
އިންޑިއާއިން ބަލަނީ ސިފައިންނާއި އުޅަނދުތައް ނުގެންގޮސް ވޭތޯ!
އިންޑިއާއިން ބަލަމުން އަންނަނީ ރާއްޖޭގައި ތިބި އެގައުމުގެ ސިފައިންނާއި ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ އުޅަނދުތައް ނުގެންގޮސްވޭތޯ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައެވެ. ރާއްޖޭގައި އިންޑިއާ ސިފައިން އަންނަނީ ޑޯނިއާގެ މަތިންދާ ބޯޓެއްގެ އިތުރުން ދެ ހެލިކަޕްޓަރު އޮޕަރޭޓް ކުރަމުންނެވެ. މި ސަރުކާރުން މީގެ ކުރިން ހާމަކުރި ގޮތުގައި ރާއްޖޭގައި މިވަގުތު އިންޑިއާގެ 77 ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އޭގެތެެރެއިން 1 ހެލިކޮޕްޓަރ ބެލެހެއްޓުމަށް ނުވަތަ ދުއްވުމަށް 24 އިންޑިއާ ސިފައިން ހަރަކާތްތެރިވަމުންދާއިރު، ޑޯނިއާ މަތިންދާ…