އެމްޓީސީސީން މަތި ކޮމަންޑޫ ހިއްކަން ހުއްދަ ނެތި ވެލި ނަގަނީ

Spread the love
MTCC in Mathi Komandoo hikkan huhdha nethi veli naganee

އެމްޓީސީސީން ށ. މަތި ކޮމަންޑޫގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ހުއްދަ ނެތި ނަގަން ފަށައިފި އެވެ.

މަތިކޮމަންޑޫގެ ބިން ހިއްކުމަށް ރ. އުނގޫފާރު ކައިރިން ވެލިނެގުމުގެ ހުއްދައަކަށް އެދި މިދިޔަ ހަފްތާގައި ޕްލޭނިން މިނިސްޓްރީން ރ. އަތޮޅު ކައުންސިލަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް އެމްޓީސީސީން ވަނީ އެ ކައުންސިލުން އަދި އެ ހުއްދަ ނުދެނީސް ވެލިނެގުމުގެ މަސައްކަތް ފަށައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްޓީސީސީގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.

ރ. އަތޮޅު ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ކައުންސިލް މެމްބަރުންގެ ބައްދަލުވުމެއް މިއަދު ބާއްވަން ހަމަޖެއްސި ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގެ ކުރިން މަހާޖައްރާފު ބޭނުންކޮށްގެން އެމްޓީސީސީއިން ވެލި ނަގަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ސޮއިކުރައްވައި ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ނާސިފަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައި ވަނީ ރ. އަތޮޅު އުނގޫފާރު ހިއްކުމަށް ބޭނުންވާ 410،000 ކޮޑި މީޓަރުގެ ވެލި ނެގުމަށް ތިމާވެއްޓަށް އަސަރު ކުރާ މިންވަރު ބަޔާން ކުރާ ރިޕޯޓު ހަދާ އެ ކަމާއި ގުޅޭ ހުއްދަ އެންވައިރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ އިން ހޯދާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން މަތި ކޮމަންޑޫ ހިއްކަން ބޭނުންވާ 580،543 ކޮޑި މީޓަރުގެ ވެލި ވެސް ލިބޭނެ ކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު ބުނެފައިވާ ކަމަށާއި އެހެން ކަމުން މަތިކޮމަންޑޫ ހިއްކަން އެ ސަރަހައްދުން ވެލި ނެގުމަށް ހުއްދަ ދިނުމަށް އެދޭ ކަމަށް އަކްރަމްގެ ސިޓީގައިވެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ކޮމަންޑޫ ހިއްކަން ސަރުކާރުން މަސައްކަތް ކުރާއިރު ބިން ހިއްކުމަށް ހެދި އީއައިއޭގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރި ކަން ފާހަގަވެފައިވެ އެވެ. އެހެން ނަމަވެސް މިކަންކަމާއި ގުޅިގެން އީޕީއޭ އިން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

Content retrieved from: https://www.hurihaa.mv/10958.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com