Maafushivaru Resort for sale

އދ. އަތޮޅުގައި ހިންގާ މާފުށިވަރު މޯލްޑިވްސް ރިސޯޓު ވިއްކާލުމުގެ މަސައްކަތް ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައިވަނީ މާފުށިވަރު ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިފައިވާ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ. އެހެންކަމުން އެ ރިސޯޓާ ގުޅިގެން އެއްވެސް ފަރާތަކާ ގުޅޭ ދަރަންޏެއް ނުވަތަ މައްސަލައެއް ވާނަމަ އިއުލާން ޝާއިއުކުރި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކަން އެންގުމަށްވެސް މިނިސްޓްރީން އެދިފައިވެ އެވެ.

އދ. ދަނގެތި ކައިރީގައިވާ މާފުށިވަރު ރިސޯޓު ވިއްކާލުމަށް ނިންމާފައިވާ އަގު އެނގޭ ގޮތެއް ނުވި އެވެ.

މާފުށިވަރު ރިސޯޓް ތަރައްގީކޮށްފައިވަނީ ޕެރަޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުންނެވެ.

ކޮވިޑް 19 އަށް ބަންދުކުރުމަށްފަހު ބޮޑު މަރާމާތަކަށްފަހު 81 ކޮޓަރީގެ މި ރިސޯޓް އަލުން ހުޅުވީ ޖުލައި 2020 ގައެވެ.

ޖަރުމަނުގެ ޑާ ޓުއަރިސްޓިކް ބްރޭންޑުގެ ދަށުން ހުޅުވާފައިވާ މާފުށިވަރުގައި ފަސް ކެޓަގަރީގެ ކޮޓަރި ހުރެ އެވެ. އެގޮތުން ބީޗް ވިލާ އާއި ޕޫލް ވިލާގެ އިތުރުން ރަށުގެ ފަރުމަތީގެ ރީތި މަންޒަރުތައް ފެންނަ ވިލާ ތަކެއް ވެސް ހަދާފައިވެ އެވެ.

މާފުށިވަރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 25 މިނެޓުން ދެވޭހާ ދުރުމިނުގައި އޮންނަ ރަށެކެވެ.

Content retrieved from: https://avas.mv/115534.

Related Post

Leave a Reply

Your email address will not be published. Required fields are marked *