ހުޅުމާލޭގެ ރަޖިސްޓްރީގެ މައްސަލަ ހައިކޯޓުގައި ފަށަނީ

Spread the love
Hulhumale' ge registry ge massala high court gai fashanee

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމަށް ނިންމި ނިންމުމަށް ޢަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމްގެ މައްސަލަ ހައިކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ.

ސިވިލް ކޯޓުގެ ނިންމުން ސިޓީ ކައުންސިލުން ހައިކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ. އިސްތިއުނާފް އަޑުއެހުންތައް ފެށުމަށް ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 9:15 ގައެވެ.

އެޗްޑީސީން ކޯޓަށް ވެއްދި މައްސަލާގައި ހުށަހަޅާފައިވަނީ މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމާ ގުޅިގެން އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދާށެވެ. އަދި އޭގެ ކުރިން އެ ނިންމުމަށް އަމަލުކުރުން ފަސްކޮށް ދިނުމުގެ އަމުރަކަށްވެސް އެދިފައިވެއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ސިޓީ ކައުންސިލްގެ ނިންމުމުގެ ސަބަބުން އެޗްޑީސީ އަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެތީ އެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަމުރުކުރާ ކަމަށެވެ. އެއަމުރާ ގުޅޭ މައްސަލަ ނިމެންދެން ނުވަތަ މަތީ ކޯޓަކުން އެ ބާތިލްކުރަންދެން ސިވިލް ކޯޓުގެ އަމުރު ދެމިއޮންނާނެއެވެ.

ހުޅުމާލޭ ރަޖިސްޓްރީގެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ ނިންމުން މަޑުޖައްސާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިންވެސް ވަނީ އަންގާފައެވެ. އަދި އެއީ ގާނޫނީގޮތުން ސިޓީ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫންކަމަށްވެސް އެލްޖީއޭއިން ވަނީ ނިންމާފައެވެ.

އެޗްޑީސީން ހުޅުމާލޭގެ ބިން ހިއްކުމަށާއި ހައުސިން މަޝްރޫއުތަކަށް ލޯން ނަގާފައިވަނީ ހުޅުމާލޭގެ ބިން ބޭންކް ތަކުގައި ރަހުނުކުރުމަށްފަހުއެވެ. އެހެންކަމުން ލޯނުތައް ދައްކާ ނުނިމެނީސް ހުޅުމާލެ މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ގާނޫނީ ގޮތުން ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ކަނޑައެޅުއްވިއިރު ހުޅުމާލެ އޮތީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމަނާފައެވެ.

Content retrieved from: https://www.vnews.mv/134250.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com