އާސަންދަ އެޕް މެދުވެރިކޮށް އެމީހަކު ހޯދި ޚިދުމަތުގެ ތަފްސީލް މިހާރު ފޯނުން ބަލާލެވޭނެ

aasandha
Spread the love

އާސަންދައިން ހޯދާ ޚިދުމަތުގެ ތަފްސީލް ބަލާލެވޭ މޯބައިލް އެޕްލިކޭޝަން “އާސަންދަ” ތަޢާރަފްކޮށްފިއެވެ.

މި އެޕްލިކޭޝަނަކީ “އެމީހަކު އާސަންދަ ސްކީމް މެދުވެރިކޮށް ހޯދާ ޚިދުމަތުގެ ތަފްސީލް، ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި ޚިދުމަތަށް ރެޖިސްޓްރީވުމުން، އެމީހަކު ހޯދާފައިވާ ޚިދުމަތްތަކުގެ ތަފްސީލް ފެންނާނެއެވެ. އަދި ބޭސް ސިޓީތަކުގެ ތަފްސީލްތައްވެސް ފެންނާނެއެވެ. މީގެ އިތުރުން އެމީހަކު ހޯދާފައިވާ ޚިދުމަތްތަކަށް ޚަރަދުވާ މިންވަރުވެސް ފެންނާނެއެވެ.

އާސަންދަ ކުންފުނީގެ 10 ވަަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޞޭއްވި ރަސްމިއްޔާތުގައި މި އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމްއެވެ. މި އެޕްލިކޭޝަން އެޕް ސްޓޯރުންނާ ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.

aasandha

މި އެޕްލިކޭޝަން މެދުވެރިކޮށް ޝަކުވާވެސް ހުށައެޅޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ. މީގެއިތުރުން އާސަންދަ ކުންފުނިންވަނީ، އާސަންދައިން ޚިދުމަތެއް ހޯދުމުން ފޯނަށް ނޮޓިފިކޭޝަން އަންނަގޮތްވެސް ހަދާފައެވެ. މި ޚިދުމަތުގައި، އާސަންދައިން ހޯދި ޚިދުމަތާ، ޚިދުމަތް ހޯދި ތަނާއި ޚަރަދުވި ފައިސާގެ ޢަދަދު މެސެޖުން ލިބޭނެއެވެ. މެސެޖް ލިބޭނީ އާސަންދަ ޚިދުމަތުގައި ރެޖިސްޓްރީކޮށްފައިވާ ފޯން ނަންބަރަށެވެ.

އާސަންދައިން އަލަށް ތައާރަފްކުރި މި ޚިދުމަތާއެކު ރައްޔިތުންނަށް އެތަށް ގޮތަކުން ފަސޭހަވެގެންދާނެއެވެ. މީގެކުރިން ކޯލް ސެންޓަރަށް ގުޅައިގެން ހޯދަން ޖެހުނު ކިތަންމެ މަޢުލޫމާތެއް މި އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެންދާނެ އެވެ.

Content retrieved from: https://iruvaru.com/9877/.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com