ހިޔާ ފުލެޓުގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފިއެވެ.
އެ ޕޮލިސް ސްޓޭޝަނަކީ ހިޔާގެ H4 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ގާއިމުކޮށްފައިވާ ސްޓޭޝަނެކެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ ހޯމް މިނިސްޓްރީގް ސްޓޭޓް މިިނިސްޓަރު ޢަލީ ނަޒީރާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާނު ޔޫސުފެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ އެ ޕޮލިސް ސްޓޭޝަނަކީ ފުލުހުންގެ ޚިދުމަތްތައް ވީހާވެސް ގާތުން އާންމު ރައްޔިތުންނަށް ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ފެށުމެއް ކަމަށެވެ.
ދެވަނަ ފިޔަވަހީގައި ޕޮލިސް ސްޓޭޝަނެއް ހުޅުވާފައިވާއިރު ފުރަތަމަ ފިޔަވަހީގައި ވެސް ޕޮލިސް ސްޓޭޝަނެއް ހުރެއެވެ.
