އެވޯޑު ލިބުނު ފަރާތްތަކަށް ވުރެ އެވޯޑު ހަދަން ހަވާލުކުރި ރޮޒޭނާގެ އާއިލާ ކުންފުންޏަށް ލިބުނު ފައިދާ ބޮޑު


މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދިޔަރެސް ނޫހުން އެދިގެން، ރައީސް އޮފީހުން ހާމަކުރި މައުލޫމާތުގައި ވާގޮތުން، ދައުލަތުން ފާހަގަ ކުރާ ގައުމީ އިނާމު ދިނުމުގެ ކަންކަމަށް ފާއިތުވި ހަތަރު އަހަރު ތެރޭގައިވެސް އެންމެ ބޮޑު ހަރަދެއް ކުރީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު އިނާމައި އެވޯޑު ދިނުމަށް 4.9 މިލިއަން ހަރަދުކޮށްފައިވެ އެވެ.
ފާއިތުވި ހަތަރު އަހަރު އެވޯޑު ދިނުމަށް ކުރި ހަރަދު:
- 2019- 3،110،704ރ.
- 2020- 1،582،987ރ.
- 2021- 4.079،397ރ.
- 2022- 4،952،868ރ.
ސަރުކާރުން އެވޯޑު ހަދަން ހޭދަކުރި މިއަދަދު ތަކަކީ އެ އިނާމްތައް ލިބި ވަޑައިގަތް އިއްޒަތްތެރިންނަށް ލިބިވަޑައިގަތް އަދަދު ތަކަށް ވުރެ މާބޮޑު އަދި ފާޅުގައި ވަރަށް ބޮޑަށް ކޮރަޕްޝަން ހިމެނޭ ކަމެއް ކަމަށް ކުރީގެ ރައީސް ކަމަށް ބެލެވޭ ހަސަން ކުރުސީ ޓުވިޓާ ގައި ވަނީ ޓުވީޓް ކުރައްވާފައެވެ. އަދި މަޖްލީސް މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ކޮރަޕްޝަން ހިންގަވާ ކަމަށް ތުހުމަތު ކޮށް ހަސަން ކުރުސީ ވަނީ ރޮޒެއިނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
