ގައުމީ ޔުނިވާސިޓީ އާ ގުޅިގެން މޯލްޑިވިއަންގެ ފްލައިން ސްކޫލް މާދަމާ ހުޅުވަނީ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގުޅިގެން އުފައްދާ ފްލައިން ސްކޫލް މާދަމާ ހުޅުވަން ތައްޔާރުވެއްޖެއެވެ.
މި ފްލައިން ސްކޫލަކީ ގައުމީ ޔުނިވާސިޓީއިން ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން އުފައްދާ ސްކޫލެކެވެ. މިއީ ގައުމީ ޔުނިވާސިޓީން ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކުރާ ޕްރޮޖެކްޓެކެވެ.
ގައުމީ ޔުނިވާސިޓީމް ބުނެފައިވާ ގޮތުގައި އިންވެސްޓް ކުރާއިރު ރިސްކު އެސެސްމަންޓެއް ހަދާނެއެވެ. އަދި ރިކަވަރީ ފުރަތަމަ ކޮޅުގައި އުނދަގޫވި ނަމަވެސް ފަހުން ރަނގަޅުވާނެ ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.
އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވާސިޓީއާ ގުޅިގެން ޖޮއިންޓު ވެންޗާ ކުންފުންޏެއް އުފެއްދުމަށް މިދިޔަ މަހު ވަނީ ސޮއިކޮށްފައެވެ. އެ ސްކޫލް ހިންގާނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ.
މޯލްޑިވިއަން އިން ވަނީ ތިން އަހަރަށް ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓާއެކު ސޮއިވެސްކޮށްފައެވެ.
The post މޯލްޑިވިއަންގެ ފްލައިން ސްކޫލް މާދަމާ ހުޅުވަނީ first appeared on Thiladhun.
