ފުވައްމުލަކު ނޭޗަރ ޕާކުގައި ރޯވި އަލިފާން ނިއްވާލައިފި



މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ
އަލިފާން ނިއްވީ ސިފައިންނާއި އެމްޓީސީސީއާއި ވޮލަންޓިއަރުން
ފުވައްމުލަކު ސިޓީ ހޯދަޑު އަވަށު ނޭޗަރޕާކުގައި އޮތް ވީދަނޑުގައި މިއަދު ރޯވި އަލިފާން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވެފައިވަނީ މި ހާދިސާގެ ރިޕޯޓު ލިބުމުން އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން ކޮމާންޑުގެ ފުވައްމަލަކު ފަޔަރ ސްޓޭޝަންގެ ސިފައިން ވެސް ފެށި ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު 12:32 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ރޯވި އަލިފާން ނިއްވާލެވިފައިވަނީ އިރުއޮއްސި 06:15 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިހާދިސާގައި އެއްވެސް ތަނަކަށް އަދި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ފުވައްމުލަކު ނޭޗަރ ޕާކު ސަރަހައްދުގައި ހިނގި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފް، ޕޮލިސް، އެމްޓީސީސީ، ސިޓީކައުންސިލް އަދި ވޮލަންޓިއަރުނަނަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާޢިލް ރަފީގު ވަނީ ޝުކުރު ދަންނަވާފައެވެ.
Content retrieved from: https://halinews.com/8521.
