ދޫނި މެރުން ކުރިޔަށް މިހާރު 500 ދޫނި މަރައިފި!

Spread the love

އިއްޔެ ފިޝަރީޒް މިނިސްޓްރީން މަރާލި ދޫނިތަކުގެ އަދަދު 500އަށް ވުރެ މައްޗަށް އަރާކަން ހާމާވެއްޖެއެވެ.

ފުރަބިތު އެކުއޭރިއަމް އެންޑް ޕެޓްސް ނަމަކަށް ކިޔާ ކުންފުންޏަކުން އެތެރެކުރި 266 ދޫނިވެސް އިއްޔެ މަރާލިކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ނިޔާޒު ވިދާޅުވީ އިއްޔެ މަރާލި ދޫނިތަކުގެ އަދަދު 500 އަށް ވުރެ މައްޗަށް އަރާނެކަމަށެވެ.

“ޕެޓް މާސްޓާގެ 130 ދޫނީގެ އިތުރުން އަޅުގަނޑުމެންގެ 266 ދޫނިވެސް ވަނީ މަރާލާފައި. އަދި އެހެން ކުންފުންޏަކުން އެތެރެކުރި ދޫނިތަކެއް ވެސް ވަނީ މަރާލާފައި،” ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ އެކުންފިނިން ގެނައި ދޫނިތައް އެގޮތަށް މަރާލުމުން 18،0000އަށް ވުރެ މަތިވާނެ ކަމަށެވެ.

މީގެ އިތުރުން، ޕެޓްމާސްޓާއަށް ގެއްލުމުގެ ގޮތުގައި އަށްލައްކަ ރުފިޔާ އަރާނެކަމަށް އެ ކުންފިނީގެ މެނޭޖަރު ހުސައިން އާތިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތެރެކުރިއިރު އެ ދޫނިތަކަކީ ރާއްޖެ އެތެރެކުރުމުގެ ހުއްދަ ލިބިފައިވާ ދޫނިތަކެއް ނޫންކަމަށެވެ. ނަމަވެސް ފަހުން ގާނޫނަށް ބަދަލުގެނެސް އެފަދަ ދޫނިތައް އެތެރެކުރުމުގެ ހުއްދަ ލިބިފައިވާކަމަށް އާތިފް ވިދާޅުވިއެވެ.

ދޫނިތައް މަރާލި މައްސަލަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އަދި މިއަދު އެމަނިކުފާނު ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.

މިއަދު ހަވީރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ޒުވާނުންވަނީ ދޫނިތައް މަރާލުމުން އެމީހުންގެ ކަންބޮޑުވުން ފާޅުކޮށް ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައެވެ.

 

Content retrieved from: https://sun.mv/161959.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com