މަޤާމުގެ ދަހިވެތިކަމުގައި އިމްރާން ކޮންމެފަދަ ކަމެއް ވެސް ކުރައްވަފާނެ: ޝިޔާމް

މަޤާމުގެ ދަހިވެތިކަމުގައި ހޯމް މިނިސްޓަރު ޝައިޚު އިމްރާން ކޮންމެފަދަ ކަމެއް ވެސް ކުރައްވަފާނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރާއްޖެއާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އިމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރުން މިހާތަނަށް ނިންމާފައެއް ނޯންނާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އެ ގޮތުން އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ބަޔަކު ކިތަންމެ ނުރުހުނަސް ރައީސް އެ…

Read More

ހިދާޔަތާއި ދިންނެވުން ހޯދާކަށް ޢަދާލަތު ޕާޓީއަށް ވަންނާކަށް ނުޖެހޭ: ރައީސް ޔާމީން

ކޮންމެހެން ހިދާޔަތާއި ދިންނެވުން ހޯދާކަށް ޢަދާލަތު ޕާޓީއަށް ވަންނާކަށް ނުޖެހޭކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މި މަހުގެ 16 ވަނަ ދުވަހުގެރޭ ޕީޕީއެމްއިން ހއ.އިހަވަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ޢަދާލަތު ޕާޓީއަށް ވަދެގެން ނޫނީ ދިންނެވުމާއި ފުއްސެވުމެއް ނުލިބޭނެކަމަށް އެ ޕާޓީ އުފެދިގެން އައިއިރު ހީވި ކަމަށާއި, ނަމަވެސް މިއަދު މި އޮތީ އަނެއްކޮޅަށް ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ޢަދާލަތު ޕާޓީއަށް ވަދެއްޖެނަމަ ދިންނެވުމާއި ފުއްސެވުމެއް ނުލިބޭނެ ކަމަށް އެ މަނިކުފާނު…

Read More

އިސްލާމްދީނުގެ ސައްހަ އަޤީދާ ހިމާޔަތްކުރަން ކުރައްވަންޖެހޭ ކޮންމެކަމެއް ރައީސް ކުރައްވާނެ: އިމްރާން

އިސްލާމްދީނުގެ ސައްހަ އަޤީދާ ހިމާޔަތްކުރަން ކުރައްވަންޖެހޭ ކޮންމެކަމެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކުރައްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ހޯމް މިނިސްޓަރު ޢިމްރާން ވިދާޅުވެއްޖެއެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި އިމްރާން ވިދާޅުވީ މިއީ މީސްކޮޅު މަދު ކުޑަ ޤައުމެއް ކަމަށާއި އަދި އިގުތިސާދީ ގޮތުން ގޮންޖެހުންތަކާއި, ދަތިތަކާއެކު ވެސް އިސްލާމްދީނުގެ ނިއުމަތަށް ވިސްނައިފިނަމަ ދިވެހިންނަށްވުރެ ވަކިން ބޮޑު ނިއުމަތެއްގައި އޮތް ޤައުމެއް ދުނިޔޭގައި ނެތް ކަމަށެވެ. އަދި ސައްތައިން ސައްތަ އިސްލާމީ ޤައުމުތައް ދުނިޔޭގައި މަދުކަން…

Read More

ޗާގޯސް މައްސަލައިިގައި ރައީސް ދެއްކެވީ ތެދު ވާހަކަފުޅެއް ކަމަށް ހެކިވަން: އިމްރާން

ރާއްޖެއާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އިމުގެ މައްސަލައިގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވީ ތެދު ވާހަކަފުޅެއް ކަމަށް ހެކިވެވަޑައިގަންނަވާކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ. ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރުން މިހާތަނަށް ވެސް ނިންމާފައެއް ނޯންނާނެ ކަމަށެވެ. އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަޔަކު ކިތަންމެ ނުރުހުނަސް ރައީސް އެ ވިދާޅުވީ ތެެދުބަސްފުޅެއް…

Read More

ދިވެހިންނަށްވުރެ ވަކިން ބޮޑު ނިއުމަތެއްގައި އޮތް ޤައުމެއް ދުނިޔޭގައި ނެތް، އެ ނިއުމަތަކީ އިސްލާމް ދީން: އިމްރާން

ދިވެހިންނަށްވުރެ ވަކިން ބޮޑު ނިއުމަތެއްގައި އޮތް ޤައުމެއް ދުނިޔޭގައި ނެތް، އެއީ އިސްލާމް ދީނުގެ މަތިވެރި ނިއުމަތް ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖެއިން ދިވެހި ދައުލަތެއްގެ ގޮތުގައި އިސްލާމްދީން ޤަބޫލުކުރިތާ 896 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއީ ޤައުމެއްގެ ގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި އެދައުލަތެއްގައި ހިމެނޭ ހުރިހާ ރައްޔިތުންނަށް އެއަށްވުރެ މަތިވެރި ނިއުމަތެއް ނުލިބޭނެ…

Read More

އެންމެ އިސްކަން ދޭނީ ދިވެހިންގެ ދީނީ ޢަޤީދާ ރައްކާތެރިކުރުމަށް: ރައީސް

މިއަދު ވެސް އިއްޔެ ވެސް އަދި މާދަމާ ވެސް އެ މަނިކުފާނު އެންމެ އިސްކަން ދެއްވާނީ ދިވެހިންގެ ދީނީ ޢަޤީދާ ރައްކާތެރި ކުރެއްވުމަށް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި, ޤައުމީ ސިޔާދަތު ދިފާޢުކޮށްދިން އެންމެ ވަރުގަދަ އައްޑަނައަކީ ދީނީ ޢަޤީދާގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައި އޮތް އެއްބައިވަންތަކަން ކަމަށެވެ. އަދި ދީނީގޮތުން ތަފާތު މަޒްހަބުތަކާއި ތަފާތު ގަބޫލުކުރުންތައް…

Read More

ޗާގޯސް މައްސަލައިގެ ހަގީގަތް އެނގިތިބެ ދޮގުވާހަކަތައް ފަތުރާ ބައިބައިވުން އުފެއްދުމަކީ ހިތާމަހުރިކަމެއް: ރައީސް

ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ޗާގޯސް މައްސަލައިގެ ހަގީގަތް އެނގި ތިބެ ކަނޑައެޅިގެން ދޮގު ވާހަކަތައް ފެތުރުމަކީ ވަރަށް ދެރަ މައްސަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަޙައްދުގެ މައްސަލަ އަކީ ޙައްލެއް ނުހޯދި އޮންނަތާ…

Read More

ރާ ވިއްކާތީ މާލޭގައި އުޅެން ދަތިވެއްޖެ: ޖާބިރު

ރާ ވިއްކާތީ މާލޭގައި އުޅެން މިހާރު ދަތިވެފައިވާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މާލޭގައި ރާ ވިއްކަމުންދާ ކަމަށާއި މިކަމުގެ ސަބަބުން މާލޭގައި އުޅެން މިހާރު ދަތިވެފައިވާ ކަމަށެވެ. ޖާބިރު ވިދާޅުވީ މިތަނަކީ ރާ ވިއްކުން މަނާ ތަނެއް ކަމަށާއި ބްރިޖް އެޅުމުން މާލެ ވެސް ހުޅުލޭގެ އިހުތިސޯސްގެ ތެރެއަށް މިހާރު ވަދެފައިވާ ކަމަށެވެ. “އެހެންވެގެން އަޅުގަނޑު މާލޭގައި އުޅެން ދަތިވާތީވެ، މި މަޖިލިސް…

Read More

އިނގިރޭސި ވިލާތާއި އެމެރިކާ، ރަޝިއާއި ޗައިނާއާ ދެކޮޅަށް

އިނގިރޭސި އާ ބޮޑުވަޒީރު ރިޝީ ސުނަކްއާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ގުޅި ވަޑައިގެން ރަޝިއާއާއި ޗައިނާއާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެއްޖެވެ. އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރިޝީ ސުނަކް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރޭ އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ އެކު ފޯނުން މަޝްވަރާ ކުރެއްވި ކަމަށެވެ. ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި، ޔޫކްރޭން މައްސަލައިގެ އިތުރުން، ޗައިނާގެ އަސްކަރީ ކުރިއެރުންތަކާއި…

Read More

އޭދަފުއްޓާއި ނައިފަރުގައި އަންނަމަހު ޑައިލިސިސް ހަދަން ފަށަނީ

ބ. އޭދަފުއްޓާއި ޅ. ނައިފަރުގައި އަންނަ މަހުން ފެށިގެން ޑައިލިސިސް ހަދަން ފެށުމަށް ވާންޖެހޭ އެންމެ ފަހު ތައްޔާރީތައް ވަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ. ހެލްތު މިނިސްޓްރީން ބުނީ އޭދަފުއްޓާއި ނައިފަރު ހޮސްޕިޓަލުގައި ޑައިލިސިސް ހިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ދެ ހޮސްޕިޓަލަށް އެކަމަށް ބޭނުންވާ ހުރިހާ މެޝިނަރީއަކާއި އެހެނިހެން ކަންކަން ހަމަޖެހިފައިވާ އެ މިނިސްޓްރީން ބުންޏެވެ. ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ…

Read More

ޗައިނާގެ ކުރީގެ ރައީސް، ކޮންގްރެސް އިން ނެރޭ ވީޑިއޯ އާއްމުވެއްޖެ

މިދިޔަ ހަފުތާގައި ކުރިއަށް ދިޔަ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ކޮންގްރެސްގެ ބައްދަލުވުމެއްގެ ތެރެއިން ކުރީގެ ރައީސް ހޫ ޖިންޓާއޯ ނެރުނު ވަގުތުގެ ވީޑިއޯއެއް އާއްމުވެއްޖެއެވެ. ސިންގަޕޫރުގެ ޗެނަލް ނިއުސް އޭޝިއާއިން އާއްމުކުރި ވީޑިއޯއިން ފެންނަނީ ހޫގެ ވައަތް ފަޅީގައި އިންނެވި ޕޮލިޓްބިޔުރޯގެ މެމްބަރު ލީ ޒަންޝޫ އަމަލު ކުރައްވާގޮތެވެ. އެގޮތުން ހޫގެ އަތްޕުޅުން ލިިޔުންތަކާއި ފައިލް ނަންގަވައި، ވާހަކަ ދައްކަވާ މަންޒަރު ފެނެއެވެ. އޭގެ ފަހުން ހޫގެ ކަނާއަތް ފަޅީގައި އިންނެވި މިހާރުގެ ރައީސް ޝީ ޖިންޕިން…

Read More

ކޯޓަށް ނުގެންގޮސް އަރުޝަދު ދޫކޮށްލައިފި

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދު މިއަދު ހައްޔަރުކުރުމަށް ފަހު ދެންމެގެ ވަގުތެއްގައި ދޫކޮށްލައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު އަރުޝަދު މިއަދުގެ ވަގުތެއްގައި ދޫކޮށްލައިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ދޫކޮށްލި ސަބަބު ހާމަކޮށްފައެއް ނުވެއެވެ. އަރުޝަދަކީ 2020 ވަނަ އަހަރު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 09 ކިލޯގެ ޑްރަގް މައްސަލައިގެ އެންމެ އިސް މީހާ ކަމަށާއި,…

Read More
Social Media Auto Publish Powered By : XYZScripts.com