިގެން

ށ. ފުނަދޫ މަސްވެރިޔާ ހުސެން ވަހީދު ފަރުމަހަށް ދާތާ 37 އަހަރުވީ އެވެ. އެކަމަކު އޭނާގެ މަސްވެރިކަމުގެ ދިގު ހަޔާތުގައި، އެންމެ ބަރު، އެންމެ ބޮޑު މަހެއް ބޭނުނީ އިއްޔެ އެވެ. ބަރުދަނުގައި 308 ކިލޯ ހުރި އެ ހިބަރަކީ މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ބޭނި ކަމަށް ބެލެވޭ އެންމެ ބަރު ހިބަރެވެ. “އިއްޔެ މެންދުރު ފަހު އަޅުގަނޑު ދޯނީގައި އެކަނި މަހަށް ނުކުމެ އުޅެނިކޮށް ބޭނުނު ހިބަރެއް އެއީ. އެހާ ބަރުވުމުން، މަސް ދޯންޏަށް ނަގާކަށް […]

Read More

އެމެރިކާގެ ބޮސްޓަންގައި ކުރިއަށްދާ ސީފުޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ

އެމެރިކާގެ ބޮސްޓަންގައި މާރިޗް 13 އިން 15 އަށް ކުރިއަށްދާ ސީފުޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޑރ ޙުސައިން ރަޝީދު ޙަސަން ބޮސްޓަން އަށް ވަޑައިގެންފިއެވެ. މިދަތުރުގައި އެމަނިކުފާނުގެ އަރިހުގައި ފިޝަރީޒް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ބޮސްޓަން ސީފުޑު އެކްސްޕޯގައި ރާއްޖޭގައި މަހުގެ އުފެއްދުންތައް އުފައްދައި އެކްސްޕޯޓުކުރާ ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފައެވެ. މި އެކްސްޕޯއިން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އިޝްތިހާރުކޮށް މާކެޓް ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް […]

Read More

މިޔަރުވެސް ނިދާ ކަމާއި، ބައެއް ފަހަރު ލޯ ހުޅުވައިގެންވެސް ނިދާކަން ފަހުގެ ދިރާސާތަކުން ހޯދިއްޖެ

މިޔަރުވެސް ނިދާ ކަމާއި ބައެއް ފަހަރު ދެ ލޯ ހުޅުވައިގެންވެސް ނިދާ ކަން ފަހުގެ ހޯދުންތަކުން ހާމަވެއްޖެއެވެ. މިޔަރަކީ ނިދާ މަހެއް ކަމާއި މެދު ގިނަ ބައެއްގެ މެދުގައި ހިޔާލު ތަފާތުވުންތައް އޮވެއެވެ. ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާއިން ކުރިއަށް ގެންދިޔަ ދިރާސާތަކަކަށް ފަހު، ހޯދުނު ހޯދުންތަށްވަނީ ބައޮލޮޖީ ޓައިމްްސްގައި ޝާއިއުކޮށްފައެވެ. ދިރާސާ ކުރާ ޓީމުން މިޔަރުގެ މެޓަބޮލިކް ރޭޓާއި ހަކަތަ ބޭނުންކުރާ މިންވަރުވަނީ ވަޒަންކޮށްފައެވެ. އެގޮތުން ހޯދުނު ހޯދުންތަކުގެތެރޭގައި، މިޔަރަކީވެސް އަރާމުކުރާ މަހެއް ކަމާއި، ބައެއް […]

Read More

ދާ ޖަަހައިގެން ކުރާ މަސްވެރި ކަމަށާ މިޔަރު މަސްވެރި ކަމަށް ހުއްދަ ދޭން ހުށައަޅައިފި

މާ ކަނޑުގައި ދާ ޖަަހައިގެން ކުރާ މަސްވެރި ކަމަށާ މިޔަރުގެ މަސްވެރި ކަން ހުއްދަ ކުރުމަށް މަސްވެރިކަމުގެ ގާނޫނަށް އިސްލާހުތަކެއް ހުށައަޅައިފި އެވެ. މި އިސްލާހުތައް ގެނައުމަށް ހުށައެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޖާބިރުގެ އިސްލާހުގައި ވިދާޅުވީ މަސްވެރިކަމުގެ ގާނޫނަކީ “މަސްވެރިންގެ އަގު ވަޒަންކޮށް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ރަނގަޅު އާމްދަނީ އާއި ނަފާ ހޯދުމަށް އެހީތެރިވެދިނުން” ކަމަށް ބުނި ނަމަވެސް އެ ގާނޫނު ފާސްވެ އަމަލު ކުރަން ފެށި ފަހުން […]

Read More