އިންޑިއާ ޓީޗަރަކު އަނެއްކާވެސް ދީނަށް ފުރައްސާރަ ކޮށްފި

Spread the love
ގއ. ކަނޑުހުޅުދޫ ސްކޫލުގައި ކިޔަވައި ދެމުންދާ އިންޑިއާ އަންހެން ޓީޗަރަކު ފިލާވަޅެއް ތެރެއިން، ދީނަށް ފުރައްސާރަކުރި މައްސަަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.

ބިދޭސީ ޓީޗަރަކު މިފަދަ ގޮތަކަށް ދީނަށް ފުރުއްސާރަ ކޮޮށްފައިވަނީ، އެ ރަށު ސްކޫލުގެ ގްރޭޑު ހައެއްގެ ދަރިވަރުންގެ ސޯޝަލް ފިލާވަޅެއް ނަގައިދެމުންނެވެ.

އެ ކުދިންނާއި ހަވާލާދީ ބެލެނެވެރިން  ބުނީ، ސޯޝަލް ސްޓަޑީޒް ގަޑީގައި ފޮތުގެ  ގައި އޮތް ފިލާވަޅެއް ކިޔަވައި ދެމުން، އެ ޓީޗަރު ވަނީ، އިސްލާމުދީނަކީ ކުރިން އޮތް ދީނެއް ނޫން ކަމަށާއި، އިސްލާމުދީން އައިސްފައިވަނީ މުހައްމަދުގެ ފާނުގެ ހިސާބުން ކަމަށް ބުނެ، ދީނުގެ ސައްހަ ނޫން މައުލޫމާތުތަކެއް ކުދިންނަށް ކިޔައިދީފައި ކަމަށެވެ. އަދި އީސާގެ ފާނަކީ ކްރިސްޓިއަނެއް ކަމަށްވެސް އެޓީޗަރު ބުނި ކަމަށް ބެލެނިވެރިން ވަނީ ބުނެފައެވެ.

 

ފަހަކަށް އައިސް އިންޑިޔާގެ ޓީޗަރުން އިސްލާމް ދީނަށް ފުރައްސާރަ ކުރާ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ތަޖުރިބާ ކާރުން ވިދާޅުވާ ގޮތުގައި މިކަމަކީ އިންޑިޔާ ސަރަހައްދުގެ ބޮޑު ބާރަކަށް ވަމުން އަންނަ ދުވަސްވަރެއްގައި އިންޑިޔާ ގެ ރައްޔިތުންނަށް ލިބޭ އިތުރު ކޮންފިޑެންސެއްގެ ސަބަބުން ކޮންމެ ގައުމެއްގައިވެސް ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމަށް ހީކުރެވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. އަދި އެފަދަ ކަންތައް ކުރާ މީހުންނަށް ފިޔަވަޅު ނޭޅޭތީ ދިމާވާ މައްސަލަތަކެވެ.

ސޯޝަލް ފޮތުގައި އޮތީ އިސްލާމުދީން ފެށިގެން އައިސްފައިވަނީ ރަސޫލާއާއި ހަމައިން ކަމަށެވެ. ނަމަވެސް އީސާގެ ފާނަކީ ކްރިސްޓިއަނެއް ކަމަށް އެފޮތުގައި ލިޔެފައެއް ނުވެއެވެ. އަދި ރަސޫލާގެ ކުރިންނާއި ފަހުން އިސްލާމުދީން ފެތުރުމަށް މަސައްކަތްކުރި ނަބިއްޔުންނާއި، ރަސޫލުންގެ ވާހަކަވެސް ފޮތުގައި ތަފްސީލުކޮށް ދީފައިވެެއެވެ.

your image

ނަމަވެސް ދަރިވަރުން ބުނާގޮތުން ޓީޗަރު ވަނީ އެހެން ރަސޫލަކު އަދި ނަބިއްޔަކު އިސްލާމުދީން ފެތުރުމަށް މަސައްކަތް ނުކުރާކަމަށް ބުނެ، އީސާގެފާނަކީވެސް ކްރިސްޓިއަނެއްކަމަށް ސިފަކޮށްފައެެވެ.

އެހެންކަމުން އެފިލާވަޅު ފޮތުގައި ލިޔަން މުދައްރިސު ބުނުމުން އެކުދިން އެގޮތަށް ލިއުމަށް ވަނީ އިންކާރުކޮށްފައެވެ. އަދި ދަރިވަރުން އެކަމާ އިންކާރު ކުރުމުން އެ ކުދިންގެ މައްސަލަ ސްކޫލުގެ އިސްފަރާތަށް އަންގާނެ ކަމަށްބުނެ ބިރު ދައްކާ ފައިވާ ކަމަށް އެ ދަރިވަރުންގެ ބެލެނެވެރިން ބުންޏެވެ.

އެ ސްކޫލުގެ ޓީޗަރަކު  އަށް ބުނީ، އޭނާ އެ ކުލާހަށް ދިޔައީ އަޑުގަދަ ވެގެން ކަމަށާއި، އެ ކުލާހުގެ ހުރިހާ ކުދިން، “އެ ޓީޗަރާ ދެކޮޅަށް މުޒާހަރާ ކުރާ ގޮތަށް އެގަޑީގައި އަޑުގަދަ ކުރަމުން ދިޔަ” ކަމަށެވެ.

“އަޅުގަނޑު ވީ ކިީއްތޯ ބެލިން. ކުދިން ދުވެފައި އައިސް ބުނި، މިސްއޭ ސޮފިޔާ މިސް މިކިޔަނީ އިސްލާމް ދީން ފުރަތަމަ އައީ ރަސޫލާ ގެ ހިސާބުންނޭ. އޭގެ ކުރިން އެއްވެސް ނަބީބޭކަލަކުވެސް ރަސޫލުބޭކަލަކުވެސް އިސްލާމް ދީން މީސްތަކުންގެ މެދުގައި ފެތުރުމަށް މަސައްކަތް ކޮށްފަ ނުވެޔޭ. އަދި އެކިޔަނީޔޭ އީސާގެ ފާނަކީ ކްރިސްޓިއަނެކޭ. އެއީ ތެދެއް ހެއްޔޭ؟ އެކުދިންގެ އަޑު އެހުމަށްފަހު އަޅުގަނޑު އެ ކުދިންނަށް ވަރަށް ރަނގަޅަށް ކިޔައިދިނިން. އޭއީ ހޭލުންތެރި ކުދިންތަކެއް. އިރާދަ ކުރެއްވީތީ އެ ކުދިނނަށް އެނގޭ ހުރިހާ ކަމެއްވެސް އެހެން ނަމަވެސް ދީން އޮޅޭ ގޮތަށް ވާހަކަ ދައްކާ އެފަދަ ޓީޗަރުން ފޮނުވާލަންޖެހޭ. ” އޭނާ ބުންޏެވެ.

 

މިފަދަ އިން ދީނަށް ފުރައްސާރަ ކުރާ މައްސަލަ ރާއްޖޭގެ ސްކޫލުތަކުން ފެންނަމުންދާއިރު، މީގެ ތިން މަހެއްހާ ދުވަސް ކުރިން ގއ. ކޮނޑޭ ސްކޫލްގެ އިންޑިއާ ޓީޗަރަކު އިސްލާމް ފޮތް ބިންމައްޗަށް އެއްލާލައި، ގުރޭޑު ފަހެއް އަދި ހަތަރެއްގެ ދަރިވަރުންނަށް “ކްރިސްމަސް ޓްރީ” ހަދާނެގޮތް ވެސް ވަނި ކިޔައި ދީފައެވެ.

ކަނޑުހުޅުދޫ ސްކޫލުގައި ގްރޭޑު ހައެއްގެ ދަރިވަރުންނަށް ނެނގިފިލާވަޅެއްގެ ތެރެއިން ފޮތުގައި ނެތް ސައްހަ ނޫން މައުލޫމާތުތަކެއް ކުދިންނަށް ކިޔައިދިން މައްސަލަ އެއް ފެންމަތިވެ ފައިވާ އިރު، މިދިޔައަހަރު، ގްރޭޑު އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގައި އާޔަތްތައް ނުބައިކޮށް ލިޔެފައިވާ މައްސަލަ އެއްވެސް ވަނީ ފެންމަތި ވެފައެވެ.

 

މިފަދަ މައްސަލަތައް ހައްލުވާނީ ބިދޭސީ ޓީޗަރުން މަދުކޮށް ދިވެހިންނަށް މިދާޢިރާއަށް ވަދެވޭނެ މަގުތައް ފަސޭހަ ކޮށް މުސާރަ ބޮޑު ކޮށްގެން ކަމަށް ތަޖުރިބާ ކާރުން ލަފާ ކުރައްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com