ފިތުރު އީދު ވަނީ ހޯމަ ދުވަހަށް
މާދަމާއަކީ މި ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި، މި އަހަރުގެ ފިޠުރު އީދަކީ އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ވެސް އީދު ދުވަހަކީ ހޯމަ ދުވަހެވެ. އީދު ދުވަހަކީ ހޯމަ ދުވަސް ކަމަށް ކަނޑައެޅީ ރާއްޖޭގެ އިތުރުން އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނިފައި ނުވާތީއެވެ. “ދެން”ގެ ފަރާތުން ހުރިހާ ފަރާތްތަކަށް އީދުގެ ތަހުނިޔާ އަރިސް ކުރަމެވެ. ޢީދު މުބާރަކް!