މަގުމަތީގެ ބާޒާރު ހިންގާ ފަރާތްތައް އުސޫލާއި ހިލާފުވާނަމަ ހުއްދަ ބާތިލް ކުރަނީ

މަގުމަތީގެ ބާޒާރު ހިންގާ ފަރާތްތައް އުސޫލާއި ހިލާފުވާނަމަ ހުއްދަ ބާތިލް ކުރެވޭގޮަތަށް އަމަލު ކުރަން ނިންމައިފިއެވެ. އެގޮތުން އިކްނޮމިކް މިސްޓްރީން ބުނީ ނައިޓްމާކެޓު ނުވަތަ މަގުމަތީބާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލު ކުރާނެ އުސޫލުގެ އެއްވަނަ އިސްލާހުގައި ބުނެފައވާގޮތުން، މަގުމަތީގެ ބާޒާރު ބާއްވާފަރާތްތަކުން ގެޒެޓްގައި ޝާއިއު ކޮށްފައިވާ އުސޫލާއި އެއްގޮތަށް އަމަލު ކުރަންޖެހޭނެ ކަމަށެވެ. އަދި ފާހަގަ ކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިނުވާނަމަ ނުވަތަ އެފަދަ ބާޒާރެއް ހިންގުމުގައި ހިލާފުވެއްޖެނަމަ ހުއްދަ ދޫނުކުރެވޭނެ ކަމަށެވެ. ފެއާ ނައިޓްމާކެޓަކީ އިމްޕޯޓް މުދަލުގެ…

Read More

ސިއްރުން އެތެރެކުރި 10.99 ކިލޯ ރަނުން ދައުލަތަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ

ފާއިތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފޮރުވައިގެން ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު ރަނުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތައް ލިބިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. ޕީޖީ އޮފީހުން ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ސިއްރުން ރަން އެތެރެކުރަން އުޅުނު ގިނަ މީހުން ކަސްޓަމްސްއިން ކުރެއްވި މަސައްކަތުން އަތުލައިގަނެފައިވާ ކަމަށެވެ. އަދި އެހުރިހާ މައްސަލަތަކެއްގައި ޖިނާއީ ދަޢުވާކޮށް ސިއްރުން އެތެރެކޮށްފައިވާ ރަން ދަޢުލަތަށް ނަގާފައިވާ ކަމަށެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި…

Read More

މަޓާޓޯއިން ޓޫރިޒަމް ދާއިރާގެ ދިރާސާއެއް ހަދައި އާންމުކޮށްފި

ސަރުކާރުން ނަގާފައިވާ ދަރަނިތައް 104.9 ބިލިއަން ދިވެހި ރުފިޔާ (6.8 ބިލިައަން ޔޫއެސް ޑޮލަރަށް) އަރާފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދިވެހިރާއްޖޭގެ ޓޫރިޒަމް އާއި ފައިނޭންސް ސެކްޓަރާ ބެހޭގޮތުން ހެދި ދިރާސާކުން ދައްކައިފިއެވެ. އެ ދިރާސާއަށްފަހު ހެދި ރިޕޯޓަކީ ރާއްޖޭގެ އިގްތިސޯދުގެ ހީނަރުކަން ފާހަގަކޮށް އެކަމާ ގުޅިގެން މައިގަނޑު ގޮތެއްގައި ޔޫއެސް ޑޮލަރުގެ ތާށި ކަމާއި، ސަރުކާރުން ކުރާ ހޭދަތަކުގެ ބޮޑުކަމާއި، ލޯކަލް ޓޫރިޒަމަށް އައިސްފައިވާ…

Read More

ސަރުކާރުގެ ހަރަދުތައް ފޫ ބައްދަން 2.6 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަން ހުޅުވާލައިފި

ގިނަ އަދަދެއްގެ (ޓްރެޝަރީ ބިލް) ޓީ ބިލް ވިއްކަން އަނެއްކާވެސް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ. ދައުލަތުގެ ހަރަދު އިންތިހާއަށް ބޮޑުވެފައިވާ އިރު ހަރަދުތައް ފޫބައްދަން ހުރި ގޮންޖެހުންތަކާ ހުރެ ޓީ ބިލް ވިއްކަނީ ދައުލަތުގެ އާމްދަނީން ހަރަދުތައް ދެކޮޅު ނުޖެހި ސަރުކާރު ހިންގުމަށް އިތުރަށް ފައިސާ ބޭނުންވުމުން، ފައިސާ ޗާޕް ނުކޮށް އެކަން ކުރެވޭނެ ގޮތް ހެދުމަށެވެ. ދައުލަތުގެ ހަރަދު އިންތިހާއަށް ބޮޑުވަމުންދާ މި ދަނޑިވަޅުގައި ޓީ ބިލް ވިއްކުމަށް ހުޅުވާލާފައި އެކި މުއްދަތުތަކުން މެޗޫރިޓީ [ދަންކަންޖެހޭ…

Read More

ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކުގެ ފީ ކުޑަކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކުން ނަގާ އަގުތައް ކުޑަކުރަން ނިންމައިފި އެވެ. އެގޮތުން ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކުގެ ވޯފޭޖް ޗާޖް އާއި، ހޭންޑްލިން އާއި، ސްޓީވަޑޯރިންއާއި، އެމްޕްޓީ އަންލޯޑިން އަދި ހޭންޑްލިން ޗާޖަސްގެ އަގު ވަނީ 25 ޕަސެންޓު ކުޑަކޮށްފަ އެވެ. އެމްޕީއެލް އިން ބުނި ގޮތުގައި މާލޭގެ މައި ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ކުންފުނީގެ ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކަށް ނަގާ އަގުތައް ކުޑަކުރަން…

Read More

ދިގު މުއްދަތަށް ކުއްޔަށްދޭ ވިލާތަކުން ރިއަލް އެސްޓޭޓް ޓެކްސް

ދިގު މުއްދަތަށް ކުއްޔަށްދޭ ވިލާތަކުން ރިއަލް އެސްޓޭޓް ޓެކުހެއްް ނަގަން ގާނޫނަށް އިސްލާހް ހުށަހަޅައިފިއެވެ. ޓޫރިޒަމާއި ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ފަތުރުވެރިންނަށް ހިދުމަތް ދޭ ތަނަކުން ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދޭ ނަމަ އެ ތަނެއް ވިއްކާ ޖުމްލަ އަގުގެ ހަތަރު ޕަސެންޓުގެ ރޭޓުން ރިއަލް އެސްޓޭޓް ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ. ބިލުގައިވާ ގޮތުން…

Read More

ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަދާނަން: މުއިއްޒު

ޕެންޝަން ފަންޑުގައި ހުންނަ ފައިސާ އެކި ބޭނުންތަކަށް ނެގޭނެ ގޮތް ހެދުމަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އދ މަހިބަދޫގައި ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ޕެންޝަން ފަންޑަށް އަހަރަކު 100 މިލިއަން ޖަމާވަމުން ގޮސް، މިހާރު އެ ފަންޑުގައި 20 ބިލިއަން ރުފިޔާ ހުރި ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ ފަންޑުގައި ކިތަންމެ ގިނަ ފައިސާއެއް ހުރި ނަމަވެސް ފަންޑުގެ…

Read More

މިއަހަރުގެ މިހާތަނަށް ލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު އިތުރު

މިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ޓޫރިސްޓް ވިސާގައި ސްރީލަންކާއަށް ދަތުރުކުރި ދިވެހިންގެ ނިސްބަތް 115 އިންސައްތަ އިތުރުވެއްޖެއެވެ. ސްރީލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން ނެރެފައިވާ އޮގަސްޓްމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެގައުމަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ޓޫރިސްޓް ވިސާގައި ލަންކާއަށް 22،791 ދިވެހިން ޒިޔާރަތްކުރިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު އުޅެނީ 10،553 ގައެވެ. ޓޫރިސްޓް ވިސާގައި…

Read More

ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ %7.7 ދަށަށް ހިނގައްޖެ

މިދިޔަ އޮގަސްޓު މަގު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އަށް ވުރެ، މީރާ މެދުވެރިކޮށް ލިބުނު އާމްދަނީ %7.7 ދަށް ވެފައިވާ މީރާގެ ހިސާބުތަކުން ދައްކައިފި އެވެ. މީރާ އިން އާންމުކޮށްފައިވާ އޮގަސްޓު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނީ 1.60 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. މީރާގެ ހިސާބުތައް ދައްކާ ގޮތުން، މިދޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށަށް ދިޔަ ނަމަވެސް…

Read More

ވޯޓް ގަންނަން ވަގުނޫޓް ބަހަނީ: އިދިކޮޅު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށްޓަކައި ވޯޓު ގަތުމަށް ސައްހަ ނޫން ފައިސާގެ ނޫޓުތަކެއް ބަހަމުންދާ ކަމަށް ޕީޕީއެމް-ޕީއެންސީ އިން މިއަދު ތުހުމަތުކޮށްފި އެވެ. ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވަގު ނޫޓް ބެނުންކޮށްގެން ވޯޓް ގަންނަން ސަރުކާރަށް ތާއީދުކުރާ ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. އެހެންވެ އޭނާ ވަނީ މިކަމަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. “ވަރަށް…

Read More

ރިޒާވްގައި 594 މިލިއަން ޑޮލަރު، މަހެއް ތެރޭ 108 މިލިއަން ޑޮލަރު މަދު ވެއްޖެ

މިއަހަރުގެ ދެވަނަ ކުއާޓަރު ނިންމާލި އިރު ދައުލަތުގެ ރިޒާވްގައި ހުރީ 594.14 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 764 މިލިއަން ޑޮލަރު ހުރި އިރު މިދިޔަ އަހަރުގެ 4 ވަނަ ކުއާޓާ ނިންމާލި އިރު ހުރި ވަރުން އެއީ 100 މިލިއަން ޑޮލަރުގެ ދަށް ވުމެކެވެ. މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު 594 މިލިއަން ޑޮލަރު ރިޒާވްގައި…

Read More

އެސްޑީއެފްސީއިން ކުދި ވިޔަފާރިތަކަށް އިސްލާމިކް ބޭންކެއް ގާއިމްކުރަނީ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ބޭންކް (އެސްޑީއެފްސީ)އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިސްލާމިކް ބޭންކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ތަނުން ބުނެފި އެވެ. ތަފްސީލު – އެސްޑީއެފްސީގެ އާ ދެ ލޯން ޕްރޮޑަކްޓް އިއުލާންކުރަން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކްގެ ސީއޯއޯ ނާޒިމް ހަބީބު ވިދާޅުވީ އިސްލާމިކް އެސްއެމްއީ ބޭންކެއް ހުޅުވަން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. “އަޅުގަނޑުމެންނާ އެއްކޮށް އިންޓަނޭޝަނަލް ކޮންސަލްޓެންޓްސް މިހާރު މަސައްކަތް ކުރަމުން އެބަދޭ، އެމްއެމްއޭ އަށް ހުށަހަޅަން [ލައިސެންސަށް ބޭނުންވާ ޑޮކިއުމަންޓޭޝަން…

Read More