އަތޮޅު ތެރެއަށް ފޮނުވުމަށް އިތުރު 15 އެމްބިއުލާންސް ރާއްޖެ ގެނެސްފި

Spread the love

ރާއްޖޭގެ ރަށްރަށަށް ފޮނުވަން ނިންމި އެމްބިއުލާންސްތަކުގެ ތެރެއިން 15 އެމްބިއުލާންސް ރާއްޖެ ގެނެސްފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ އިތުރު 15 އެމްބިއުލާންސް ގެނެސްފައިވާ ކަމަށެވެ. އެ އެމްބިއުލާންސްތައް ރަށްތަކަށް ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

 

ރަށް ރަށަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި އެސްޓީއޯއާ ހެލްތު މިނިސްޓްރީން ހަވާލު ކުރީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން އެމްބިއުލާންސްތައް މިނިސްޓްރީ އަށް ހަވާލު ކުރަން ޖެހޭނީ ހަ މަސް ތެރޭގައެވެ.

އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ފުރަތަމަ 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އަދި ދެވަނަ ޝިޕްމެންޓުގައި އިތުރު 20 އެމްބިއުލާންސް ގެނެސްފައިވަނީ ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހުއެވެ.

Content retrieved from: https://www.dhidaily.com/64883/.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com