ދޫނި މެރުން ފިޝަރީޒް މިނިސްޓަރު ދިފާއު ކުރައްވައިފި!

Spread the love
Dhooni merun huttuveynee importer in gavaaidhah amalukohgen: Fisheries

ދޫނިތައް މަރާލި މައްސަލައިގައި އެފަދަ ކަމެއް ތަކުރާރު ނުވާނީ ދޫނިފަދަ ތަކެތި އެތެރެ ކުރާ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލު ކުރުމުން ކަމަށް ބުނެ އިމްޕޯޓު ކުރާ ފަރާތްތަކަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސެއް ކޮށްފިއެވެ.

ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރި ދޫނިތަކެއް މަރާލި މައްސަލަ ހޫނު ވެ ފިޝަރީޒް މިނިސްޓްރީ އަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެ މިނިސްޓްރީން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައި ވަނީ، އެފަދަ ކަންކަން މުސްތަގްބަލުގައި ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ ރާއްޖެއަށް ދޫންޏާއި ދިރޭތަކެތި އެތެރެކުރާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއަތްތަކާއި އެއްގޮތަށް އަމަލުކުރުން ކަމަށެވެ.

ދިރޭތަކެއްޗަށް ލިބެންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދެވޭ ކަމާއި، ރައްޔިތުންގެ އާންމު ސިއްހަތު ރައްކާތެރި ކުރެވޭ ކަން ކަށަވަރު ކުރުމާ އެކު، ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ހިދުމަތް ރާއްޖޭގައި އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި، ގާނޫނާއި ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް، ކަމާބެހޭ މަސްލަހަތު ވެރިންގެ ލަފައާއި އިރުޝާދާއެކު ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މިކަމާ ގުޅިގެން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކޮށްފައި ވާ އެންމެހާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމިނިސްޓްރީން ޔަގީން ކަން ދޭ ކަމަށް ބުނެއެވެ.

ދޫނިތައް މަރާލި މައްސަލައިގައި މިހާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ތަކެތި މަރާލި ގޮތުގެ ތަފްސީލް ރިޕޯޓެއް ހުށަހެޅުމަށް މިނިސްޓްރީއަށް އަންގަވާފައެވެ. މިކަމާ ގުޅިގެން އެ މިނިސްޓްރީން ބުނީ، އެ މިނިސްޓރީން ލިބެން ހުރި ލިޔެކިޔުންތަކާއި މައުލޫމާތުގެ މައްޗަށް ބިނާ ކޮށް ތަފްސީލު ރިޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

Content retrieved from: https://thepress.mv/133639.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com