ހިޔާ ފްލެޓް ތަކުގެ ލިފްޓް ބަލަހައްޓަން ކޮންޓެކް ކުންފުންޏާ ހަވާލު ކޮށްފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ލިފްޓަށް ދިމާވާ މައްސަލަތައް ހައްލުކުރަން ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ބަޔަކާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގެ ދަށުން، ލިފްޓަށް ދިމާވާ މައްސަލަތައް ބަލައި ހައްލު ކުރުމާއި، މެއިންޓެނެންސް މަސައްކަތް އެ ކުންފުނިން ކުރާނެކަމަށް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ އެ ކުންފުނީގެ ފަރާތުން 24 ގަޑިއިރު ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް ބޭނުންވާ މީހުންނަށް އެ ކުންފުނީގެ ހޮޓްލައިން 9672696 އަދި އީމެއިލް މެދުވެރިކޮށް މުއާމަލާތު ކުރެވޭނެ ކަމަށެވެ.
ހަމައެއާއެކު އެޗްޑީސީން ވަނީ ލިފްޓުތައް ބޭނުން ކުރާއިރު ރައްކާތެރި ވުމަށާއި ހިދުމަށް ހޯދުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.
އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ދިމާވާ އެފަދަ އެންމެހާ ކަންތައްތައް ހައްލުކޮށްދީ، ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަށް ކަންކަން ރޭވުން ކަމަށް އެ ކުންފުނިން ބުންޏެވެ.
Content retrieved from: https://sun.mv/160429.
