
ރިސޯޓުތަކުގެ އިސް މަގާމުތަކަށް ދިވެހިން ބިނާކުރަން ސްކޮލަޝިޕް ދެނީ
ރިސޯޓުތަކުގެ އިސް މަގާމުތަކުގައި މަސައްކަތް ކުރާނެ ދިވެހިން ބިނާކުރުމަށް ސްކޮލަޝިޕް ސްކީމެއް ތައާރަފުކޮށް ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ލުއިތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން މިރޭ މައްޗަންގޮޅީގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޓޫރިޒަމް ދާއިރާގެ އިސް މަގާމުތަކަށް ދިވެހިން ތަމްރީންކޮށް، ރިސޯޓު މުވައްޒަފުންނަށް މިހާރު ހަފްތާއަކު ލިބޭ ޗުއްޓީ އެއް ދުވަސް، ދެ ދުވަހަށް އިތުރުކޮށް މަސައްކަތު ވަގުތު ވެސް ކުޑަކުރަން…