ކުޑަފަރީގެ ފެނުގެ ނިޒާމާއިގުޅޭ މަސައްކަތްތައް ނިމެނީ

Spread the love
FJngVEBVkAQ6W2e

ނ. ކުޑަފަރީގައި ސަރުކާރުން ހިންގާ ފެނާއި ނަރުދަމާ މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމްކުރުމުގެ ދަށުން، ފެން ރައްކާކުރާ ޓޭންކު އެތުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މި މަޝްރޫއާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްސާކުރަމުން ބުނެފައިވަނީ، ފެން ރައްކާކުރާ ޓޭންކު އެތުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް އެބަދާ ކަމަށެވެ. އަދި ފެނުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށްޓަކައި، ވާރޭ ފެން ރައްކާކުރަން ގާއިމްކުރާ ޓޭންކުގައި، 200 ކިއުބިކްމީޓަރ ގެ ކެޕޭސިޓީއެއް ހުންކަމަށް އެމްޑަބްލިޔުއެސްސީއިން ފާހަަގަކޮށްފައިވެއެވެ. އަދިހަމަމިއާއެކު، މީރުފެން އުފެއްދުމަށްޓަކައި 2 ރިވަރސް އޮސްމޯސިސް (އާރްއޯ) ޕްލާންޓް ގާއިމްކުރުމާއި، މީގެއިން އުފައްދާ ފެން ރައްކާކުރަނ،ް 2 ޓޭންކު އިންސްޓޯލް ކުރުންވެސް ފެނުގެ ނިޒާމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. މި 2 ޓޭންކުގައިވެސް 200 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭނެއެވެ.

ކުޑަފަރީގެ ފެނުގެ ނިޒާމަށް ބޭނުންވާ 9.5 ކިލޯމީޓަރުގެ ފެން ހޮޅީގެ ދިގު މައިވިއުގައިގެ ހޮޅިވަޅުލުމުގެ މަސައްކަތްވެސް އެއްކޮށް ނިމިފައިވާއިރު، ފެނުގެ ނިޒާމަށް ބޭނުންވާ މަސައްކަތްތަކުގެ ތެރެއިން އެރަށުގެ 169 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމާއެކު، ފެންމީޓަރު ބަހައްޓަދީ، ގެތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެއެވެ.

ކުޑަފަރީގައި ސަރުކާރުން ހިންގާ ފެނާއި ނަރުދަމާ މަޝްރޫއުގެ ދަށުން 8.1 ކިލޯމީޓަރުގެ ދިގު ނަރުދާގެ މައިވިއުގައިގެ ހޮޅި ވަޅުލުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތްވެސް ވަނީ ނިމެން ގާތްވެފައެވެ. އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން 650 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، 1 ސީ އައުޓްފްލޯ ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ޚިދުމަތް ގުޅައިދީ، އެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިޔުއެސްސީއިން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫޢު ފުރިހަމަވުމާއެކު، ފެނާއި ނަރުދަމާގެ ނިޒާމު ހިންގައި، ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި، ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

Content retrieved from: https://kaafu.mv/6234/.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com