x

އެމްޑީޕީ މޮޅީ މަގުމަތީ ހަރަކާތްތައް ހިންގަން ކަމަށާއި ވެރިކަން ކުރަން އެ ޕާޓީ ސުމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މަގުމަތީގައި ދެން ތިބޭނީ އެމްޑީޕީ ކަމަށާއި ޕީޕީއެމް-ޕީއެންސީގެ މަސައްކަތަކަށް ވާނީ މަގުމަތީގައި އެމްޑީޕީ ދާއިމަށް ބޭތިއްބުން ކަމަށެވެ. “އެއީ އެމީހުން އެންމެ ފައްކާ ވާނީ އެކަން ކުރަން. ވެރިކަން ކުރަން ހަމަ ސުމެއް،” ޔާމީން ވިދާޅުވި އެވެ. އެމްޑީޕީ އަކީ…

Read More

ޝަރީއަތް ނިމެންދެން ބަންދުކުރަން އެދުމަކީ ލާއިންސާނީ އަމަލެއް: ޔާމީން

ކުށުގެ ތުހުމަތުވާ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އެދުމަކީ ލާއިންސާނީ އަމަލެއް ކަމަށް ވިދާޅުވެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ބާރު އޮންނަ ވެރިކަމެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ހައްލު ކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފައިވާނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލުން ބާރުގެ ބޭނުން ކުރަނީ…

Read More

ބަންދަށް ފަހު ރައީސް ޔާމީން ބައިވެރިވި ފުރަތަމަ ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ގިނަ ބޮޑުން ބައިވެރިނުވި

ގޭ ބަންދަށް ބަދަލުކޮށް، ލުއިދިން ފަހުން ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ޖަގަހަ ޖަލްސާގައި އެ ދެ ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ބައިވެވެޑައިނުގަންނަވައެވެ. މިރޭގެ ޖަލްސާގައި އެ ދެ ޕާޓީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ތިއްބެވީ އްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ސެނެޓަރު އަދި މާލެ ސިޓީގެ އެކްޓިން މޭޔަރު އަހުމަދު ނަރީޝް އާއި ކުރީގެ މިނިސްޓަރު މަލީހާ ޖަމާލް އާއި…

Read More

ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް 4.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ 3 ވަނަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. އެކުންފުނީގެ މިއަހަރުގެ 3 ވަނަ ކުއާޓަރގެ ރިޕޯޓުގައިވާގޮތުން އެކުންފުންޏަށް ތިންވަނަ ކުއާޓަރގައި ލިބިފައިވާ އާމްދަނީގެ އަދަދަކީ މިއަހަރުގެ 2ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނު 3.7 ބިލިއަން ރުފިޔާއާއި އަޅާ ބަލާއިރު 9.2 އިންސައްތަ އިތުރު ޢަދަދެކެވެ. އެ ކުންފުންޏަަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 271 މިލިއަން ރުފިޔާއެވެ….

Read More

ޔަހޫދީންނަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ޕެޓިޝަނެއްގައި ސޮއި ކުރަނީ

އިސްރާއިލުގެ ނިރުބަވެރި ޔަހޫދީންނަށް ރާއްޖެ އެތެރެވުން ހުއްޓުވުމަށް “ރައިޓް މޫވްމެންޓުން” އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ. އެ ގްރޫޕުން އިސްނަގައިގެން ސޮއި ކުރަން ފެށި މި ޕެޓިޝަނަކީ އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސަރުކާރުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންގެންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން އިސްރާއީލުގެ ރަށްވެހިން ރާއްޖެ އެތެރެ ކުރުން ހުއްޓުވުމަށް އެދި ހުށަހަޅާ ޕެޓިޝަނެކެވެ. މި ހަރަކާތްތައް ރާއްޖޭގެ ހުރިހާ…

Read More

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމަށް ޝަހީދު

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު މިއަދު އައްޔަން ކުރައްވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން މިއަދު ބޭއްވެޓި ރަސްމިއްޔާތެއްގައި ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު ޝަހީދު އައްޔަންކުރެއްވުމުގެ އިތުރުން ސިވިލް ކޯޓުގެ އިސް ޤާޒީ ކަމަށް އެ ކޯޓުގެ ގާޒީ މަރްޔަމް ވަޙީދު ވަނީ އައްޔަން ކުރައްވައިފައެވެ. ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ޝަހީދު ހަމަޖެއްސުމަށާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް މަރްޔަމް ވަޙީދު ހަމަޖެއްސުމަށް ޖުޑީޝަލް ސަރވިސް…

Read More

ހުޅުމާލެއިން ބިންތައް ވިއްކުން މަޑުޖައްސާލަން އޭސީސީން އަންގައިފި

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ހުޅުމާލެއިން ބިންތައް ވިއްކުން މުއާމަލާތްތައް މަޑުޖައްސާލަން އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ. އޭސީސީން ބުނީ، ހުޅުމާލެއިން ބިންތައް ވިއްކުމާ ގުޅޭ މުއާމަލާތްތަކެއް ކުރަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި، މިއާއެކު ބިންތައް ވިއްކުމާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް އާބަންކޯއަށް އެެ ކޮމިޝަނުން އަންގާފައިވާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާބަންކޯއަށް އޭސީސީން އަންގާފައި ވަނީ ފަރުކޮޅު ފުށި ހިމެނޭ ގޮތަށް އަދިވެސް އިތުރު ބިންތަކެއް ވިއްކުމާއި، ކުއްޔަށް ދިނުމުގެ…

Read More

ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ނަމުގައި އިދާރާއެއް ގާއިމް ކުރާނަން – މުއިއްޒު

ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ނަމުގައި އިދާރާއެއް ގާއިމްކޮށްދެއްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހޮޓެލް ޖެންގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންސީއައި)ގެެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ޓޫރިޒަމް ދާއިރާއަށާއި، މަސްވެރިކަމުގެ ދާއިރާއަށް ވަކި އިދާރާއެއް އެބަހުރި ކަމަށެވެ. “ކޮންސްޓްރަކްޝަން ދާއިރާއަކީ ރާއްޖޭގަ ދެވަނައަށް އެންމެ ބޮޑު އެއް ސިނާއަތް. މިހާތަނަށް ސަރުކާރުތަކުން އެކިކަހަލަ މިންވަރުތަކުން އެކިކަހަލަ ސަޕޯޓް ލިބިފަވޭ. އަޅުގަނޑު ގަސްތު ކުރަނީ…

Read More

ވާދޫ ކައުންސިލްގެ ވިޔަ ޕޯޓަލް އާމްދަނީ ރިޕޯޓާއި ދުވަހު ފޮތާ 3 ލައްކައިގެ ފަރަގެއް!

ރ. ވާދޫ ކައުންސިލުން 2021 ވަނަ އަހަރު ހެދި އޮޑިޓް ރިޕޯޓުން މާލިއްޔަތާ ގުޅުން ހުރި މައްސަލަތަކެއް ފެނިފައިވާތީ ބޭންކް އެކައުންޓްގައި ހުރި ފައިސާގެ އަދަދު ޔަގީންވެފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ. އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ރ ވާދޫ ކައުންސިލް އިދާރާގެ 2021 ވަނަ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ 3 މައްސަލައެއް ފާހަގަ ކޮށްފައެވެ. ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 5.22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ އާމްދަނީގެ…

Read More

ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކޮށްދީފި

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު ޢަބްދުﷲ ޔާމީން ޢަބްދުލްޣައްޔޫމުގެ ގޭބަންދުގެ އަދަބު ލުއިކޮށްދީ، ރަށު ބަންދަށް ބަދަލުކޮށްދީފިއެވެ. ރައީސް ޔާމީންގެ އަދަބު ލުއިކޮށްދެއްވައި ރަށު ބަންދަށް ބަދަލުކޮށްދީފައިވާއިރު، މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި އެހެން އެއްވެސް ރަށަކަށް ދެވޭނީ ކަރެކްޝަނަލް ސާވިސްގެ ހުއްދަ ހޯދުމަށްފަހުގައިކަން އަންގާފައިވާ ކަމަށެވެ. އަދި ރަށު ބަންދަށް ބަދަލުކޮށްދީފައިވަނީ އާންމު ޖަލްސާތަކުގައި ވެސް ބައިވެރިވެވޭ ގޮތަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް…

Read More

ނަޝީދު ވަކިކުރަން އެމްޑީޕީން ކޯޓަށް ދަނީ!

މިއަދު އެޖެންޑާގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ ޖަލްސާ މިއަދު ބޭއްވޭ ގޮތް ނުވުމުން އެމްޑީޕީން ކޯޓަށް ދާން މަޝްވަރާކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމާއި ގުޅިގެން، މިއަދުގެ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ. މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ، މަޖިލީހުގެ ނައިބް ރައީސް އީވާ އާލަސްކަންފުޅާ އުޅުއްވާ ކަމަށް ބަޔާން ކުރައްވާ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ސަލާން ފޮނުއްވާފައިވާކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ…

Read More

މިރޭ ހަނދުކޭތަ ހިފާތީ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރަން އަންގައިފި

މިރޭ ހިފާ ހަނދުކޭތައާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ. އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ މިރޭ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން 11:01 ގައި ކަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމުން އަލިވެ 1:14 ގަ އެވެ. ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން މެންދަމު އަލިވެ 03:26 ހާއިރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން މިކޭތައާ ގުޅިގެން…

Read More
Social Media Auto Publish Powered By : XYZScripts.com