ދިގުރަށުގައި ބެހެއްޓި ސްޓެވޯ ޖެންސެޓް ބޭނުންކުރަން ފަށައިފި

Spread the love
ދިގުރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ ތެރެއިން

އދ. ދިގުރަށުގައި ބެހެއްޓި ސްޓެވޯ ބްރޭންޑްގެ ޖެންސެޓް ބޭނުންކުރަން ފަށައިފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުސެޓެއް އދ. ދިގުރަށަށް ގެންގޮސް މިދިޔަ ބުރާސްފަތި ދުވަހު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. މި ޖަނަރޭޓަރު ރަސްމީކޮށް ބޭނުންކުރަން ފެށުމަށް ފުރަތަމަ ފަހަރަށް ލޯޑް ދެއްވީ ދިގުރަށު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް އަބްދުލް ރަހީމެވެ.

މިޖަނަރޭޓަރު ސެޓަކީ ސްޓެވޯގެ އެސް ޓީ ޑަބްލިޔޫ 600 ގެ ޖަނަރޭޓަރު ސެޓެއް ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދީފައިވެއެވެ. މި އައު ޖަނަރޭޓަރާއެކު ދިގުރަށުގެ ކަރަންޓުގެ ކެޕޭސިޓީ 918 ކިލޯވޮޓުން 1518 ކިލޮވޮޓަށް ވަނީ އިތުރުވެގެން ގޮސްފައެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން ވަނީ ސްޓެވޯ ގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރުސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފަ އެވެ. އެއީ އެސް ޓީ ޑަބްލިޔޫ 300، އެސް ޓީ ޑަބްލިޔޫ 600، އަދި އެސް ޓީ ޑަަބްލިޔޫ 800 އެވެ. މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓަރސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ސްޓެވޯއިން ފޯރުކޮށްދޭނެ އެވެ.

ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ މި ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވެފައި، ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަން މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ވޯކްޝޮޕް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފާހަގަ ކުރައްވާފަ އެވެ. އަދި އެ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނެރޭޓަރެއް ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ސްޓެލްކޯގެ ވޯކްޝޮޕުން އާފްޓާ ސޭލްސް ސާވިސް ލިބޭނެ ކަމަށާއި، ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދީ، ބަދަލުކުރަން ޖެހޭ ސްޕެއާއެއް ހުރިނަމަ ސްޓެލްކޯގެ އިންޖިނިއަރުން ގޮސް ބަދަލު ކޮށްދޭނެ ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.

Content retrieved from: https://ras.mv/post/20147.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com