ބަރުލަމާނީ އަށް ތާއިދެއް ނުލިބޭނެ: ގާސިމް

މަޖިލީހުން ފާސްކޮށް، މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އިލެކްޝަން ކޮމިޝަނަށް ވަނީ އަންގާފައެވެ. ގާސިމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގައި ހިމެނޭ ވަކިޕާޓީ އަކުން ތިމާމެނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާއި އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން އުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ކުރާނޭ ވޯޓެއް ނޫން ކަމަށެދވެ. “ގައުމުގެ ވެރިކަމުގެ ނިޒާމު…

Read More

ރައީސް ޔާމީން ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި

ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ޔާމީން ދާދި ދެންމެ ގެއަށް ބަދަލުކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވީ ވަގުތީގޮތުން ކަމަށެވެ. ޔާމީން ގެއަށް ބަދަލުކުރައްވާފައިވާއިރު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް…

Read More

މިއީ މިނިވަންކަމުގެ ދިފާއުގައި ދިވެހި ރައްޔިތުން ދެއްވި ވޯޓެއް – ނާޒިމް

ރިޔާސީ އިންތިހާބުގައި މިއަދު ނުކުތް ނަތީޖާއަކީ ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ދިވެހި ރައްޔިތުން ދެއްވި ވޯޓެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މުއިއްޒާއި ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފަށް މަރުހަބާ ވިދާޅުވެެ ނާޒިމް ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީ ކޯލިޝަން ބަލައިގަނެ، ދެއްވި ވޯޓަށްޓަކައި އެންމެންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ، އޭނާ ގަބޫލުކުރާ ގޮތުގައި، މި އިންތިހާބުގެ ނަތީޖާއަކީ…

Read More

ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަކީ ގާނުނީ ގޮތުން ކުރެވޭނެ ކަމެއް، އެކަން ކޮށްދީ؛ މުއިއްޒު

ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފިއެވެ. މިއަދު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ މެސެޖްގައި މުއިއްޒު ވިދާޅުވީ މި ދަނޑިވަޅުގައި ވަރަށް އިހްލާސްތެރިކަމާއި އަދަބު ވެރިކަމާއެކު ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް، އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވުމަކީ ރައީސް ސޯލިހަށް ގާނޫނީ ގޮތުން ކުރެއްވެވޭނެ ކަމެއް ކަމަށާއި އެކަން ކުރެއްވުމަކީ…

Read More

އިންތިޙާބީ ރައީސް ޑރ. މުއިއްޒަށް ރައީސް ނަޝީދު މަރުހަބާ ދަންނަވައިފި!

ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާ އިންތިޙަބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ. ރައީސް ނަޝީދަކީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މުއިއްޒަށް މަރުހަބާ ދެންނެވި ފުރަތަމަ ރައީސެވެ. ރައީސް ނަޝީދު ވަނީ މިއަދު ހޯއްދެވި ބޮޑު ކާމިޔާބީއަށް ޑރ. މުއިއްޒަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިއަދު ކުރިއަށްގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ދައްކާގޮތުން ބޮޑު ތަފާތަކުން ރައީސް…

Read More

ރައްޔިތުންގެ ނިންމުމާމެދު މުޅި ރާއްޖެ ހިތާމަކުރާނެ: ރޮޒައިނާ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުން ނިންމި ނިންމުމާމެދު ހިތާމަކުރާނެ ދުވަސް ވަރަށް އަވަހަށް އަންނާނެކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެެއްޖެއެވެ. ރޮޒައިނާ މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ޞާލިޙުއާއި ވާދަކުރައްވައިގެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު ކުރި ހޯއްދެވުމާއި ގުޅިގެންނެވެ. ރޮޒައިނާ ވިދާޅުވީ ރައީސް ޞާލިޙު ވަރުގެ އޯގާތެރި ހިތްހެޔޮ ވެރިއެއް މި ޤައުމު ނުދެކޭކަމަށް ރާއްޖޭގެ އެންމެހާ…

Read More

އިންޑިއާގެ ބޮޑުވަޒީރު މޯދީ، ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފިއެވެ. މޯދީ ޑރ. މުއިއްޒަށް މަރުހަބާ ދެންނެވީ މިއަދު ހެނދުނުކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި މުއިއްޒަށް މަރުހަބާ ދަންނަވައި މުބާރަކުބާދީ އަރިސްކުރައްވާފައިވެއެވެ. މޯދީގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ރާއްޖެއާއެކު ހާޖިރީ ގުޅުން އިތުރަށް ބަދަހިކުރުމުގައި އިންޑިއާ ދެމި އޮންނާނެ ކަމަށާއި އިންޑިއާ ކަނޑުގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމުގައި އިންޑިއާއިން އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ…

Read More

އެމްޑީޕީގެ މިސްރާބު ސަރުކާރު ޒިންމާދާރުކުރުވުމަށް

ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވުމުން، ދެން އެޕާޓީ މަސައްކަތްކުރާނީ އަލަށް އުފެދޭ ސަރުކާރު ޒިންމާދާރުކުރުވުމަށްކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛް ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުއިއްޒަށާއި، އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފަށް މަރުޙާބާ ވިދާޅުވެ ކުރެއްވި ޓުވީޓުގައެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީއިން ދެން ހަރަކާތްތެރިވާނީ އަލަށް އުފެދޭ ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތުގައިކަމަށާއި، ސަރުކާރު ހިންގާއިރު ޑިމޮކްރަސީގެ ހަމަތަކާއެކު ކުރިއަށްގެންދޭތޯ ކަށަވަރުކުރާނެކަމަށެވެ….

Read More

ރައީސް ބަލި ގަބޫލް ކުރައްވައި މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

އެކްސް (ޓްވިޓާ) ގައި ރައީސް މިރޭ ވަނީ އިންތިޚާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކައި ޝުކުރު ދަންނަވައިފަ އެޗެ. އަދި އެކުގައި މަސައްކަތްކުރި އެމް.ޑީ.ޕީ އާއި އޭ.ޕީ ގެ މެމްބަރުން އަދި ރައީސަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ވަނީ ޝުކުރު ދަންނަވައިފަ އެވެ. ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަލައިގަނެ، ކާމިޔާބު ހޯއްދެވި އިދިކޮޅު ކެންޑިޑޭޓް ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ. ރައީސްގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ގެންދަވަނީ މުއިއްޒަށް މަރުހަބާ…

Read More

ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރައްވައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު ކާމިޔާބު ކުރައްވައިފި އެވެ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ، މިއަދު ބޭއްވި އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކޮށް ބޮޑު ތަފާތަކުންނެވެ. ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މިހާތަނަށް 400 އަށް ވުރެ ގިނަ ފޮށި ގުނާފައިވާއިރު، 54 ޕަސެންޓުން ކުރީގައި އުޅުއްވަނީ މުއިއްޒު އެވެ. ރިޔާސީ އިންތިހާބުގައި ރާއްޖޭގައި…

Read More

ލަފާކުރެވެނީ %86 ވޯޓު ލާނެ ކަމަށް، އެއީ ރަނގަޅު އަދަދެއް: ރައީސް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ކުރއަށް ދާއިރު، %86 މީހުން ވޯޓު ލާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެއީ އިންތިހާބު ކާމިޔާބު ކުރުމަށް ރަނގަޅު އަދަދެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދެވަނަ ބުރުގައި ވޯޓު ލުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. “ޓާންއައުޓް އަޅުގަނޑަށް ފެނުނީ ފުރަތަމަ އެއް ގަޑިއިރު ތެރޭގަ ރަނގަޅު ކަމަށް. އަޅުގަނޑު ހިތުން މިހާރު އެ ޓްރެންޑް ހުރިކަމަށް ވަންޏާ، 85،…

Read More

ނައިބު ރައީސްކަން ކުރެއްވީ ވަކި މީހަކަށްޓަކައެއް ނޫން: ފައިސަލް

ފަސް އަހަރުގެ ދައުރަކަށް ހޮވޭ މީހާ އަނެއް ފަސް އަހަރަށް ކޮންމެހެން ހޮވެން މަޖުބޫރު ނޫންކަމަށާއި އެމަނިކުފާނު ނައިބު ރައީސްކަން ކުރެއްވީ ވަކި މީހަކަށްޓަކައި ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. އައު ޤާނޫނު އަސާސީގެ ދަށުން ނައިބު ރައީސްގެ ދައުރު ފުރިހަމަކުރެއްވި ފުރަތަމަ ނައިބު ރައީސް ފައިސަލް މިފަދައިން ވިދާޅުވީ ވޯޓުލެއްވުމަަށްފަހު ދެއްވި އިންޓަވިއުއެއްގައިއެވެ. ފައިސަލް ވަނީ މި ދައުރުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިންގ މޭޓަކަށް…

Read More