81 އަހަރުގެ މީހާ ބަނދެ ފޭރުނު މީހާ ހައްޔަރުކޮށްފި

އައްޑޫ ސިޓީ، މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަކަށް މީހަކު ވަދެ އެގޭގައި ދިރިއުޅޭ މީހާ ބަނުމަށްފަހު ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 50 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި އަނިޔާލިބުނު މިހާ، ޓީޝާޓެއް ބޭނުން ކޮށްގެން ބަނދެފައިވަނިކޮށް ސަލާމަތްވާން މަސައްކަތް ކުރުމުގެ ތެރޭގައި، އެމީހާގެ ހުންނަ ހަމުގެ ބައްޔެއްގެ ސަބަބުން، އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އެއީ…

Read More

މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލަ: 200,000 އަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިމެނޭ

މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފަރކުރި މައްސަލައިގައި 200,000 އަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިމެނޭކަން ފާހަގަކުރެވިއްޖެއެވެ. މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފަރކުރި މައްސަލައެއް ފުލުހަށް ހުށަހެޅީ އޮގަސްޓު 4 ވަނަ ދުވަހުއެވެ. މި މައްސަލާގައި ތިން މީހަކު ހައްޔަރުކުރިއެވެ. އެ ތިން މީހުންނަކީ ރ.ކަނދޮޅުދުއަށް ނިސްބަތްވާ ޙަސަން ޢަލީ (35އ) އާއި…

Read More

ފުލުހުންނަށް ނުބައި ނަމެއް ދިނުމުން ހަ މަހަށް ގޭ ބަންދަށް

ނަން އޮޅުވާލައިގެން ފުލުހުންނަށް މައުލޫމާތު ދިން މީހަކު ހަ މަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މ. މެކާނޯގޭ މުހައްމަދު ޝާހީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދެ މައްސަލައެއްގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ފުލުހުން އޭނާގެ ނަން އޮޅުން ފިލުވަން ސުވާލު ކުރުމުން އޭނާ ދިނީ ނުބައި ނަމެކެވެ.. އެ މައްސަލާގައި އޭނާގެ މައްޗަށް ކުރި ޝަހްސު އޮޅުވާލުމުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޝަހްސު އޮޅުވާލި…

Read More

ބޭަސް ފަރުވާ ކުރުމަށް އަދީބަށް ދިން މުއްދަތު ހަމަވެއްޖެ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ސިންގަޕޫރުން ސިއްހީ ފަރުވާ ހޯއްދަވަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދިން މުއްދަތު ހަމަވެއްޖެއެވެ. ކަރެކްޝަނަލް ސަރވިސްއިން ދިން ހުއްދައާއެކު ބޭަސް ފަރުވާއަށް އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ޖުލައިމަހުގެ 11 ވަނަ ދުވަހުއެވެ. ފުރަތަމަ ދިން 10 ދުވަސް ހަމަވުމުން މުއްދަތު އިތުރުކުރުމަށް ކަމާގުޅޭ ލިޔުންތަކާއެކު އަދީބުގެ ފަރާތުން ކަރެކްޝަނަށް ހުށަހެޅުމުން އެ މުއްދަތު އޮގަސްޓުމަހުގެ 28…

Read More

އުމުރުން 38 އަހަރު – 103 ފަހަރަށް ހައްޔަރުކޮށްފި

އއ. ތޮއްޑޫއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކު 103 ފަހަރު ހައްޔަރުކޮށްފައިވާކަމަށް ބަންދުގެ ރެކޯޑްތަކުން ދައްކައިފިއެވެ. އޭނާ އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ ވައްކަމުގެ މައްސަލައެއްގައެވެ. މިގޮތުން އޭނާއާ ގުޅޭ ބަންދު އަމުރުގައިވާގޮތުން އޭނާގެ އަތުން ވަގަށް ނަގާފައިވާ ކަަަމަށް ބެލެވޭ ފޯނެއް ފެނިފައި ވެެއެވެ. އަދި އޭނާ ބުނާގޮތުން އެއީ މީގެ ހަފްތާއެއް ކުރިން މަސްތުވާތަކެތި ވިއްކާ ކާޓެލްއަކުން އޭނާ ގަތް ފޯނެކެވެ. ނަމަވެސް ފުލުހުން ފޯނުގެ ވެރިފަރާތް ހޯދިއިރު، އެއީ ބޯޓެއްގައި މަސައްކަތް…

Read More

މިއަހަރު މިހާތަނަށް 2000 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ

މި އަހަރުގެ މިހާތަނަށް އައިއިރުވެސް ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކުރީ ވައްކަމާއި އެކްސިޑެންޓްގެ މައްސަލަތައްކަން ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މިއަހަރުގެ ފުރަތަމަ ދެ ކުއާޓާގައިވެސް އެންމެ ގިނަ ކަމަށް ފާހަގަކުރެވުނީ ވައްކަމާއި އެކްސިޑެންޓްގެ މައްސަލަތަކެވެ. ފުލުހުންގެ ވެބްސައިޓުން ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު ޓްރެންޑަށް މާބޮޑު ބަދަލެއް އައިސްފައި ނުވެއެވެ. 2023 ވަނަ އަހަރުގެ މިހާތަނަށް ވައްކަމާ ގުޅުންހުރި 2،225 މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށްވަނީ ރިޕޯޓުކޮށްފައެވެ. ދެން އެންމެ ގިނައިން އެ…

Read More

ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ގިނަވެއްޖެ: އިތުރު މީހަކު ހައްޔަރުކޮށްފި

ސައިކަލެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކުރީ ހޯރަފުށްޓަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ އިބްރާހިމް ރަޝީދެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހައިފައެވެ. ”މީނާ ދުއްވަނިކޮށް ހުއްޓުވި ސައިކަލަކީ ވަގަށް ނަގައިގެން އުޅޭ ސައިކަލެއް ކަމަށް ހާދިސާ ރިޕޯޓުގައި ބަޔާންކޮށްފައިވޭ.“ ކޯޓު އަމުރުގައިވެއެވެ. އޭނާ ދުއްވި ސައިކަލަކީ ”ކާލީ“ ކިޔާ މީހަކު ހަވާލުކުރި ސައިކަލެއް ކަމަށް ކޯޓުގައި އިބްރާހިމް ރަޝީދު ވަނީ ބުނެފައެވެ. ކޯޓު އަމުރުގައިވާ ގޮތުން…

Read More

ތީމުގޭ ގޯތިތެރޭގައި ހުރި ގަހަކުން އަނބު ބިން މީހަކު ހައްޔަރުކޮށްފި

ތީމުގޭ ގޯތިތެރޭގައި ހުރި ގަހަކުން އަނބު ބިން މީހަކު ހައްޔަރުކޮށްފިއެވެ. ސްޕްރީމްކޯޓާއި ހައިކޯޓު ހިންގަަމުން އަންނަ ތީމުގޭގެ ގަހަކުން އަނބު ބިން މައްސަލައެއްގައި ހައްޔަރު ކޮޮށްފައި ވަނީ އުމުރުން 34 އަހަރުގެ ނ. އަތޮޅު މާޅެންދޫއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އެމީހާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ، ވައްކަން ކުރުމާއި ހުއްދަ ނޫން ތަނަކަށް ވަނުމެވެ. އަދި އޭނާ އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އަދި…

Read More

ސިހުރުގެ މައްސަލައެއް ދައުލަތުން އަނބުރާ ގެންގޮސްފި

ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ، ދައުލަތުން އެދިގެން އަނބުރާ ގެންގޮސްފިއެވެ. މިއީ މެދު ރާއްޖޭ ތެރޭގެ ރަށަކަށް ނިސްބަތްވާ މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތި ދިވެހިރާއްޖެއަށް ގެނައުމުގެ މައްސަލައެކެވެ.  މިދިޔަ އަހަރުގެ ޖޫން މަހު ދައުލަތުން މި މައްސަލައިގެ ދައުވާ އުފުލާފައިވާއިރު، މައްސަލަ އަނބުރާ ގެންގޮސްފައިވަނީ ޕީޖީ އޮފީހުން މައްސަލަ މުރާޖައާ ކުރުމަށް ފަހު އިތުރަށް މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ….

Read More

ބޭބެ މަރާލިކަމަށް އެއްބަސްވެ މަރާލި ގޮތް މަވާޒު ކިޔާދީފި!

މިދިޔަ މެއި މަހު އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި މަރާލި އެ ރަށު ބްލޫސްޓާ، އަހުމަދު ޝުއައިބުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އޭނާގެ ކޮއްކޮ ހުސައިން މަވާޒު ކުށަށް އިއުތިރާފް ވެއްޖެއެވެ. ދައުލަތުން މަވާޒްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވާއިރު މަވާޒް ވަނީ ތަހުގީގު މަރުހަލާގައި ވެސް އަދި މިއަދު ދައުލަތުން ޝަރީއަތުގައި ދައުވާ އިއްވުމުން ވެސް ކުށަށް…

Read More

އަނެއްކާވެސް ބޮޑު ސްކޭމެއް – އެތައް ބައެއްގެ އަތުން 56 މިލިޔަނަށްވުރެ ގިނަ ރުފިޔާ

އަނެއްކާވެސް ބޮޑު ސްކޭމެއް – އެތައް ބައެއްގެ އަތުން 56 މިލިޔަނަށްވުރެ ގިނަ ރުފިޔާ ! ރާއްޖޭގައި އަނެއްކާވެސް ބޮޑު ސްކޭމެއް ކަމަށް ބެލެވޭ މުއާމަލާތްތަކެއް ފެންމަތިވެއްޖެއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ 56 މިލިޔަނަށްވުރެ ބޮޑުވާނެކަމަށް ބެލެވޭ މި މުއާމަލާތްތަކަކީ ބޭރުން މުދާ ގެނެސް އެ ވިއްކައިގެން ލިބޭ ފައިދާ ހޯދާދޭކަމަށްބުނެގެންނާއި ޑޮލަރުގެ މުއާމަލާތްތަކެއް ހިންގާކަމަށްބުނެ ހިންގި މުއާމަލާތްތަކެކެވެ. ދުވަހަށް މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ހިއްސާކުރި މައުލޫމާތާއި ދުވަހުން ހޯދި ހޯދުންތަކަށް ބަލާއިރު މި…

Read More

ފިރިހެނަކު ރަހީނުކޮށް ފޭރުނު މައްސަލާގައި ހައްޔަރުކުރި ސްޓެޕް އައްޔަގެ ބަންދަށް 15 ދުވަސް

މާލޭގެ ގެއެއްގައި ފިރިހެނަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި ކުރީގެ މަޝްހޫރު ނެށުންތެރިޔާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. އިތުރު ބަޔަކާ ބައިވެރިވެގެން މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފަރކުރި މައްސަލައަކާ ގުޅިގެން ސްޓެޕް އައްޔަ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 15 ދުވަހަށް އޭނާ…

Read More