ނީލަން މުދާ ވިއްކަމުންދާ ސަރަހައްދުގައި މަގުމައްޗަށްވާ ގޮތަށް ހުރި މުދަލާއި ކުނިތަކުގެ ތެރެއިން 67 ޓަނުގެ ކުނި ނަގާ އުކާލާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން ބުނީ ކައުންސިލާއި ފުލުހުން ގުޅިގެން އިއްޔެ ނީލަން މުދާ ވިއްކާ ސަރަހައްދު ސާފުކޮށްފައިވާ ކަމަށެވެ.
އެ ކައުންސިލުން މީގެ ކުރިން ވަނީ އެސަހައްދުގެ މަގުމަތީގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް އަންގާފަ އެވެ.
އަދި ނުނަގާ ހުރި ތަކެތި ކައުންސިލުން ނަގާ ކުނީގެ ގޮތުގައި ނައްތާލާނެކަމަށާއި އަދި އެތަކެތި ނެގުމުގައާއި ނެގުމަށްފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ކައުންސިލުން ޒިންމާ ނުވާނެކަމަށްވެސް ސިޓީ ކައުންސިލުން ކުރި އިއުލާންގައި ބުނެފައިވެއެވެ.
What’s your Reaction?
Content retrieved from: https://hama.mv/articles/habaru/7942.