
ފުވައްމުލަކުގެ ޗަސްބިމެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީ
ފުވައްމުލަކު ސިޓީގެ ޗަސްބިމެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފުން ވިދާޅުވީ، ފުވައްމުލަކު ހޯދަޑު އަވަށާ ދިމާލުން އޮންނަ ޗަސް ބިމެއްގައި އަލިފާނުގައި ހާދިސާއެއް ހިނގައިގެން އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑު، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަަމަށެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ 18:20 ގައި ކަމަށް ސިފައިން މަޢުލޫމާތުދެއްވައެވެ. މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު އަދި ސިފައިން ދީފައެއް ނުވެއެވެ.