
އެފްއޭއެމަށް މިފަހަރު ދަރަނި ދައްކަން ދިނީ 10 ދުވަހުގެ މުއްދަތެއް
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި 2 ލައްކަ ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ. ހުކުމުގައި ބުނެފައިވާ ގޮތުން، އެލް އަށް ދޭންޖެހޭ ދެ ލައްކަ ޑޮލަރުގެ ތެރެއިން މިހާތަނަށް އެއްވެސް މިންވަރެއް އެފްއޭއެމުން ދައްކާފައެއް ވެސް ނުވެ އެވެ. ފައިސާ ނުދެއްކުމުން އެލް އަށް ވެފައިވާ ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ވެސް ވަނީ އެލް އިން…