
ގޮދަން އުފައްދާ ކާރުހާނާ ތަރައްގީކުރަނީ ކުޅުދުއްފުށީގައި
އެސް.ޓީ.އޯއިން ތަރައްގީކުރުމަށް ނިންމާފައިވާ ގޮދަންފުށް ކާރުޚާނާ އަޅާނީ ކުޅުދުއްފުށީ ސިޓީގައިކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު ވިދާޅުވެއްޖެއެވެ. އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ގޮދަންފުށް އުފައްދާ ފެކްޓްރީ ކުޅުދުއްފުށީގައި ގާއިމްކުރުމަށް ނިންމި އެއް ސަބަބަކީ އެރަށަކީ އުތުރުގެ ވިޔަފާރީގެ މައި ހަބަށްވުންކަމަށެވެ. އަދި އެ ސަރަޙައްދަކީ އެފަދަ ކާރުޚާނާއެއް ހިންގުމަށް އެންމެ ރަނގަޅު އެއް ސަރަޙައްދުކަމަށާއި މިކަމުގެ ސަބަބުން އެ ސިޓީއަށާއި އެ ސަރަޙައްދަށްވެސް ވިޔަފާރިއާއި އިޤްތިޞާދީގޮތުން އެތައް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އަމްރު […]