
ޔަމަނުގެ ހޫތީ ސިފައިން މިފަހަރު ހިފީ އިސްރާއީލުގެ އެންމެ މުއްސަނދި މީހާގެ ބޯޓެއް!
ޔަމަނުގެ ހޫތީ މުޖާހިދުން މިއަދު ހިފި ބޯޓަކީ އިސްރާއީލުގެ މަހުޖަނެއްކަމަށްވާ، އިޔާލް އޯފަރ ގެ ބޯޓެއްކަން ހާމަވެއްޖެއެވެ. އޭނާއަކީ އިސްރާއީލުގެ އެންމެ މުއްސަނދި މީހާއެވެ. އޯފަރގެ ކުންފުނި، ޒޯޑިއެކް މެރިޓައިމަކީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ބޯޓު އޮޕަރޭޓަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެއްކަމަށްވާއިރު، އެކުންފުނިން 128 އުޅަނދުގެ ފްލީޓެއް އޮޕަރޭޓުކުރެއެވެ. ޔަމަނުގެ ހޫތީ ސަރުކާރުން ބުނެފައިވަނީ ”ހިފިފައި މިއޮތީ އިސްރާއީލުގެ މަހުޖަނުންގެ ބަލިފައިގައި“ ކަމަށެވެ. އަދި އިސްރާއީލުގެ ސަރުކާރަށް އޮތް ޕްރެޝަރު ބޮޑުވަމުން އަންނަކަމަށް ހޫތީން ގަބޫލުކުރެއެވެ….