ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް!

ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުކަމަށް އެ ކޯލިޝަނުން ކަނޑައަޅައިފިއެވެ. ޕީޕީއެމް އިން މިއަދު ވިދާޅުވީ، އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޖޮއިންޓް ކައުންސިލުން ނިންމާ، ރައީސް ޔާމީން އެކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

Read More

މަލީހް, ނާޒިމަށް: ރައީސް ޔާމިން ބަސް ވިދާޅުވީމަ ނާޒިމް ވެސް އިސްލާހުވެބަލަ

ޤައުމުގެ ކަންކަން ހިނގަމުންދާ ނުރަނގަޅު ގޮތާމެދު ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ބަސް ވިދާޅުވުމުން, އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް ވެސް އިސްލާހުވާންވީކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ. މަލީހް މިހެން ވިދާޅުވީ ރައީސް ޔާމިން ކުރެއްވީ ނަޖިސް ވެރިކަމެއް ކަމަށާއި މި ޤައުމު ދުށް އެންމެ ބޮޑު ޣައްދާރަކީ ރައީސް ޔާމިންކަމަށް ނާޒިމް ވިދާޅުވުމުން ކުރެއްވި ޓުވީޓެއްގައެވެ. މަލީހް ވިދާޅުވީ މިސްކިތަށް ކުޑަކަމުދިއުމާއި ޚަތިމަށް ކުޅު ޖެހުމާއި އިސްލާމްދީނަށް…

Read More

ބީއެމްއެލް އިން ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދެނީ

ގައުމީ ދާރުލްއާސާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ. މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ. މި ހަރަކާތުގެ ތެރެއިން ބީއެމްއެލް އިން ދާރުލްއާސާރުގައި ހުރި ތަކެތި ރައްކާތެރިކޮށް އަދާހަމައަށް ބެލެހެއްޓުމާއި އެ ތަކެތި ޑިސްޕްލޭ ކޮށް އާންމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން،…

Read More

ޢަބްދުއްރަޙީމް, ނާޒިމަށް: ދީނާއި މިނިވަންކަން ދަމަހައްޓަވާނީ ރައީސް ޔާމިން, ޣައްދާރުންނަކީ ތީ

މާތްވެގެންވާ އިސްލާމްދީނާއި ޤައުމުގެ މިނިވަންކަން ދަމަހައްޓަވާނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ), އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމަށް (ކާނަލް ނާޒިމް) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް ޔާމިނަށް އަމާޒުކުރައްވައި ދަނގެތީ ދާއިރާގެ މެންބަރު ނާޒިމް މިއަދު ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ޢަބްދުއްރަޙީމް ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ދީނާ މިނިވަންކަން ދަމަހައްޓަވައި, ފުދުންތެރިކަން އިތުރުކުރައްވައި, ތަފާތު ކުރުމެއްނެތި ޤާނޫނު ތަންފީޒުކުރައްވައި, ރައްޔިތުން އެދޭ…

Read More

އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަށް ނާޒިމް ތާއީދުކުރި, އެއީ ޣައްދާރުންގެ ސިފައަކީ: ޝުޖާއު

ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި އިންޑިޔާ ސިފައިން ގާއިމުވެފައި ތިބުމަށް ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމަށް (ކާނަލް ނާޒިމް) ތާއީދުކުރި ކަމަށާއި, ބޭރު ޤައުމުތަކުގެ ސިފައިން މި ބިމުގައި ގާއިމުވެ ތިބުމަށް ތާއީދު ކުރުމަކީ ޣައްދާރުންގެ ސިފައެއްކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ޤައުމަށް އެންމެ ބޮޑަށް ޣައްދާރުވީ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުކަމަށް ނާޒިމް ވިދާޅުވުމާ ގުޅިގެންނެވެ. އެ ގޮތުން ޝުޖާއު މިއަދު ވިދާޅުވީ ދިވެހިރާއްޖޭގެ…

Read More

ސަޢީދު, ނާޒިމަށް: ރައީސް ޔާމިން ޤާނޫނު ނަގަހައްޓާ ތަންފީޒުކުރާނެ, ޤާނޫނުއަސާސީއަށް ބޯލަނބާނެ

ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް އަމާޒުކުރައްވައި ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމަށް (ކާނަލް ނާޒިމް), މިއަދު ދެއްކެވި ވާހަކަތަކަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ރައްދު ދެއްވައިފިއެވެ. ދިވެހި ޤައުމު މިއަދު މި ދެކޭ ހާލަތަށް ވައްޓައިލުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ނާޒިމްގެ ދައުރު ބޮޑު ކަމަށާއި އެކަމުން ރެކެން މިއަދު އުޅުނަސް, އެ ދެ ބޭފުޅުންނަކީ މަރު ދުވަހާ ޖެހެންދެން…

Read More

ޚާއްސަ ހުއްދައިގެ ދަށުން އިންޑިއާއިން ގިނަ އަދަދެއްގެ ފުށާއި ހަކުރު އިންޕޯޓް ކުރަނީ

އިންޑިއާ އިން ދިވެހި ރާއްޖެ އަށް 7,460 މެޓްރިކް ޓަނުގެ ހަކުރު އަދި 12،722 މެޓްރިކް ޓަނުގެ ފުށް އެތެރެކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. މިއީ އިންޑިއާއާއި ދިވެހި ރާއްޖެއާ ދެމެދު އޮންނަ އެއްބަސްވުމުގެ ދަށުން ފަހިކޮށްދީފައިވާ ކަމެކެވެ. އިންޑިއާއިން ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި އެ ޤައުމުން ގޮދަން އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ. ނަމަވެސް، އިންޑިއާއި ރާއްޖެއާއިއެކު އޮންނަ ގާތްގުޅުމަށް ގުޅުމުގެ ސަބަބުން، އެ ޤައުމުން ވަނީ މެދުނުކެނޑި ކާޑުގެ ބާއްވަތްތައް ފޯރުކޮށްދިނުމަށް ނިންމާފައެވެ. އަދި…

Read More

ނަރީޝް, ނާޒިމަށް: މިނިވަންކަން ވިއްކައިލަން ސޯފާ އެގްރިމަންޓުގަ ސޮއިނުކުރެވިގެން ހޭބަލިވީ ހަނދާން އެބަހުރިތަ

ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު އެމެރިކާއަށް ވިއްކައިލަން ”ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް (ސޯފާ)” ގައި ސޮއިނުކުރެވިގެން ”ހޭބަލި ވީ” ހަނދާން އެބަހުރިތޯ ސުވާލު ކުރައްވައި މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް, ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމަށް (ކާނަލް ނާޒިމަށް) ހޫނު ރައްދެއް ދެއްވައިފިއެވެ. ނަރީޝް ރައްދުދެއްވީ, މި ޤައުމަށް އެންމެ ބޮޑަށް ޣައްދާރުވީ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުކަމަށް ނާޒިމް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ނަރީޝް ވިދާޅުވީ ނާޒިމް,…

Read More

ރައީސް ޞާލިޙަކީ 2023 އަށް ”އެންމެ ރަނގަޅު ޗޮއިސް” : އަޙްމަދު ޢަބްދުﷲ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ 2023 އަށް ”އެންމެ ރަނގަޅު ޗޮއިސް” ކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. އަޙްމަދު ޢަބްދުﷲ ވިދާޅުވީ ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވެ, ޒާތީ ގޮތުން ކިތަންމެ ބަޔަކު ހަސަދަވެރިވީ ނަމަވެސް ރައީސް ޞާލިޙް އެ ކަންކަމަށް ބަދަލެއް ނުހިފާ ކަމަށެވެ. އަދި އެ ކަންކަމާއެކު އެ މަނިކުފާނު އެ ވަޑައިގަންނަވަނީ ކެތްތެރިކަމާއެކުކަމަށް ވެސް އަޙްމަދު ޢަބްދުﷲ ވިދާޅުވިއެވެ. ނަމަވެސް އެފަދަ ކެތްތެރިކަމެއް ހުރި އެހެން ލީޑަރެއް…

Read More

ނާޒިމްގެ ހަމަލާއެއް ރައީސް ޔާމީނަށް: އެންމެ ބޮޑު ޣައްދާރަކީ ތިބޭފުޅާ

ޤައުމަށް އެންމެ ބޮޑަށް ޣައްދާރުވެފައިވަނީ އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ވިދާޅުވެ، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރު ނާޒިމް ބަހުގެ ހަމަލާއެއް ރައީސް ޔާމީނަށް އަމާޒު ކުރައްވައިފިއެވެ. ނާޒިމް މިހެން ވިދާޅުވެފައިވަނީ، ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަކީ ރު ދުވަހާ ޖެހެންދެން ވެސް ޣައްދާރުން ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވާ ގުޅިގެންނެވެ. ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ކުރެއްވީ ނަޖިސް ވެރިކަމެއް ކަމަށެވެ. މިގޮތުން، ރިޝްވަތާއި،…

Read More

ރާއްޖެއަށް މާލީ އިދާރާތަކުގެ އިތުބާރު އެބައޮތް، ކުރިޔަށް ދަނީ އެ ފަރާތްތަކުގެ މަޝްވަރާގެ މަތިން: އަމީރު

ރާއްޖޭގެ އިގްތިސާދީ އަދި ފިސްކަލް ހާލަތު މެނޭޖް ކުރަމުން ދަނީ ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ މަޝްވަރާގެ މަތިން ކަމަށާއި އެ ފަރާތްތަކުގެ އިތުބާރު ރާއްޖެއަށް އެބައޮތް ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. މިއަދު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ކަންކަމުގެ މިންގަނޑުތައް ހަރުދަނާކުރުމަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކަށް އައިއެމްއެފާއި ވޯލްޑް ބޭންކުން ތާއީދު ކުރުމަކީ ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަމީރު…

Read More

މި ފަސް އަހަރު މިދަނީ ”އެދުންވެރިކަމެއް” : ޙުސައިން

މި ފަސް އަހަރު މިދަނީ އެދުންވެރިކަމެއް ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ޙުސައިން މިއަދު ވިދާޅުވީ މި ވެރިކަމުގައި މި ތިބީ ”ދޮން މީހުން” އުޅޭ ގޮތަށް އުޅެން ހަދައިގެން ވެސް އުޅެން ނޭނގުނު ބައެއްކަމަށެވެ. ދޮން މީހުން އުޅޭ ގޮތަށް އުޅެންޖެހޭކަމަށް މީގެ އަހަރުތަކެއް ކުރިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. ”ދޮން މީހުން” ވެސް އިޖުތިމާޢީ މިންގަނޑުން ބޭރުވާފަދަ ބޮޑެތި ތުހުމަތު ކުރެވުމުން މަޤާމުން އަމިއްލައަށް…

Read More
Social Media Auto Publish Powered By : XYZScripts.com