ރައްޔިތުންނަށް ފާރަލުމަށް އިންޑިއާއިން އިސްރާއީލުގެ އާލަތްތައް ގަންނަނީ

ރައްޔިތުންނަށް ފާރަލައި، ޖާސޫސްކުރުމަށް، ރައްޔިތުން އުޅޭނޫޅޭ ގޮތް ބެލުމަށް، ބޭނުންވާ ވަރަށް ބާރުގަދަ އާލާތްތައް އިންޑިއާ ސަރުކާރުން އިސްރާއީލުގެ ދެކުންފުންޏަކުން ގަންނަމުންދާކަމަށް ޚަބަރުތައް ބުނެފިއެވެ. އިސްރާއީލުގެ ދެކުންފުނިކަމުގައިވާ ކޮގްނައިޓާއި ސެޕްޓިއަރއިން އުފައްދާ ބާރުގަދަ ޖާސޫސީ އާލާތްތައް ގަނެ، އެތަކެތި ކަނޑުއަޑީގެ ކޭބަލްތައް އެއްގަމަށް ފޯރާ މަގާމުތަކުގައި އިންޑިއާއިން ހަރުކުރަމުންދާކަމަށްވެއެވެ. މިކަމުގެ ސަބަބުން އިންޑިއާގެ 1،400 މިލިއަން ރައްޔިތުންގެ ހުރިހާ ޒާތީ އަދި މުވާޞަލާތީ މަޢުލޫމާތެއް ސަރުކާރަށް ލިބިގެންދާނެއެވެ. ޚަބަރުތައް ބުނާ ގޮތުން އިސްރާއީލުގެ ސެޕްޓިއަރ ކުންފުނިންވަނީ އަޑުއެހުމަށް…

Read More

ދެވަނަ ބުރަކަށް ދާންޖެހުނަސް ޕީޕީއެމް ފަހަތަށް ނާރާނަން: އިލްހާމް

ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާންޖެހުނަސް ޕީޕީއެމް ފަހަތަށް އަރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ. ވީޓީވީން ގެނެސްދިން ‘ގާސިމް މެނިފެސްޓޯ 2023’ މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ ދެވަނަ ބުރެއްގައި ވޯޓުލާން ޖެހުނަސް ޕީޕިއެމް އަދި އެމްޑީޕީގެ ފަހަތަށް އަރަން ޖެހޭ އެއްވެސް ހާލަތެއް ނޯންނާނެ ކަމަށެވެ. ގާސިމް އިބްރާހީމް ދެވަނަ ބުރަކުން ޖާގަ ހޯއްދަވާނެކަން ފާހަގަކުރައްވާ އިލްހާމް ވިދާޅުވީ އިންތިޚާބުގައި…

Read More

އެފްއޭއެމަށް މިފަހަރު ދަރަނި ދައްކަން ދިނީ 10 ދުވަހުގެ މުއްދަތެއް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި 2 ލައްކަ ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ. ހުކުމުގައި ބުނެފައިވާ ގޮތުން، އެލް އަށް ދޭންޖެހޭ ދެ ލައްކަ ޑޮލަރުގެ ތެރެއިން މިހާތަނަށް އެއްވެސް މިންވަރެއް އެފްއޭއެމުން ދައްކާފައެއް ވެސް ނުވެ އެވެ. ފައިސާ ނުދެއްކުމުން އެލް އަށް ވެފައިވާ ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ވެސް ވަނީ އެލް އިން…

Read More

ބޭބެ މަރާލިކަމަށް އެއްބަސްވެ މަރާލި ގޮތް މަވާޒު ކިޔާދީފި!

މިދިޔަ މެއި މަހު އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި މަރާލި އެ ރަށު ބްލޫސްޓާ، އަހުމަދު ޝުއައިބުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އޭނާގެ ކޮއްކޮ ހުސައިން މަވާޒު ކުށަށް އިއުތިރާފް ވެއްޖެއެވެ. ދައުލަތުން މަވާޒްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވާއިރު މަވާޒް ވަނީ ތަހުގީގު މަރުހަލާގައި ވެސް އަދި މިއަދު ދައުލަތުން ޝަރީއަތުގައި ދައުވާ އިއްވުމުން ވެސް ކުށަށް…

Read More

ޗައިނާގެ އާ ޗާޓުގައި ދެކުނު ޗައިނާ ކަނޑު އަމިއްލަކޮށްފައި އޮތުމުން މެލޭޝިއާއިން ދެކޮޅުހަދައިފި

ޗައިނާ އިން ގަބޫލު ކުރަނީ އިރުމަތީ ހިމާލަޔާސް ގެ އަރޫނަޗަލް ޕްރަދޭޝް އަކީ ޓިބެޓްގެ ދެކުނާ ގުޅިފައި އޮންނަ ބައެއް ކަމަށެވެ. އެގޮތުން ހުސްވި އޭޕްރީލް މަހު ޗައިނާއިން އާންމު ކުރި ޗާޓެއްގައި އެ ސްޓޭޓްގެ 11 ސަރަހައްދެއް އެއީ ޓިބެޓުގެ ދެކުނު ބިތުގެ ޒާންގްނާން ގެ ބައެއް ކަމަށް ހަދާފައި ވެސް ވެއެވެ. އަސްކައި ޗިން ހިމެނޭ ސަރަހައްދަކީ އިންޑިއާގެ ތަނެއް ކަމަށް އެގައުމުން ބުނަމުން ދިޔަ ނަމަވެސް މިހާތަނަށް އެތަން ކޮންޓްރޯލް ކުރަމުން ގެންދަނީ…

Read More

ހުރިހާ ސޯޝަލް ހައުސިންގއެއްގެ ކުލި މަޢާފްކޮށްދޭނަން: ޤާސިމް

ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި އެއްކޮށް މަޢާފްކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޤާސިމްގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް ދުވަހަކުވެސް ދެކޮޅު ނަހަދާނެކަމަށެވެ. ނަމަވެސް ދިވެހިދައުލަތުގައި އޮތް ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ދިނުމަކީ،…

Read More

އަނެއްކާވެސް ބޮޑު ސްކޭމެއް – އެތައް ބައެއްގެ އަތުން 56 މިލިޔަނަށްވުރެ ގިނަ ރުފިޔާ

އަނެއްކާވެސް ބޮޑު ސްކޭމެއް – އެތައް ބައެއްގެ އަތުން 56 މިލިޔަނަށްވުރެ ގިނަ ރުފިޔާ ! ރާއްޖޭގައި އަނެއްކާވެސް ބޮޑު ސްކޭމެއް ކަމަށް ބެލެވޭ މުއާމަލާތްތަކެއް ފެންމަތިވެއްޖެއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ 56 މިލިޔަނަށްވުރެ ބޮޑުވާނެކަމަށް ބެލެވޭ މި މުއާމަލާތްތަކަކީ ބޭރުން މުދާ ގެނެސް އެ ވިއްކައިގެން ލިބޭ ފައިދާ ހޯދާދޭކަމަށްބުނެގެންނާއި ޑޮލަރުގެ މުއާމަލާތްތަކެއް ހިންގާކަމަށްބުނެ ހިންގި މުއާމަލާތްތަކެކެވެ. ދުވަހަށް މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ހިއްސާކުރި މައުލޫމާތާއި ދުވަހުން ހޯދި ހޯދުންތަކަށް ބަލާއިރު މި…

Read More

ހިންދޫ ދީނުގެ ދަރުސް މިރެޔާއި މާދަމާ މާލޭގައި

ހިންދޫ ދީނުގެ ‘ގުރޫ’އެއް އިންތިޒާމް ކޮށްގެން ބާއްވާ ދީނީ ދަރުހެއް މިރެޔާއި މާދަމާ މާލޭގެ ހޮޓަލެއްގައި ބާއްވަން ނިންމައިފިއެވެ. ހިންދޫ ދީނުގެ ބޮޑު ފާދިރީއެއް ކަމުގައިވާ ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ގުރޫއެއް މިރެޔާ މާދަމާ މާލޭގެ ހޮތަލެއްގައި ހިންދޫ ދީނުގެ ދަރުހެއް ދޭން ނިންމައިފިއެވެ. މި ދަރުސްގައި އޮންލައިންކޮށް އަދި އޮފްލައިންކޮށްވެސް ބައިވެރިވެވޭނެއެވެ. އަދި މިކަމެއް ކުރިއަށް ދާނީ އުނިމާ ގުރޭންޑުގައި ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. މީސްމީޑީޔާގައި ދައުރުވަމުންދާ ޕޯސްޓަރެއްގައި ބުނާގޮތުން މި ކުލާސްތަކުގައި “ވަރުގަދަ ދަރުސްތަކާއެކު…

Read More

އެސްޑީއެފްސީއިން ކުދި ވިޔަފާރިތަކަށް އިސްލާމިކް ބޭންކެއް ގާއިމްކުރަނީ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ބޭންކް (އެސްޑީއެފްސީ)އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިސްލާމިކް ބޭންކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ތަނުން ބުނެފި އެވެ. ތަފްސީލު – އެސްޑީއެފްސީގެ އާ ދެ ލޯން ޕްރޮޑަކްޓް އިއުލާންކުރަން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކްގެ ސީއޯއޯ ނާޒިމް ހަބީބު ވިދާޅުވީ އިސްލާމިކް އެސްއެމްއީ ބޭންކެއް ހުޅުވަން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. “އަޅުގަނޑުމެންނާ އެއްކޮށް އިންޓަނޭޝަނަލް ކޮންސަލްޓެންޓްސް މިހާރު މަސައްކަތް ކުރަމުން އެބަދޭ، އެމްއެމްއޭ އަށް ހުށަހަޅަން [ލައިސެންސަށް ބޭނުންވާ ޑޮކިއުމަންޓޭޝަން…

Read More

އިންޑިއާ ދެ މީހުން ފޭސްބުކްގައި އިސްތިހާރު ޖެހީ ހޮޓަލަށް އެނގުމެއްނެތި: އުނިމާ ގްރޭންޑް

މާލޭގައި ހިންގާ އުނިމާ ގްރޭންޑް ހޮޓަލަށް ޗެކިންވި އިންޑިއާގެ ޕާސްޕޯޓު ގެންގުޅޭ ދެ މީހުން ފޭސްބުކް މެދުވެރިކޮށް ކޮށްފައިވާ އިސްތިހާރަކީ އެ ހޮޓަލަށް އިނގިގެންކޮށްފައިވާ އިސްތިހާރެއް ނޫންކަމަށާއި، އެ ދެމީހުން ވަނީ ހޮޓެލްގެ އުސޫލުތަކާއި ޚިލާފްވުމުން ހޮޓަލުން ޗެކްއައުޓްކޮށްފައި ކަމަށް އުނިމާ ގްރޭންޑް ހޮޓަލުން ބުނެފިއެވެ. ހިންދޫ ދީނުގެ ހާމުދުރަކު އޭނާގެ ދީނީ ދަރުހެއް މާލޭގައި ބާއްވަން ނިންމައި، އެދަރުސް މީސް މީޑިއާގައި އިސްތިހާރު ކުރަމުން އަންނަ ކަމަށް މިއަދު ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައެވެ….

Read More

އިންތިޚާބީ ރިޝްވަތުގެ 20 މައްސަލަ އޭސީސީއަށް، ބަލައިގަތީ 4 މައްސަލަ

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ ކޮރަޕްޝަންގެ 20 މައްސަލައެއް މިހާތަނަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިންތިޚާބާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ހުށައަޅަން ޖެހޭނީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށެވެ. އެ ކޮމިޝަނުން ވިދާޅުވީ، އިންތިޚާބާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަ ހުށައެޅުމަށް ހުޅުވާލުމުން މިހާތަނަށް ހުށައެޅި 20 މައްސަލާގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރީ ކުރެވޭވަރުގެ 4 މައްސަލައެއްކަމަށެވެ. އަދި 14 މައްސަލައެއް ބަލައި ނުގަންނަކަމަށް އޭސީސީން…

Read More

މިހާތަނަށް ހުޅުމާލެއިން 80 ގޯތި ކަނޑާ، ރަޖިސްޓްރީ ހަވާލުކޮށްފި

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުންނަށް މިހާތަނަށް 80 ގޯތި ކަނޑާ ހަވާލުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗާއިން ވިދާޅުވެއްޖެއެވެ. މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ކަނޑަށް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ. ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހުޅުމާލޭން ގޯތި ކެނޑުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ…

Read More
Social Media Auto Publish Powered By : XYZScripts.com