
ބީޓް ރޫޓްއިން ހަށިގަނޑަށް ފައިދާބޮޑު
ރަންގުމޫ ނުވަތަ، އިނގިރޭސިބަހުން ނަމަ ބީޓް ރޫޓަކީ ހަށިގަނޑަށް އެންމެ ފައިދާހުރި އެއް ތަރުކާރީ އެވެ. ބީޓްރޫޓް ޖޫހުގައި އެކުލެވޭ ނައިޓްރޭޓްގެ ސަބަބުން، ކަސްރަތުކުރާއިރު ބުންވަރު އިތުރުކޮށްދޭނެ އެވެ. ބީޓްރޫޓް ޖޫސްތައްޓެއް ބޯލާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ލޭގެ ޕްރެޝަރު ދަށް ކޮށްދެއެވެ. ދިރާސާއަކުން ދައްކާފައިވާގޮތުގައި ބީޓްރޫޓްގެ އެންމެ ޖޫސްތައްޓަކުން ލޭގެ ޕްރެޝަރު އެވްރެޖް ގޮތެއްގައި ހަތަރެއް ނުވަތަ ފަސް ޕޮއިންޓް ދަށް ކޮށްދެ އެވެ. ބީޓް ރޫޓަކީ ހަށިގަނޑުގައި ހުންނަ ވިހަތައް ސާފުކޮށްދިނުމުގެ އިތުރުން ކެންސަރު…