ރާއްޖޭގައި ވޯޓު ލުމާ ބެހޭގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޙް މޫސާ ޖިބްރީލް ނެރުއްވި ފަތުވާ

ވޯޓު ލުމާ ބެހޭގޮތުން ރާއްޖޭގެ ބައެއް ދީނަށް ލޯބި ކުރާ ފަރާތްތަކުން ކުރި ސުވާލުތަކަކާ ގުޅިގެން އެމެރިކާގެ މަޝްހޫރު ދީނީ އިލްމު ވެރިޔާ އަހްމަދު މޫސާ ޖިބްރީލް ވޯޓު ލުން ހުއްދަ ނުވާނެ ކަމަށް ވިދާޅުވެ ފަތުވާ ނެރުއްވައިފި އެވެ. ޝެއިޙް މޫސާ ޖިބްރީލް ނެރުއްވި ފަތުވާގައި ވިދާޅުވެފައިވަނީ އެންމެ ބޮޑު މަފްސަދާ އަށް އަރައިގަތުމަށް އެންމެ ބޮޑު މަސްލަހާ ދޫކޮށްލުން ހެޔޮވާނީ ކިހިނެއްތޯ މި މޭރުމުން ސުވާލު އުފައްދަވާފައެވެ. އަދި މިމައްސަލައިގައި ޝެއިޙް އިބްނު ތައިމިޔާގެ…

Read More

ނަމާދުގައި ޚުޝޫޢަތްތެރިވާނީ ކިހިނެއް؟

ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ނަމާދުގައި اللهُ تَعَالَىٰއަށް މަޑުމޮޅިވުމެވެ. އަދި ނަމާދުގައި اللهُ تَعَالَىٰއަށް ބިރުވެތިވެ ނިކަމެތިވުމެވެ. އަދި ދުނިޔަވީ އެހެން ހުރިހާ ޚިޔާލުތަކަކުން އެއްކިބާވެ اللهُ تَعَالَىٰއަށް ކުއްތަންވުމެވެ. اللهُ تَعَالَىٰ ވަޙީ ކުރައްވާފައިވެއެވެ: ﴿وَقُومُواْ لِلَّهِ قَٰنِتِينَ﴾ [سورة البقرة: 238]  މާނައީ: އަދި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ! އަދިވެސް އެކަލާނގެ ޤުރުއާނުގައި މުއުމިނުންގެ ސިފަ ބަޔާން ކުރައްވަމުން ވަޙީ ކުރައްވާފައިވެއެވެ: ﴿قَدْ أَفْلَحَ الْمُؤْمِنُونَ ‎﴿١﴾‏ الَّذِينَ…

Read More

ދަމު ނަމާދުގައި، ވިތުރީގައި ކިޔާ ޤުނޫތު ދުޢާ

دعـــاء القنــوت اَللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَاْلأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ لَكَ مُلْكُ السَّمَوَاتِ وَاْلأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَاْلأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ مَلِكُ السَّمَوَاتِ وَاْلأَرْضِ وَلَكَ الْحَمْدُ أَنْتَ الْحَقُّ وَوَعْدُكَ الْحَقُّ وَلِقَاؤُكَ حَقٌّ وَقَوْلُكَ حَقٌّ وَالْجَنَّةُ حَقٌّ وَالنَّارُ حَقٌّ وَالنَّبِيُّونَ حَقٌّ وَمُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَقٌّ…

Read More

ގެއްލިގެން ހޯދާތާ 3 ދުވަސް، ފެނުނީ ސުޖޫދުގައި މަރުވެފައި ވަނިކޮށް

ސައުދީ އަރަބިއްޔާގެ ޓްރަކް ޑްރައިވަރަކު ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސްފަހު ފެނިއްޖެއެވެ. ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ވާދީއެއްގެ ތެރޭގައި ސުޖޫދުގައި މަރުވެފައި އޮއްވައެވެ. ސައުދީ އަރަބިއްޔާގެ ވާދީތަކުގައި ދޭތެރެ ދޭތެރެއިން މީހުން މަރުވުމުގެ ހާދިސާތައް ހިނގައެވެ. މިއަހަރު ހިނގި ހާދިސާއެއްގައި ދެބަފައިން ދަތުރު ކުރި ކާރެއް ވާދީއަށް ހުއްޓި ބޯނެ ފެންފޮދެއް ލިބޭނެ ގޮތެއް ނުވެގެން ދެބަފައިން ވަނީ މަރުވެފައެވެ. ދުވައިހީ ހަމޫދު އަލް އަޖަލީން ،40، ގެ އެއްވެސް ޚަބަރެއް ނުވެގެން އޭނާ…

Read More

ރައީސްގެ ޖަވާބެއް ނުލިބިގެން ފޯރަމް ސެޕްޓެމްބަރު 24 ގައި ބޭއްވުމަށް ޢިލްމުވެރިން ނިންމައިފި!

ދިވެހިރާއްޖޭގެ ޚާއްސަ ޢިޤްތިޞާދީ ސަރަޙައްދުން ބައެއް ގެއްލުނު މައްސަލައިގައި ޢިލްމުވެރިންގެ ގުޅުމުން އާންމު ބަޙުސެއް ނުވަތަ ފޯރަމެއް ބާއްވަން ނިންމާ، ރައީސުލްޖުމްހޫރިއްޔާގެ ޖަވާބެއް ނުލިބި ލަސްވެފައި ވަނިކޮށް ސެޕްޓެމްބަރު 24 ގައި އެ ފޯރަމް ބޭއްވުމަށް ޢިލްމުވެރިންގެ ގުޅުމުން ނިންމައިފިއެވެ. ޢިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން 45،000 ނޯޓިކަލް މޭލަށްވުރެ ބޮޑު ބައެއް ގެއްލިގެންދިޔަ މައްސަލައަކީ ޢިލްމުވެރިންގެ ގުޅުމުން ވަރަށް ކަންބޮޑުވި މައްސަލައަކަށް ވުމާއިއެކު، އެމައްސަލައިގައި އެފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި، ބަންޑާރަނައިބުގެ އިތުރުން…

Read More

އަނިޔާވެރިވި މީހާއަށް ބަދު ދުޢާ ކުރުމަށްވުރެ، މޮޅު އިތުރު ގޮތަކީ އޭނާއަށް މަޢާފުކުރުން: ޝެއިޚް ޝާފިޢު

އަނިޔާވެރިވި މީހާއަށް ބަދު ދުޢާ ކުރުމަށްވުރެ، ހުރިހާ ގޮތަކުން ބަލާއިރުވެސް މޮޅު އިތުރު ގޮތަކީ އޭނާއަށް މަޢާފުކުރުން ކަމަށް ޝެއިޚް މުޙައްމަދު ޝާފިޢު ވިދާޅުވެއްޖެއެވެ. “އަނިޔާވެރިވި މީހާއަށް ބަދު ދުޢާ ކުރުމަށްވުރެ، ހުރިހާ ގޮތަކުން ބަލާއިރުވެސް މޮޅު އިތުރު ގޮތަކީ އޭނާއަށް މަޢާފުކުރުމެވެ.” ޝެއިޚް ޝާފިޢު އިތުރަށް ވިދާޅުވީ،  މޮޅު އިތުރީ އޭނާ އެކުޅަ އަނިޔާވެރި ޢަމަލާ މެދު ނިޔާކުރެއްވުން ﷲ އަށް ދޫކޮށްލައިގެން އެކަމާ ނޫޅެ ހުރުން ކަމަށެވެ. “ހަމަކަށަވަރުން ﷲ ތަޢާލާއީ އަނިޔާވެރިކަމަށް ރުހިވޮޑިނުގަންނަވާ،…

Read More

އެކަކު އަނެކަކަށް ތާރީފު ނުކުރާށެވެ!

މާތްﷲ ރުއްސުންލެއްވި މުޢާވިޔަތު ބުނު އަބީ ސުފްޔާނުގެ އަރިހުން ރިވާވެގެންވެއެވެ. رسول الله صلى الله عليه وسلم ޙަދީސްކުރެއްވި އަޑުފުޅު އެއްސެވީމެވެ. ((إيّاكُم وَالتَّمَادُحَ فإنّهُ الذَّبْحُ– ތިޔަބައިމީހުން އެކަކު އަނެކަކަށް ތާރީފުކުރުމާ ޚަބަރުދާރުވާށެވެ! ފަހެ ހަމަކަށަވަރުން އެއީ ކަތިލުމެވެ.)) އެމީހުންގެ ޢުމުރަށް، ޢަމަލަށް ފިކްރަށް ވަޒީފާއަށް ބެލުމެއްނެތި ދިރިތިބީންނަށް ތާރީފުކުރުން ނޭދެވޭ ކަމަކަށްވީ ކީއްވެގެން ތޯއެވެ؟ ތާރީފާއި ސަނާ ކިޔުމަކީ މާނަވީ ހިތްވަރުދިނުމެއް ނޫންތޯއެވެ؟ އަޅުގަނޑުމެން މި ދިރިއުޅޭ މާދިއްޔަތުގެ ޒަމާނުގައި މާނަވީ މަދަޙައަށާއި…

Read More

ވެރިން އައްޔަނު ކުރުމާ ދައުލަތް ހިންގުމަކީ ދީނީކަމެއް: ޝައިޚް ޝުޢައިބު

ކެންޑިޑޭޓުގެ ދީންވެރިކަމަށް ބަލަންޖެހޭ ކަމަށް ވިދާޅުވެ ދެއްވާ ވީޑިއޯއެއް އާންމު ކުރައްވަމުން، ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި ޝައިޚް ޝުޢައިބު ކުރެއްވި މި ޓްވީޓްގައި ވިދާޅުވީ ވެރިން އައްޔަނު ކުރުމާ ދައުލަތް ހިންގުމަކީ ދީނުގެ އެންމެ އިސް ވާޖިބު ތަކުގެ ތެރެއިންވާ ކަމެއް ކަމަށެވެ. ސިޔާސީ ކަންކަމުގައި ދީނީ ޢިލްމުވެރިން ބަސް ބުނުމަކީ ދީނީ ގޮތުން ވާޖިބުވެގެންވާ ކަމެއް ކަމަށް ޝައިޚް ވިދާޅުވިއެވެ. ޝައިޚް ޝުޢައިބު އާންމު ކުރެއްވި ވީޑިއޯގައި ވަނީ ވެރިއެއްގެ ގޮތުގައި އައްޔަނު ކުރާ މީހެއްގެ…

Read More

އަލްޤަޞްވާއު: ތާރީޚު ދުށް އެންމެ އަގުބޮޑު ޖަމަލު

ނަމަކީ އަލްޤަޞްވާއު (القصواء) އެވެ. ޤަޞްވާއުގެ މާނައަކީ ކަންފަތުގައި ލޯވަޅު އެޅި, ކަންފަތް ތޮރުވިފައިވާ އެއްޗެވެ. އެހެނަސް މި ޖަމަލުގެ ކަންފަތުގައި ލޯވަޅު އެޅިފައެއް ނުވެއެވެ. މި ޖަމަލަށް މި ނަން ދެވުނީ އޭތީގެ ދުވެލި ބާރުކަމުންނެވެ. މި ޖަމަލުގެ ކުލައަކީ ރަތާއި ހުދާއި ކަޅެވެ. ބޮޑަށް ގާތީ ހުދު ކުލައާއެވެ. މި ޖަމަލުގެ ނަންތަކުގެ ތެރޭގައި އަލްޖަދްޢާއު އާއި އަލްޤަދްބާއު އާއި އަލްޢަޞްބާއު ވެއެވެ. އުފަންވީ ޢަރަބިކަރައިގެ ޤުރައިޝް ވަންހައިގެ މީހުން ޖަމަލު ގެންގުޅޭ ހިސާބުގައެވެ….

Read More

ކީރިތި ގުރުއާނުގެ އަޖައިބުތަކުގެ ތެރެއިން

ބައިނަލް އަގްވާމީ މީޑިއާއޭ މިކިޔާ މާސިންގާ ކަނޑުގައި މިހާރު އޮޔާއި ދެމެމުންދާ ކިއުމެއްގައި އެއްވެސް ދީނެއް ގަބޫލު ނުކުރާ އަރަބި ނަސްލުގެ މީހަކު ކަހަފް ސޫރަތުގައި އައިސްވާފައިވާ ކަހަފް ބާގައިގެ މީހުންގެ ވާހަކައިން  އިސްލާމްދީން ގަބޫލުކުރާ ސީރިޔާގެ ވަރަށް މަޝްހޫރު ޢަރަބި ނަސްލުގެ އިންޖިނޭރަކާ މުޚާތަބުކޮށް ކުރި ސުވާލެއްގައި ބުނެފައި ވެއެވެ. “ ތިބާއަކީ ތަންދޮރު ދަންނަ އިންޖިނޭރަކީމުއެވެ. 309 އަހަރު ދުވަހު ބަޔަކު ނިދާފާތިބުން ގަބޫލުކުރާނީ ކޮން ހަމައަކުން ހެއްޔެވެ؟ “                      …

Read More

ޞަޙާބީ ބޭކަލުންނާއި ސަލަފުންގެ ބޭކަލުން ޖަމާޢަތުގެ ނަމާދަށް ބެހެއްޓެވި އަހައްމިއްޔަތު

ނަމާދަށް ރައްކާތެރިވެ، ނަމާދަށް އަވަހަށް މިސްކިތަށް ދިއުމަށް ހިއްވަރު ލިބޭ އެތަކެއް މިޘާލެއް އެތަކެއް ނަމޫނާއެއް ސަލަފުއްޞާލިޙުންގެ ޙަޔާތަށް ބަލައިލުމުން އަޅުގަނޑުމެންނަށް ފެނިގެންދެއެވެ. އެގޮތުން: ޢަދިއްޔު ބުން ޙާތިމް رَضِيَ اللهُ عَنْهُ ވިދާޅުވެފައިވެއެވެ: “ތިމަންކަލޭގެފާނު އެ ނަމާދަކަށް ޝައުޤުވެރިކަމާއެކު އިންތިޒާރު ކުރާ ޙާލުގައި ހުއްޓާ މެނުވީ އެއްވެސް ނަމާދު ވަގުތެއް ނުވަދެއެވެ. އަދި ތިމަންކަލޭގެފާނު އިސްލާމްވީއްސުރެ، ވުޟޫ މަތީގައި ހުއްޓައިމެނުވީ ބަންގި ގޮވާ މީހާ ބަންގި ނުގޮވައެވެ.” ސަޢީދު ބުން މުސައްޔިބު رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ:…

Read More

އިލްމުވެރިންގެ އިސްތަށިފުޅުގައި ހަރުކަށި ފިކުރުގެ އިލްޒާމު އަޅުވައި ކަރާމަތު ނަގައިލަމުންދާކަމީ ހިތާމަހުރިކަމެއް: ޝަހީމް

ރާއްޖޭގެ ދީނީ އިލްމުވެރިންގެ އިސްތަށިފުޅުގައި ހަރުކަށި ފިކުރުގެ އިލްޒާމު އަޅުވަމުންދާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޑރ.ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީރާއްޖޭގައި އިސްލާމީ ތަރުބިޔަތާއި ދައުވަތު ފަތުރާ ޖަމިއްޔާތަކާއި މަޝްހޫރު ދީނީ އިލްމުވެރިންގެ އިސްތަށިފުޅުގައި ހައްގަކާ ނުލައި ހަރުކަށި ފިކުރުގެ އިލްޒާމު އަޅުވައި އަބުރާއި ކަރާމަތު ނަގައިލަމުންދާކަމީ ހިތާމަހުރިކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމުން ދުރުހެލިވުމަށް އިލްތިމާސްކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޑރ.ޝަހީމް މިހެން ވިދާޅުވެފައިވާއިރު ޖަމްއިއްޔަތުއްސަލަފަކީ ހަރުކަށި…

Read More