
ހުޅުމާލޭ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި، އެއްވެސް މީހަކަށް އަނިޔާއެއް ނުޥޭ
މިއަދު ހެނދުނު ހުޅުމާލޭ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެމްއެންޑީއެފް އިން ބުނީ އަލިފާން ނިއްވުމަށްޓަކައި ހަރަކާތްތެރިވެފައި ވަނީ ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަރާތްތަކުންނެވެ. އަދި މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައި ވަނީ ހެނދުނު 8:39 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައި ވެއެވެ. މި ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރު ވަމުންދާއިރު ފެންނަނީ އެ އިމާރާތުގެ މަތިން ބޯ ކަޅު ދުން…