އެހެން ދީނެއްގެ އަޅުކަމެއް ރާއްޖޭގައި ކުރިޔަށް ގެންދިޔަކަމަށް ބުނެ ފަތުރާ ވީޑިއޯއިން ފެންނަނީ ރާއްޖެއެއް ނޫން، މޮރީޝަސް!

ރާއްޖޭގެ ރަށެެއްގައި އިިންޑިއާގެ ދީނީ އަޅުކަމެއް ކުރިޔަށްދާކަމަށް ބުނެ ފަތުރަމުން އަންނަ ވީޑިއޯގެ ހަގީގަތް ހާމަވެއްޖެ އެވެ. ސަރުކާރާއި އިދިކޮޅު ބައެއް ފަރާތްތަކުން މިއަދު މީސް މީޑިއާގައި ފަތުރަމުން އަންނަ ވީޑިއޯއިން ފެނިގެންދަނީ ރާއްޖޭގެ ބީޗެއް ފަދަ ތަނެއްގައި އިންޑީއާގެ އެހެން ދީނީ އަޅުކަމެއް ކުރަމުންދާ ބަޔަކު އުޅޭ މަންޒަރެވެ. އެވީޑިއޯ ފޭސްބުކުގައި ދައުރުކުރަމުންދާ ފަރާތްތަކުން ބުނަމުން ދިޔައީ އެވީޑިއޯއަކީ ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީގެ ރަށެއްގައ ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. ނަމަވެސް މި ވީޑިއޯގެ…

Read More

ކުރިއަށްއޮތް 5 އަހަރުގައި އެންމެ ޑިމާންޑުބޮޑުވާނެ ވަޒީފާތައް

ވަޒީފާގެ މައިދާނަށް އެކިއެކި ބަދަލުތައް އަންނަމުންދދާ މިދަނޑިވަޅުގއި ކުރިއާލައި، މުސްތަޤުބަލަށް ވިސްނާލައި ހާލަތު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަކިން ޚާއްސަކޮށް ކިޔަވާކުދިން އެކުދިން ކިޔެވުމަށް އިސްކަންދޭ ދާއިރާތައް ކަނޑައެޅުމުގައި މުސްތަޤުބަލުގައި ވަޒީފާގެ މާހައުލަށް އަންނާނެ ބަދަލުތަކާއިމެދު ވިސްނުމަށްފަހު ކުރިއަށްދާނެ ދާއިރާ ކަނޑައެޅުމަކީ މުހިންމު ކަމެކެވެ. ތިރިގައިމިވަނީ ވަޒީފާގެ މާހައުލު އެނަލައިޒްކުރާ މާހިރުން ކުރިއަށްއޮތް 5 އަހަރުގައި އެންމެ ބޭނުންތެރިވާނެ ކަމަށް ލަފާކުރާ 7 ވަޒީފާގެ މައުލޫމާތެވެ. ދުނިޔޭގެ ވަޒީފާގެ ބާޒާރުގައި އެންމެ ޑިމާންޑް ބޮޑުވާނެ ކަމަށް…

Read More

ޢުމްރާއަށް ދާ އަންހެނުން ހެދުން އަޅަންވީ އުސޫލު ކަނޑައަޅައިފި

ސައުދީ އަރަބިއްޔާއަށް އުމްރާއަށް ދާ އަންހެނުން ހެދުން އެޅުމުގައި އަމަލުކުރަންވީ އުސޫލު ކަނޑައަޅައިފިއެވެ. ސައުދީ އަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ މުޤައްދަސް ބިނާތަކަށް ޒިޔާރާތްކުރާއިރު އެކަށީގެންވާ ހެދުމެއް އަޅަންޖެހޭނެ ކަމުގައި ކަނޑައަޅައި އެކަމާއި ގުޅޭ ގައިޑްލައިނެއް ނެރެފައެވެ. އަދި އާއްމުކޮށްފައިވާ ގައިޑްލައިންގެ ތެރެއިން އަންހެނުންނަށް އިޚްތިޔާރުކުރާ ހެދުމެއް އެޅޭނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އުމްރާގެ އަޅުކަމަށް ދާ އަންހެނުން ލާ ހެދުމަކީ ގަޔަށް ދޫ ހެދުމަކަށް ވާން…

Read More

ކެންޑިޑޭޓުންގެ އަނބިންނާ ދިމާކޮށް ފުރައްސާރަ ކުރުމަކީ އެމްޑީޕީން ތަޢާރަފް ކުރި ކަމެއް ޒަމްޒަމް ފާރިޝް –

ކެންޑިޑޭޓުންގެ އަނބިންނާ ދިމާކޮށް ފުރައްސާރަ ކުރުމަކީ އެމްޑީޕީން ތަޢާރަފް ކުރި ކަމެއް ކަމަށް އައްޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ. ޝައިޚް ޒަމްޒަމް މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރައްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން މެޑަމް ފަޒުނާ އަޙުމަދު މިއަދު ހަވީރު ހުޅުމާލޭ ފޭސް2 އަކަށް ކެމްޕޭނުގައި ވަޑައިގެންނެވުމުން ހިޔާ ސަރަޙައްދުގައި ދިރިއުޅޭ ބައެއް ރައްޔިތުން ނިކުމެ އެކަމަނާއާ ދެކޮޅަށް އަޑުއުފުލާފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ. ޝައިޚް ޒަމްޒަމް ވިދާޅުވީ ކެންޑިޑޭޓުންގެ އަނބީންނާ ދިމާކޮށް،…

Read More

ޤައުމިއްޔަތު ދިރުވަން ދިވެހިބަހުން ކިޔަވައިދޭ މާއްދާތައް އިތުރުކުރަން ޖެހޭ: ޑރ. އަޝްރަފް

ޤައުމިއްޔަތު ދިރުވަން ބޭނުންނަމަ ދިވެހިބަހުން ކިޔަވައިދޭ މާއްދާތައް އިތުރުކުރަން ޖެހޭ ކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ. ޑރ. އަޝްރަފް މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ބަހުގެ އެކަޑަމީން މިއަދު ހަވީރު ބޭއްވި ޖަލްސާގައެވެ. ޑރ. އަޝްރަފް ވިދާޅުވީ ސުކޫލުތަކުގައި ހަމައެކަނި ދިވެހި މާއްދާ ދިވެހިން ކިޔަވައިދީގެން ފުއްދާލެވިދާނެތޯ ސުވާލު އުފެދޭ ކަމަށެވެ. ޕްރައިމަރީ ގުރޭޑްތަކުން ފެށިގެން ސެކަންޑަރީއާއި ހަމައަށް ދަރިވަރުން ސުކޫލުގައި އަށް ގަޑިއިރު ހޭދަކޮށް ހަފްތާއަކު…

Read More

މިއަދަކީ ދިވެހިރާއްޖޭގެ 80 ވަނަ ޤައުމީ ދުވަސް

މިއަދަކީ ޤައުމީ ބަތަލުންނަށް އަޅުގަނޑުމެން ދަރާފައިވާ ދަރަނި އަދާކުރުމުގެ އަޒުމު އާކޮށް ޤައުމީ ބަތަލުންގެ ހިތްވަރުން ހިތްވަރު ލިބިގަންނަންވީ ދުވަހެވެ. ޤައުމު ބައިބައިވިޔަ ނުދީ ދިވެހިން އެދޭ އަމާން ރާއްޖެ އާއި ދިވެހިންގެ ރާއްޖެ ޝިޔާރާއެކު ގައުމީ ރޫހު އާލާކޮށް ދިރުވަންވީ ދުވަހެވެ. ޤައުމެއްގެ ޙަޔާތުގައި އަންނަ މުހިންމު ދުވަސް ތަކުގެ ތެރެއިން މިއަދަކީ ދިވެހިރާއްޖޭގެ 80 ވަނަ ޤައުމީ ދުވަހެކެވެ. ރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ….

Read More

ޅަފަތުގައި ދަރިންނަށް ފައިސާ ގެންގުޅެން ދަސްކޮށްދޭން ޖެހޭ!

ދަރިން ތަރުބިއްޔަތު ކުރުމުގައި ދިރިއުޅުމުގެ ހުނަރުތައް އެކުދިންނަށް ދަސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ހާއްސަ ސަމާލު ކަމެއް ދީގެން ދަރިން ހޭލުންތެރި ކުރުވަން ޖެހޭ އެއް ކަމަކީ ފައިސާ ގެންގުޅުމެވެ. ބެލެނިވެރިންގެ ގޮތުގައި ދަރިންނަށް ފައިސާގެ މުހިއްމުކަން އަންގައިދީ ފައިސާ ހޭދަކުރާނެ ގޮތް ދަސްކޮށްދިނުމަށް ކުރެވިދާނެ ބައެއް ކަންތައް ހުރެ އެވެ. އެގޮތުން ބަލާއިރު އެންމެ ފުރަތަމަ ކަމަކީ ނަމޫނާ ދެއްކުމެވެ. ފައިސާ ގެންގުޅުމުގައާއި ފައިސާ ހަރަދު ކުރުމުގައި ތިބާ ދައްކައިދޭން ބޭނުންވާ މިސާލު ތިބާގެ…

Read More

ސިޔާސީ ޕާޓީއާއި ޖެހުމުން އެއްބަނޑު އެއްބަފާކަން ހަނދާންނެތޭ : ޑރ. ވަހީދު

ސިޔާސީ ޕާޓީއާއި ޖެހުމުން އެއްބަނޑު އެއްބަފާ ބައެއްކަން ހަނދާން ނެތި، އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކޮށް, އެއްޗެހި ކިޔާ، ގުޅުން ކަނޑާލާ ވާހަކަ ދެއްކުން ހުއްޓާލާ މީހުން އުޅޭ ކަމަށް ކުރީގެ ރައީީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމާއިއެކު ގދ. ތިނަދޫ ސިޓީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ރޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ސިޔާސީ…

Read More

އިސްލާމީ ޢާއިލީ ނިޒާމު އެއްކޮށް ފުނޑުފުނޑުކޮށްލުން!

ޢަލްމާނީ ފިކުރަކީ އިންސާނީ ޙަޔާތުގެ އެކިއެކި ދާއިރާތަކުން ދީން އެއްކިބާކޮށް އެކަހެރި ކުރުމަށް ގޮވައިލާ ފިކުރެކެވެ. ޢަލްމާނީ ފިކުރުގެ ނުރައްކާތެރިކަން އެންމެ ބޮޑަށް އޮތް އެއް ދާއިރާއަކީ އިސްލާމީ ޢާއިލީ ނިޒާމުގެ ދާއިރާއަށް ކަމަށް ބުނެވިދާނެއެވެ. ޢަލްމާނީ ފިކުރަކީ މުޠުލަޤަށް ފަރުދީ މިނިވަންކަމަށް ބިނާވެފައިވާ ފިކުރެކެވެ. މި ފިކުރު ތަންފީޒު ކުރެވޭ މުޖުތަމަޢެއްގައި އިސްލާމީ ޢާއިލީ ނިޒާމެއް ނޯންނާނެއެވެ. އެހެނީ، ފަރުދީ މިނިވަންކަމަކީ ދީނީ ގޮތުން މުޠުލަޤަށް ދެވިފައިވާ މިނިވަންކަމެއް ނޫނެވެ. އިސްލާމީ ޢާއިލީ ނިމާޒަކީ ވަރަށް…

Read More

ދަމުދަނަމާދުކޮށް، ޤުރުއާާން ވެސް ކިޔަވަން: ރައީސް ޞާލިޙު

އެމަނިކުފާނު ދަމުނަމާދު ކުރައްވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙު މިކަން ހާމަކުރެއްވީ، ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ރިޔާސީ ކެމްޕެއިން ދުވަސްވަރު ނޫންނަމަ، އާއްމު ގޮތެއްގައި މަސައްކަތް ކުރައްވާ ގޮތް ވިދާޅުވެދެއްވަމުން، ރައީސް ޞާލިޙު ވިދާޅުވީ ފަތިހު 4:00ހާއިރު، ހޭފުޅުލައްވައި، ދަމު ނަމާދު ކުރައްވައި، ފަތިސް ނަމާދަށް ބަންގި ގޮވަންދެން ޤުރުއާން ވެސް ކިޔަވާ ކަމަށެވެ. “ބައެއް ދުވަސްދުވަހު، ޤުރުއާނުގެ ތަރުޖަމާ އާއި ވެސް ކިޔަން. ދެން ފަތިސް ނަމާދަށް ބަންގި ގޮވީމާ،…

Read More

ތައުލީމަކީ ވަކި ތަނަކުން ލިބޭ ސެޓްފިކެޓެއް ނޫން، އިންސާނާގެ ހަޔާތަށް ވުރެ މޮޅު ތައުލީމެއް ނެތް: ގާސިމް

ޤާސިމުގެ ކިބައިގައި ތައުލީމެއް ނެތްކަމަށް ބުނާ މީހުންނަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ރައްދުދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދޅުވެފައިވަނީ، ބ. ތުޅާދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައެވެ. ޤާސިމް އިބްރާހީމް ވިދާޅުވީ،  ބައެއް މީހުން ތައުލީމެއްނެތޭ ބުންޏެއްކަމަކު އެމަނިކުފާނަށް އޮނަރަރީ ޕީއެޗްޑީ އަރުވާފައިވާ ކަމަށެވެ. އެމަނިކުފާނަށް އޮނަރަރީ ޕީއެޗްޑީ އަރުވާފައިވަނީ ވިޔަފާރި ކުރިއެރުވުމާއި އިންސާނިއްޔަތަށް އެހީތެރިވުމުގައި ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީ ވަޒަންކޮށް، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިންނެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ކިބައިގައި…

Read More

ހިންދޫ ދީނުގެ ދަރުސް މިރެޔާއި މާދަމާ މާލޭގައި

ހިންދޫ ދީނުގެ ‘ގުރޫ’އެއް އިންތިޒާމް ކޮށްގެން ބާއްވާ ދީނީ ދަރުހެއް މިރެޔާއި މާދަމާ މާލޭގެ ހޮޓަލެއްގައި ބާއްވަން ނިންމައިފިއެވެ. ހިންދޫ ދީނުގެ ބޮޑު ފާދިރީއެއް ކަމުގައިވާ ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ގުރޫއެއް މިރެޔާ މާދަމާ މާލޭގެ ހޮތަލެއްގައި ހިންދޫ ދީނުގެ ދަރުހެއް ދޭން ނިންމައިފިއެވެ. މި ދަރުސްގައި އޮންލައިންކޮށް އަދި އޮފްލައިންކޮށްވެސް ބައިވެރިވެވޭނެއެވެ. އަދި މިކަމެއް ކުރިއަށް ދާނީ އުނިމާ ގުރޭންޑުގައި ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. މީސްމީޑީޔާގައި ދައުރުވަމުންދާ ޕޯސްޓަރެއްގައި ބުނާގޮތުން މި ކުލާސްތަކުގައި “ވަރުގަދަ ދަރުސްތަކާއެކު…

Read More