ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އެއާއަށް


ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އެއާ ޕްރައިވެޓް ލިމިޓެޑާ އަލުން ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އެއްބަސްވުމުގައި ވިލާ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
ވިލާ އެއާއަށް ކާޑެއްދޫ އެއާޕޯޓް ހިންގަން 50 އަހަރަށް 2013 ވަނަ އަހަރު ދީފައިވަނިކޮށް އެ އެއްބަސްވުން ރައީސް ޔާމީންގެ ސަރުކާރުގައި 2107 ވަނަ އަހަރުގެ ތެރޭގައި ބާތިލުކޮށްފައިވެ އެވެ. އެ އެއްބަސްވުން ބާތިލުކޮށް އެއާޕޯޓް އަތުލަން ސަރުކާރުން ދެއްކި ސަބަބަކީ ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާއި ހިލާފަށް ހިންގާ ކަމަށް ބުނެ އެވެ.
ވިލާ އިން ކުރިން ބުނެފައިވާ ގޮތުގައި އެއާޕޯޓާ ހަވާލުވެވޭނީ އެއާޕޯޓްގެ އިތުރުން ފަޅު ރަށެއް ރިސޯޓް ހަދަން ދިނުމުންނެވެ. އެކަމަކު އަލުން ސޮއިކުރި އެއްބަސްވުމުގައި ވިލާ އަށް ބަދަލުގައި ހަމަޖައްސައި ދިނީ ކޮން ކަންތައްތަކެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ވިލާއަށް އަލުން ކާޑެއްދޫ އެއާޕޯޓް ހަވާލުކުރި މާމިގިލި އެއާޕޯޓް ވެސް އޮޕަރޭޓްކުރަނީ އެ ކުންފުނިންނެވެ.
