މިއީ ކުފުރުގެ ބިމެއް ކަމަށާއި, ޖިހާދުކުރުން ފަރުޟުވާ ހާލަތު އައިސްފިކަމަށް ޢަބްދުﷲ އަލިމަނިކު ބުނި: ހެކި

Spread the love

މިއީ ކުފުރުގެ ބިމެއް ކަމަށާއި, ޖިހާދުކުރުން ފަރުޟުވާ ހާލަތަށް އައިސްފައިވާކަމަށް, ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހިންގި ތަޙްޤީޤުތަކަށްފަހު ދަޢުވާ އުފުލާފައިވާ ޢަބްދުﷲ އަލިމަނިކު ބުނެފައިވާކަމަށް, ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ސިއްރު ހެކިވެރިއަކު ހެކިބަސްދީފިއެވެ.

ޢަބްދު ﷲ އަލިމަނިކުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ދެ ހެކިވެރިއަކު ވަނީ ހެކިބަސްދީފައެވެ. އެ މީހުން ހެކިބަސްދިނީ ކޮންބައެއްކަން ނޭނގޭ ގޮތަށް އަޑު ބަދަލު ކޮށްގެންނެވެ.

ފުރަތަމަ ހެކިވެރިޔާ ބުނީ ޢަބްދުﷲ ހިންގި ތައުހީދު ކްލާސްތަކެއްގައި އޭނާ ބައިވެރިވި ކަމަށާއި, އެ ކުލާހުގައި ހަރުކަށި ފިކުރު ޕްރޮމޯޓްކުރާ ކަމަށެވެ. އަދި މިއީ ކުފުރުގެ ބިމެއް ކަމަށާއި, ހަނގުރާމަކޮށް ޖިހާދުކުރުން ފަރުޟުވާ ހާލަތު އައިސްފައިވާ ކަމަށް ކުލާހުގައި ކިޔަވައިދޭކަމަށް ހެކިވެރިޔާ ބުންޏެވެ.

އަދި ހަމައެހެންމެ ހަރުކަށި ފިކުރުގެ ދެބައެއްގެ ދެމެދުގައި ހިނގި ޚުސޫމާތެއްގައި ޢަބްދުﷲ ގާޒީއެއްގެ ދައުރު އަދާކޮށް މައްސަލަ ބަލާފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުން ގޮތުގައި ޢަބްދުﷲ އަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވައިިލި ވ.ތިނަދޫ, ހިޔާ, އަދުހަމް އަޙްމަދު ރަޝީދު ފިލުވައިދިނުމަށް އެހީތެރިވި މީހެކެވެ. އޭގެ އިތުރުން އޭނާއަކީ ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *