ލިވާތުކުރާ މީހުންނަށް ފިޔަވަޅުއަޅައި, ރާއްޖޭގެ ޝަރަފާއި ކަރާމަތު ރައްކާތެރިކުރަންޖެހޭ: ޑރ.ޝަހީމް

އެއް ޖިންސުން ގުޅުން ހިންގާ މީހުން ނުވަތަ ލިވާތުކުރާ މީހުންނަށް ޝަރުޢީ އަދި ޤާނޫނީ ފިޔަވަޅުއަޅައި ރާއްޖޭގެ ޝަރަފާއި ކަރާމަތު ރައްކާތެރިކޮށް ދަމަހައްޓަންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ. ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ މީހަކު ރާއްޖޭގެ ބައެއް މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލަ ފެންމަތިވެ, އެކަމާ ގުޅޭ ބައެއް ވީޑިއޯތައް ވަނީ ޢާންމުވެފައެވެ. ނަމަވެސް އެ ޢަމަލު ހިންގި މީހުންނާމެދު ކަމާބެހޭ ފަރާތަކުން އަދި ފިޔަވަޅެއް…

Read More

މާރެސް އަތޮޅު ވޮލީ މުބާރާތުގައި ވެލާ ސްޕޯޓްސް އިން ވާދަކުރަނީ

މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރަމެންޓް ސޮސައިޓީ (މާރެސް) އިން ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ “މާރެސް އަތޮޅު ވޮލީބޯޅަ” މުބާރާތުގައި އޭދަފުށީގެ ވެލާ ސްޕޯޓްސް ކްލަބްގެ ދެ ޓީމު ބައިވެރިވެއްޖެ އެވެ. މިފަހަރުގެ މުބާރާތުގައި އޭދަފުށީގެ އަންހެން އަދި ފިރިހެން ޓީމެއް ވާދަކުރާއިރު، މިއީ މި މުބާރާތުގެ ތާރީހުގައި އޭދަފުށީގެ ފިރިހެން ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ. މުބާރާތުގެ އަންހެން ޑިވިޝަނުގައި 2017 ވަނަ އަހަރު އޭދަފުށީގެ އަންހެން ވޮލީ ޓީމެއް ވަނީ ވާދަކޮށްފަ އެވެ. މާރެސް…

Read More

ލ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވުމާ ގުޅިގެން، ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖީ ސަރވިސް (މެޓް އޮފީސް)އިން ހުދު ސަމާލު ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. މެޓް އޮފީހުން ބުނީ ހުދު ސަމާލު ނެރެފައި ވަނީ މިއަދު 08:15އިން ފެށިގެން 13:00އާ ހަމަޔަށް ކަމަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

Read More

ޕޮލިސް ކޮމިޝަނަރަކަށް ގޭންގެއްގެ ލީޑަރަކު ހަމައެއްނުޖައްސަން – މުއިއްޒު

ޑރ. މުއިއްޒު ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ކެބިނެޓާއި ސަރުކާރުގެ އެއްވެސް މަގާމަކަށް އެއްވެސް މީހަކު އަދި ހަމަނުޖައްސާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެފަދަ ވާހަކަތައް ގަބޫލުނުކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. ކެބިނެޓުގެ އެއްވެސް މަގާމަކަށް ހަމަޖައްސާނެ މީހަކު ނުނިންމާ ކަމަށާއި ޕޮލިސް ކޮމިޝަނަރަކަށް ގޭންގެއްގެ ލީޑަރަކު ހަމަޖައްސާފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. “އަޅުގަނޑު މިހާރު…

Read More

އިންޑިއާ އައުޓް ބެނާ ނެގުމަށް ފުލުހުން ރައީސް ޔާމީންގެ ގެއަށް ވަދެއްޖެ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެ — ހ. ދޫވެހީގައި ދަމާފައި ހުރި “އިންޑިއާ އައުޓް” ބެނާ ނެގުމަށް ފުލުހުން އެ ގެއަށް ވަދެއްޖެއެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ރައީސް ޔާމީންގެ ގެކޮޅަށް ވަދެފައިވަނީ ކޯޓް އަމުރާ އެކުގައެވެ. ރައީސް ޔާމީންގެ ގޭގެ އެތެރޭގައި ވެސް އަދި އެ އިމާރާތުގެ ބޭރުގައި ވެސް ފުލުހުން ހަރަކާތްތެރިވަމުންދާއިރު އެ ސަރަހައްދުގައި ޕީޕީއެމްގެ އިސް މެމްބަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ވަނީ މާލޭގެ އެހެން ގެތަކުގައި ދަމާފައިވާ އިންޑިއާ އައުޓް…

Read More

އައްޑޫ ބަހުރުވައިން ޚުޠުބާ ކީ މުދިމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި

އައްޑޫ ބަހުރުވައިން ޚުޠުބާ ކިޔުުމުން ހުކުރު ޚުޠުބާއަށް އުނިިއިތުރު ގެނައިކަމަށް ނިންމައި, މީދޫގެ މުދިމު މުޙައްމަދު ރަޝީދަށް ދޫކޮށްފައިވާ އިމާމުވެ ހުކުރު ނަމާދާއި, ޢީދު ނަމާދާއި, ކޭތަ ނަމާދުކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފިއެވެ. އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން މީގެކުރިން ވަނީ އޭނާ ސަސްޕެންޑްކޮށް, އިމާމުވެ ހުކުރު ނަމާދުކުރުން ވަގުތީ ގޮތުން މަނާކޮށްފައެވެ. މިދިޔަ ބުދަ ދުވަހު އައްޑޫ ސިޓީ ކައުންސިލުން އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މިދިޔަމަހުގެ ދެވަނަ ދުވަހު މީދޫގެ މަސްޖިދު އިބްރާހިމް…

Read More

ބްރިޖް މަތީ ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ ޒުވާނަކު މަރުވެއްޖެ

ނުރައްކާތެރި އެކްސިޑެންޓެއްގައި 21 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ އައްޑޫސިޓީ ހުޅުދޫ ސޯސަން، މުހައްމަދު ހައިކަލް އިސްމާއީލް އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހުޅުމާލެ އިން މާލެއަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް އޮފް ބެލްސްވެ ވެއްޓި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގީ ހިނގީ ރޭ 7:57 އެހާކަންހާއިރު އެވެ. އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި […]

Read More

ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅުގެ ސަރަހައްދުތަކަށް 16:35 އިން ފެށިގެން މިރޭ 20:45 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ. އެ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި, ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ, ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މޫސުމާބެހޭ…

Read More

”ޖައްވަށް, ހަވަޔަށް, ފަޒާޔަށް” : މުސްކުޅިފުޅުވީ ދުވަހު މައުމޫނު އަމިއްލަ ނަފުސަށް މަލާމަތް ކުރައްވައިފި

ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ދައުރު ނިމުނުފަހުން ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި, އިންސާނީ ޙައްޤުތަކުގެ ހާލަތާއި, ވާނުވާޖަހައި ޖަލަށްލުމާއި މިފަދަ ކަންކަމަށް އިސްލާހީ ބަދަލެއް އައިސްފައިނުވާކަމުގެ ވާހަކަ ދައްކަވައި, އެ މަނިކުފާނު އަމިއްލަ ނަފުސަށް މަލާމަތް ކުރައްވައިފިއެވެ. ސިޔާސީ ފަރާތްތަކަށް ރައްދުދެއްވައި އެ މަނިކުފާނުގެ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, 2008 ގައި އެކުލަވައިލި ފެހި ޤާނޫނުއަސާސީއަށް 14 އަހަރު ފުރިފައިވާއިރު, ކަންކަން އިސްލާހުކުރުމަށް މި ވޭތުވެދިޔަ 14…

Read More

ލަންކާގައި ތެޔޮ ގަންނަން ދެ ކިލޯމީޓަރަށް ވުރެ ދިގު ކިއުތައް، 2 މީހަކު މަރުވެއްޖެ!

(20 މާރިޗު ކޮލަމްބޯ) – އަވަށްޓެރި ސްރީލަންކާގައި ތެޔޮ ލިބުމަށް ދަތިވެ، ތެޔޮ ގަންނަން ހަދާފައިވާ ދިގު ކިއޫތަކުގައި ތިބި މީހުންގެ ތެރެއިން ދެމީހަކު މަރުވެއްޖެ އެވެ. އެގައުމުގެ ފުލުހުންނާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މިއަދު މަރުވެފައިވަނީ ކަޑަވަތާ ފިލިން ސްޓޭޝަންގެ ކިއޫގައި ހުރި 71 އަހަރުގެ މީހެެކެވެ. ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ މަރުވެގެން ވެއްޓުނީ ކިއޫގައި ހުންނަތާ 15 މިނެޓު ތެރޭގައެވެ. ރިކްޝޯ(ކުރޮޅި) ދުއްވައިގެން ލާރި ހޯދަމުންދިޔަ 70 އަަހަރުގެ އެމީހާއަކީ ހަކުރު ބަލި […]

Read More

ވަޠަނުގެ ޙައްޤުގައި އަޑުއުފުލުމުން ޖަލަށްދާންޖެހޭ ގޮތަށް ޤާނޫނެއް ހެދުމީ އަޅުވެތިކުރުން: ޝައިޚް ސަމީރު

ވަޠަނުގެ ޙައްޤުގައި އަޑުއުފުލާ މީހާ ޖަލަށްދާންޖެހޭ ގޮތަށް ބޭރުގެ ނުފޫޒަކުން ޤާނޫނެއް ހެދުމީ ޤައުމު އަޅުވެތިކުރުންކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. ޝައިޚް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓުތަކެއްގައެވެ. އެ ޓުވީޓުތަކުގައި ވަނީ މާޒީގައި މި ޤައުމުގައި ކަންކަން ހިނގާފައިވާގޮތުގެ މައްޗަށް ނަޒަރެއް ދެއްވައިފައެވެ. އެ ގޮތުން ބޭރުގެ ބާރުތަކުން ރާއްޖޭގެ މިނިވަންކަމަށް އަރައިގެންފައި ވާކަމާއި, ގިނަ ފަހަރު އެފަދަ ކަންކަން ހިނގާފައިވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިންގެ ތެރެއިން ބަޔަކު ޤައުމަށް ޚިޔާނާތްތެރިވެގެންކަން ޝައިޚް ފާހަގަކުރެއްވިއެވެ. […]

Read More

މާލޭގައި 57 ކައިވެނި، މިއީ 2021 ގަ އެންމެ ގިނައިން ކައިވެނިކުރާ ދުވަސް

މިއަހަރުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނި ކުރާ ތާރީހަކަށް މިއަދު ވެއްޖެ އެވެ. އާންމުކޮށް ރީތި ތާރީހުތަކަށް ބަލައި ގިނަ ބަޔަކު ކައިވެނީގެ ދުވަސް ކަނޑައަޅާއިރު މިއަދުގެ ތާރީހު، 12/21/2021 އަކީ މިއަހަރު މިގޮތަށް އައި އެންމެ ރީތި އެއް ތާރީހެވެ. މިއަދު ފެމެލީ ކޯޓުން އެކަނިވެސް 57 ކައިވެންޏެއް ކޮށްދޭން ނިންމާފައިވާއިރު މީގެ ތެރެއިން 28 ކައިވެނިކުރާނީ ކޯޓުގަ އެވެ. ބާކީ 29 ކައިވެންޏަކީ ކޯޓުން ބޭރުގައި ކުރަން ހަމަޖެހިފައިވާ ކައިވެނިތަކެވެ. މި […]

Read More