
ކޯގަންނު ގަބުރުސްތާނަށް ބަޔަކު ގެއްލުން ދީފި
ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމެނޭ އައްޑޫ މީދޫ ކޯގަންނު ޤަބުރުސްތާނަށް ބަޔަކު ގެއްލުންތަކެއް ދީފިއެވެ. ދުނިޔޭގެ ގަދީމީ އާސާރުތައް ހިމާޔަތްކުރަން ބޭނުންވާ މާލީ އަދި ފަންނީ އެހީފޯރުކޮށްދޭ ޖަމާއަތުގެ ލިސްޓުގައި ހިމެނޭ ކޯގަންނު ގަބުރުސްތާނުގައި ހުރި 2 މަހާނައެއްގެ ގާތައް ތަޅާލައި ގެއްލުން ގެއްލުންތައް ދީފައި ވަނީ މިއަދުގެ ހުކުރު ނަމާދުގެ ވަގުތުގައެވެ. ނުވަސަތޭކައެއްހާ ދިގު މާޒީއެއް އޮތް ކޯގަންނު ޤަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަގާތައް އެއްތާކުން އެންމެ ގިނައިން ފެންނަން ހުރި ޤަބުރުސްތާނެވެ. ރާއްޖޭގައި…