ކޮމަންޑޫގައި ސިޔާސީ އެއްވުން ބޭއްވުން ހުއްޓުވަން ސިއްހީ މަރުކަޒުން އަމުރު ނެރެފި

Spread the love

އަންނަ ހޮނިހިރު ދުވަހު ކޮމަންޑޫ ދާއިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގެ ކެޕްޕެއިން ހަރަކާތްތަކުގައި ކޯވިޑުން ރައްކަތެރިވުމަށް ދީފައިވާ އިރުޝާދުތަކަށް އަމަލު ނުކުރާތީ ކޮމަންޑޫގައި ސިޔާސީ އެއްވުންތައް ބޭއްވުން ބޭއްވުން އެރަށު ޞިއްޚީ މަރުކަޒުން މަނާކޮށްފިއެވެ.

ކޮމަންޑޫގައި ކެމްޕެއިން ހަރަކާތްތަކުގައި ކޯވިޑުން ރައްކާތެރިވުމަށް އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކަށް އަމަލުނުކުރާކަން ފާހަގަވެ އެކަމުގެ ކަންކަން ގޯސްވެގެން ދިޔައީ މިއަދު މާލެއިން ކޮމަންޑޫއަށް ދިޔަ އެމްޑީޕީގެ ޓީމުގައި ހިމެނޭ ބައެއް މީހުންނަކީ ކޯވިޑަށް ޕޮޒިޓިވްވެފައިވާ ބަޔަކަށް ވުމާއި، އަދި ދަތުރުކުރާއިރު ހަދަންޖެހޭ ޕީސީއާރު ޓެސްޓް ނަހަދާ ކައުންސިލަށް ނާންގައި ދަތުރުކުރި ބަޔަކަށް ވުމުންނެވެ.

މިމައްސަލަ ހޫނުވެ މިއަދު ހަވީރު އެމްޑީޕީން ކޮމަންޑޫ މަގުތަކުގައި ބޭއްވި ހިނގާލުމުގައި އެމްއެންޕީގެ ސަޕޯޓަރުންނާއި މެދު ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ. އެމްއެންޕީން ވަނީ މާލެއިން ދިޔަ އެމްޑީޕީގެ ބައެއް މީހުން ހުއްޓުވައި، އެމީހުން އެޗްޕީއޭގެ ގަވާއިދަށް އަމަލު ކުރުމަށް އަންގާފައެވެ.

މިއަދު ހަވީރު އިދިކޮޅު ޕީޕީއެމްއާއި، އެމްޑީޕީންވެސް ވަނީ ކޮމަންޑޫގައި ހިނގާލުމެއް ބާއްވާފައެވެ. މިދެ ހިނގާލުމުގައިވެސް އެރަށު ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. ހިނގާލުން ކުރިއަށް ދަނިކޮށް، އެރަށު ހެލްތު ސެންޓަރުން ވަނީ ސިޔާސީ އެއްވުން ކޮމަންޑޫގައި ނުބޭއްވުމަށް އަންގާފައެވެ. މިއެންގުމާއިއެކު ހުރިހާ ސިޔާސީ ޕާޓީއަކުންވަނީ އެއްވުންތައް ހުއްޓާލާފައެވެ.

ކޮމަންޑޫގެ ގިނަ ގެތަކެއް މިވަގުތުވެސް ކަރަންޓީނަށް ލާފައިވާއިރު، އެރަށަށް ސަތުރުކުރާ މީހުން މިކަމަށް އެހާބޮޑު ސަމާލުކަމެއް ނުދީ ގެތަކަށް ވަންނަ މައްސަލަ ވަނީ ބޮޑުވެފައެވެ. ޚާއްސަކޮށް، މާލެއިން މިއަދު ދިޔަ އެމްޑީޕީގެ ކެމްޕެއިން ޓީމުގައި ހިމެނޭ މެމްބަރުން އެއްވެސް ވަރަކަށް ބެލުމެއްނެތި ކޮމަންޑޫގެ މޮނިޓަރިންއަށް ލާފައިވާ ގޭގެއަށް ވަންނަމުންދާތީ ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަނުންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ކެމްޕެއިން ފޯރި ގަދަވެފައިވާއިރު، އިންތިޚާބުގެ ވާދަވެރިކަން ތިން ކެނޑިޑޭޓުންގެ މެދުގައިވެސް ވަނީ ބޮޑުވެފައެވެ. ނަމަވެސް މިއިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމް ކެނޑިޑޭޓުގެ މެދުގައެވެ.

ކޮމަންޑުއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3،309 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ. ކޮމަންޑޫ ދާއިރާގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.

Content retrieved from: https://khabaruonline.com/80692.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com