އާބަން އައިލްގައި ބުޓީކް ހޮޓެލް ތަރައްގީކުރަން 3 ބިމެއް ބީލަމަށް

“އާބަން އައިލް”ގެ ނަމުގައި ހުޅުމާލޭ ދެވަނަ ފޭސްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން ތިން ބިމެއްގައި ހޮޓެލް ތަރައްގީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އިންޓާގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓްގެ ދަށުން އާބަން އައިލްގައި ބުޓީކް ހޮޓެލް ތަރައްގީ ކުރުމަށް ފުރުސަތު ހުޅުވާލައިފި އެވެ. އާބަންކޯއިން ވަނީ އާބަން އައިލްގައި ބުޓިކް ހޮޓެލް ތަރައްގީ ކުރުމަށް ހަތް ބިމެއް ކަނޑައަޅާފަ އެވެ. މީގެތެރެއިން ތިން ބިމެއްގައި ބުޓީކް ހޮޓެލް ތަރައްގީކުރުމަށް އަލުން މިވަނީ…

Read More
Maafushivaru Resort for sale

ރިސޯޓް ކުލީގެ ޖޫރިމަނާގެ ބައެއް މާފުކޮށްދީފި

ހަދަމުންދާ ރިސޯޓުތަކުގެ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ ޓޫރިޒަމް މިނިސްޓްރީން މާފުކޮށްދީފިއެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި ކުލީގެ ޖޫރިމަނާއިން ބޮޑު އަދަދެއް މާފުވެގެންދިޔައީ، ރިސޯޓު ކުލީގެ ޖޫރިމަނާ ރީސްޓްރަކްޗާ ކުރުމުގެ ތެރެއިންނެވެ. މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މާފުކޮށްދީފައި ވަނީ އޮޕަރޭޝަނަށް ނުގޮސްހުރި ރިސޯޓުތަކުގެ ކުލީގެ ޖޫރިމަނާ އެކަނިކަމަށެވެ. އަދި އޭގެތެރޭގައި އިތުރު އެއްވެސް ޖޫރިމަނާއެއް ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮވިޑާ ގުޅިގެން ރިސޯޓްތަކުގެ ކުލީގެ…

Read More

ހެޔޮ އަގެއްގައި އޮފީސް ޖާގަ ކުއްޔަށް ދޭ އިމާރާތެއް މާލޭގައި އަޅާނަން: މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރުތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން ގޮތުގައި މުއިއްޒު ސިފަ ކުރެއްވީ، ވިޔަފާރި ހިންގުމަށް އޮފީސް ސްޕޭސް އެއް މާލެއިން ލިބޭ އަގު ބޮޑު ވުމުގެ މައްސަލަ ކަމަށެވެ. އަލަށް ފަށާ ކުދި ވިޔަފާރިތަކުން ބޮޑު ކުލީ ގައި ތަންތަން ކުއްޔަށް ހިފަން ޖެހުމުން ވިޔަފާރި ކުރިއަށް ދިއުމަށް ވުރެ ބޮޑަށް ދަނީ ފަހަތަށް ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. މިއީ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށާއި މި ޕްރޮޖެކްޓް ކުރިއަށް ދާ ގޮތް…

Read More

ބޭރުގެ ބޮޑެތި ޓޫރިސްޓު އުޅަނދުތަކުން ނަގާފީ 1،000 ޑޮލަރަށް ބޮޑުކޮށްފި

ރާއްޖެ އަންނަ ބޭރުގެ ބޮޑެތި ޓޫރިސްޓު އުޅަނދުފަހަރުން ނަގަމުން އަންނަ ކްރޫސް ޕާމިޓް ފީ 1،000 ޑޮލަރު ނުވަތަ 15،420 ރުފިޔާއަށް ބޮޑުކޮށްފި އެވެ. މީގެ ކުރިން ބޮޑެތި އުޅަނދުފަހަރުން ކްރޫސް ޕާމިޓުގެ ގޮތުގައި ދައްކަމުން އައިސްފައި ވަނީ 5،000 ރުފިޔާ އެވެ. މިގޮތަށް ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކޮށްފައިވާ ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވުމާއި ބަނދަރުކުރުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހެއްގަ އެވެ. އެ ގަވާއިދުގައިވާ ގޮތުން…

Read More

ކޮވިޑަށްފަހު ޗައިނާގަ ބާއްވާ ފުރަތަމަ ޓުއަރިޒަމް ފެއަރގައި ރާއްޖެ

ކޮވިޑަށްފަހު ޗައިނާގައި ބާއްވާ ފަތުރުވެރިކަމުގެ ފުރަތަމަ ފެއަރގައި ރާއްޖެ ކުލަގަދަކޮށް އިޝްތިހާރުކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) އިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 33 ކުންފުންޏެއްގެ 64 މަންދޫބުންނާއެކު އައިޓީބީ ޗައިނާ 2023ގައި ބައިވެރިވެރިވެފައިވާއިރު މި ފެއަރ ކުއަށްދިޔައީ މިމަހުގެ 12 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައެވެ. އައިޓީބީ ޗައިނާއަކީ ޗައިނާގެ ޓްރެވަލް މާކެޓަށް އަމާޒުކޮށްގެން ބާއްވާ…

Read More

އެޕަލްއަށް 200 މިލިއަން ގެއްލުން

ޗައިނާއިން އެޕަލް ފޯނުތައް ބޭނުން ކުރުމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ސަބަބުން އެޕަލް ކުންފުންޏަށް ބޮދެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އަދި އެކަމުގެ ސަބަބުން އެޕަލް ކުންފުނީގެ ހިއްސާ ވަނީ 2.9 ޕަސެންޓަށް ދަށްވެފައެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގައި ދުނިޔޭގެ އެންމެ އަގު ބޮޑު ކުންފުނި އެޕަލްއަށް ވިޔަފާރި ކުރެވިދާނެ ކަމާމެދު އިންވެސްޓަރުން ދަނީ ސުއާލު ކުރަމުންނެވެ. އެޕަލްއަށް މަހަކަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ހިއްސާގެ ބާޒާރުގައި ދިމާވި އެންމެ ބޮޑު ގޮން…

Read More

އަނެއްކާވެސް ބޮޑު ސްކޭމެއް – އެތައް ބައެއްގެ އަތުން 56 މިލިޔަނަށްވުރެ ގިނަ ރުފިޔާ

އަނެއްކާވެސް ބޮޑު ސްކޭމެއް – އެތައް ބައެއްގެ އަތުން 56 މިލިޔަނަށްވުރެ ގިނަ ރުފިޔާ ! ރާއްޖޭގައި އަނެއްކާވެސް ބޮޑު ސްކޭމެއް ކަމަށް ބެލެވޭ މުއާމަލާތްތަކެއް ފެންމަތިވެއްޖެއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ 56 މިލިޔަނަށްވުރެ ބޮޑުވާނެކަމަށް ބެލެވޭ މި މުއާމަލާތްތަކަކީ ބޭރުން މުދާ ގެނެސް އެ ވިއްކައިގެން ލިބޭ ފައިދާ ހޯދާދޭކަމަށްބުނެގެންނާއި ޑޮލަރުގެ މުއާމަލާތްތަކެއް ހިންގާކަމަށްބުނެ ހިންގި މުއާމަލާތްތަކެކެވެ. ދުވަހަށް މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ހިއްސާކުރި މައުލޫމާތާއި ދުވަހުން ހޯދި ހޯދުންތަކަށް ބަލާއިރު މި…

Read More

ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަނީ، އޮރެންޖު ކޭހެއްގެ އަގު 900 ރުފިޔާއަށް އަރައިފި

ބާޒާރުގައި ވިއްކަމުންދާ އޮރެންޖުގެ ކޭހެއްގެ އަގު 900 ރުފިޔާއަށް އަރައިފިއެވެ. އޮރެންޖު ކޭހެއްގެ އަގު 900 ރުފިޔާއަށް އަރާފައި ވާއިރު މި ދުވަސްވަރު އާދަޔާ ހިލާފަށް ތަކެތީގެ އަގުތައް އުފުލެމުން ދާކަން ފާހަގަ ކުރެވެއެވެ. މީގެ ކުރިން 4 ރުފިޔާއާއި 5 ރުފިޔާއަށް ވިއްކަމުން އައި އޮރެންޖާއި އާފަލު މިހާރު ވިއްކަމުން ދާ އަގު 14 ރުފިޔާ، 15 ރުފިޔާ އަށް އަރައިފިއެވެ. މީގެ އިތުރުން ފިޔާ، ލޮނުމެދު އަދި އިނގުރުގެ އަގު އުފުލިފައި ވާއިރު މިހާރު…

Read More
bank of maldives

ހަރާމް ކުރެއްވި ރިބާ ހިމެނޭ ހެން 504 މިލިއަން ރުފިޔާގެ ފައިދާ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލަށް

މި އަހަރުގެ ފުރަތަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސާފު ފައިދާގެ ގޮތުގައި 504 މިލިއަން ރުފިޔާ ހޯދައިފިއެވެ. ބީއެމްއެލުން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ތިން މަހުގެ މާލީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެ ކުއާޓަރުގައި ބޭންކުން ވަނީ 1.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައިފައެވެ. އަދި ހަރަދާއި ޓެކުހަށް ކެނޑުމަށްފަހު މިިދިޔަ ކުއާޓާއިން ސާފު ފައިދާގެ ގޮތުގައި 504.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. އެއީ މިދިޔަ އަހަރުގެ […]

Read More

ފުރަތަމަ ކުއާޓަރުގައި ދިރާގަށް 218 މިލިއަން ރުފިޔާގެ ފައިދާއެއް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް 218 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުގައި ބުނެފި އެވެ. ދިރާގުން އާއްމުކޮށްފައިވާ އެ ކުންފުނީގެ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައި ބުނެފައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހު އެ ކުންފުންޏަށް ވަނީ 653 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. ހަރަދާއި ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 218 މިލިއަން ރުފިޔާ ލިބިފައިވާ […]

Read More

އެސްޓީއޯ ގެ ހިއްސާއަކަށް 77 ރުފިޔާ ބަހަން ބޯޑުން ނިންމައިފި

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ނިންމައިފި އެވެ. އެސްޓީއޯ އިން މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާދަރުންނަށް ބެހީ ހިއްސާ އަކަށް 65 ރުފިޔާ އެވެ. އެހެންކަމުން މިއަހަރު ބެހުމަށް ބޯޑުން ނިންމާފައި މިވަނީ 12 ރުފިޔާ އިތުރު އަދަދެކެވެ. އެސްޓީއޯ 2021 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް ބަހާފައިވަނީ 60 ރުފިޔާ އެވެ. އެސްޓީއޯގެ މިދިޔަ […]

Read More

އިމްޕޯޓާއި އެކްސްޕޯޓް އަދި އާމްދަނީ އިތުރު

މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން މުދާ އިމްޕޯޓު ކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރު އަދި ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހިސާބުތަކުން ދައްކައިފި އެވެ. ކަސްޓަމްސް އިން މިއަދު ނެރުނު މާޗު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރުގެ މާޗު މަހު ރާއްޖެ އަށް އިމްޕޯޓުކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާގެ މުދާ ކަމަށްވާއިރު މިއަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ 4.3 ބިލިއަނަށް […]

Read More