
ޗައިނާއަށް 3 ވަނައަށް އެންމެ ބޮޑަށް ދަރާފައި އޮތީ ރާއްޖެއިން: ފޯބްސް
ޗައިނާއިން އެންމެ ގިނައިން ދަރަނި ނުވަތަ ލޯނު ނަގާފައިވާ ޤައުމުތަކުގެ ލިސްޓުގެ 3 ވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ. މަޝްހޫރު ފޯރބްސް މަޖައްލާއިން ހާމަ ކޮށްފައިވާ ގޮތުގައި، ޗައިނާއަށް އެންމެ ބޮޑަށް ދަރާފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެއަށް 3 ވަނަ ލިބިފައިވަނީ، ރާއްޖޭގެ ގްރޮސް ނޭޝަނަލް އިންކަމް (ގައުމަށް ވަންނަ އާމްދަނީ)ގެ %38 އާއި އެއްވަރުގެ ދަރަންނެއް ޗައިނާއަށް ދައްކަން ޖެހިފައި އޮވެގެންނެވެ. ވޯލްޑް ބެންކާއި ޙަވާލާދީ ފޯބްސްއިން ޢާއްމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން ޗައިނާއަށް އެންމެ ބޮޑަށް ދަރާފައި…